ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
އޯޓްސް އޮރެންޖް ޕުޑިން – މުނިއަވަސް ރަހަފަތް
ފޮޓޯ: މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 10 މިނެޓު
⏱️ ކެއްކުމަށް ހޭދަވާނެ ވަގުތު: 15 މިނެޓު
⏱️ ޖުމްލަ ހޭދަވާނެ ވަގުތު: 25 މިނެޓު
🍲 ތައްޔާރުކުރެވޭނެ މިންވަރު: 2 މީހުންނަށް

ބޭނުންވާ ތަކެތި:

🍳 ½ ސަމުސާ އޯޓްސް
🍳 ¾ ތަށި އޮރެންޖު ޖޫސް
🍳 2 ސަމުސާ އަންނާރު އޮށް
🍳 113 ގްރާމް އޮރެންޖު ތޮށި (ގާނާފައި ހުރި)
🍳 2 ސައިސަމުސާ ހިކި މޭބިސްކަދުރު
🍳 ހަކުރު (ރަހަލާވަރަށް)
🍳 ފެން (ބޭނުންވާ މިންވަރަށް)

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – އެންމެ ފުރަތަމަ ތަވައެއް ނުވަތަ ތެއްޔެއްގެ ތެރެއަށް ބައި ތަށި ފެނާއި އޮރެންޖު ޖޫސް އެޅުމަށްފަހު އުނދުން މައްޗަށް އުދާލާށެވެ. ފެންފޮދު ހޫނުވުމުން އޭގެ ތެރެއަށް އޯޓްސް ކޮޅު އަޅައި، ގާތްގަނޑަކަށް 2 ނުވަތަ 3 މިނެޓު ވަންދެން ކައްކާލާށެވެ.

2 – އޯޓްސް ކޮޅު ރަނގަޅަށް ކެކުމުން އުނދުން ނިވާލާށެވެ. އެއަށްފަހު އޭގެ ތެރެއަށް އަންނާރު އޮށާއި، ގާނާފައި ހުރި އޮރެންޖު ތޮށި، ހިކި މޭބިސްކަދުރު އަދި ބޭނުންވާ ވަރަށް ހަކުރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. މިހާރު މިވަނީ މީރު އޯޓްސް އޮރެންޖު ޕުޑިންގް ތައްޔާރުކޮށް ނިމިފައެވެ.

އިތުރު އިރުޝާދު:

1 – މި ޕުޑިންގް އިތުރަށް ސިއްޙަތަށް ފައިދާހުރި އެއްޗަކަށް ހެދުމަށްޓަކައި، ހަކުރުގެ ބަދަލުގައި މާމުއި ނުވަތަ “މޭޕަލް ސިރަޕް” ފަދަ އެއްޗެއް ބޭނުންކުރެވިދާނެއެވެ.

2 – ކާއިރު އަނގަޔަށް މީރު ގޮތެއް ގެނައުމަށްޓަކައި، އެކި ބާވަތްތަކުގެ ނަޓްސް (ބަދަން) ނުވަތަ އޮށް ބޭނުންކުރެވިދާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top