ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކިޑްސަލް މިއަދު ފަށަނީ
ފޮޓޯ: ކުލަބް މޯލްޑިވްސް

ދިވެހިރާއްޖޭގައި ފުޓްސަލްގެ އެންމެ ގިނަ މުބާރާތް ބާއްވާ، ކުލަބް މޯލްޑިވްސްއިން މުޅިން އަލަށް ފެށުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ފުޓްސަލް މުބާރާތް “ކިޑްސަލް” ގެ މެޗުތައް މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ރަސްމީކޮށް ހުޅުވުމުގެ ގޮތުން މިމަހުގެ 5 ވަނަ ދުވަހު ހަވީރު ވަނީ ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ. ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ ކުޅުންތެރިން ބައިވެރިވި މި ހަރަކާތުގައި، ކިޑްސަލް މުބާރާތުގެ ޓްރޮފީ ތައާރަފް ކުރީ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓްރޮފީއާއެކު އެވެ. މި އިވެންޓްގައި ބައިވެރިވި ޤައުމީ ފުޓްސަލް ޓީމުގެ ބައެއް ކުޅުންތެރިން ވަނީ އެ ކުޅުންތެރިންގެ ހުނަރު ދައްކާލައިފަ އެވެ.

މި މުބާރާތުގެ މެޗުތައް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ، ކުލަބް މޯލްޑިވްސްގެ މުބާރާތްތައް ބާއްވާ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައެވެ.

މުބާރާތުގެ ފުރަތަމަ ހަތަރު މެޗު މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ކުލަބް ވެލެންސިއާ އެކަޑަމީ އާއި ސްޓާރސް އެކަޑަމީ އެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ 16:00 ގައެވެ.

16:00 ގައި ފެށުމަށް ހަމަޖެހިފައިވާ ދެވަނަ މެޗުގައި ބައްދަލު ކުރާނީ އެޑްވެންޗާރސް އެކަޑަމީ އާއި ހުޅުމާލޭ ޔޫތު އެންޑް ސްޕޯޓްސް ކްލަބް އެވެ.

ތިންވަނަ މެޗާއި ހަތަރުވަނަ މެޗު 17:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު, ތިންވަނަ މެޗުގައި ބައްދަލު ކުރާނީ ބީޖީ ސްޕޯޓްސް ކްލަބް އެކަޑަމީ އާއި އެލީޓް އެކަޑަމީ އެވެ.

ހަތަރު ވަނަ މެޗުގައި ބައްދަލު ކުރާނީ ބިސްބުރު ސްޕޯޓްސް ކްލަބް އެކަޑަމީ އާއި އެސްޕާޔާ އެކަޑަމީ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top