ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކިޑްސަލް 2026 – ދުވަސް 1
ހުޅުމާލޭ ޔޫތު އެންޑް ސްޕޯޓްސް ކުލަބާއި އެޑްވެންޗަރސް އެކަޑަމީ ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކުލަބް މޯލްޑިވްސްއިން މިއަހަރު އަލަށް ފެށި ކިޑްސަލް ފުޓްސަލް މުބާރާތުގެ ފުރަތަމަ ހަތަރު މެޗު މިއަދު ހަވީރު ކުޅެފި އެވެ. މިއަދު ހަވީރު ކުޅެވުނު މެޗުތަކަށް ބަލާލާއިރު:

މެޗު 1

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ސްޓާރސް އެކަޑަމީ އާއި ކުލަބް ވެލެންސިއާ އެކަޑަމީ އެވެ. ފަސޭހަކަމާއިއެކު ސްޓާރސް އެކަޑަމީ ބަލިކޮށް ވެލެންސިއާ ފެންވަރު ދައްކާލި މި މެޗުން އެ ޓީމު މޮޅުވީ 6-0 އިންނެވެ. މި މެޗުގައި ވެލެންސިއާ އަށް ލަނޑުތައް ޖަހައި ދިނީ، އިސްމާއިލް އަޒްޔަން 3 ލަނޑު އަދި އިބްރާހީމް އިލްޔާސް، އަލީ އަޒީން، އަލީ އާއިން ކޮންމެ ކުޅުންތެރިއެއް 1 ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެލެންސިއާގެ އިސްމާއިލް އަޒްޔަން އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އިސްމާޢީލް އަޒްޔަން (ކުލަބް ވެލެންސިއާ އެކަޑަމީ) / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މެޗު 2

މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެޑްވެންޗާރސް އެކަޑަމީ އާއި ހުޅުމާލޭ ޔޫތު އެންޑް ސްޕޯޓްސް ކްލަބްއެވެ. ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ހުޅުމާލޭ ޔޫތުގެ ލަނޑު ޖެހީ އަހުމަދު އަޔާން އެވެ. އެޑްވެންޗަރ އެކަޑަމީގެ ލަނޑު ޖަހައިދިނީ ޒައުލް ބިން އިބްރާހީމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޑްވެންޗަރ އެކަޑަމީގެ ޔޫއާން އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޔޫއާން (އެޑްވެންޗަރ އެކަޑަމީ) / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މެޗު 3

ތިންވަނަ މެޗަކީ މިއަދު ފެނުނު އެންމެ ތަފާތު ބޮޑު މެޗެވެ. ބީޖީ ސްޕޯޓްސް ކްލަބް އެކަޑަމީ އާއި އެލީޓް އެކަޑަމީ ބައްދަލުކުރި މި މެޗުން އެލީޓް އެކަޑަމީ މޮޅުވީ 10-1 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެލީޓް އެކަޑަމީގެ އާދު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އާދު (އެލީޓް އެކަޑަމީ) / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މެޗު 4

މެޗުގެ މޮޅު ކުޅުންތެރިޔާ އައްމާރު ބިން ނަވާޒް (އެސްޕާޔާ އެކަޑަމީ) / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ބިސްބުރު ސްޕޯޓްސް ކްލަބް އެކަޑަމީ އާއި އެސްޕާޔާ އެކަޑަމީ އެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗު 2-1 އިން ކާމިޔާބުކުރީ އެސްޕާޔާ އެކަޑަމީ އެވެ. މި މެޗުގައި އެސްޕާޔާ އެކަޑަމީގެ ދެ ލަނޑު ޖަހައިދިނީ ޔަލްޝަން އާއި އަހްމަދު ޔާލް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޕާޔާ އެކަޑަމީގެ އައްމާރު ބިން ނަވާޒް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top