ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ވެލްކަމް ޓު ޖަންގަލް” އިން އަކްޝޭ އާއި ރަވީނާ އަލުން އެކުގައި

އަކްޝޭ ކުމާރާއި ރަވީނާ ޓަންޑަން އަލުން އެކުގައި ފެނިގެންދާ “ވެލްކަމް ޓު ދަ ޖަންގަލް” އަށް ބޮޑު އެއްބަސްވުމެއް ގާއިމުކޮށްފިއެވެ. މި ފިލްމު މި މަހުގެ ފަހުކޮޅު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެއެވެ.

ބޮލީވުޑްގެ “ކިލާޅީ” ގެ ނަމުން މަޝްހޫރު އަކްޝޭ ކުމާރު، އޭނާގެ ކުރީގެ ލޯބިވެރިޔާ ރަވީނާ ޓަންޑަންއާ އެކު އާ ފިލްމު “ވެލްކަމް ޓު ދަ ޖަންގަލް” އިން ފެނިގެން ދިއުމަށްޓަކައި އޭނާގެ ކެރިއަރުގެ ބޮޑު ނިންމުމެއް ވަނީ ނިންމާފައެވެ. އެގޮތުން މި ފިލްމަށް އޭނާ ނަގާ އުޖޫރަ ކުޑަކޮށް، އޭގެ ބަދަލުގައި ފިލްމަށް ލިބޭ އާމްދަނީން ބޮޑު ބައެއް ހިއްސާކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 58 އަހަރުގެ އަކްޝޭ މި ފިލްމަށް އުޖޫރައެއްގެ ގޮތުގައި ނަގަނީ އެންމެ 1.8 ކްރޯޑް ރުޕީސްއެވެ. ނަމަވެސް، ފިލްމުގެ ޓީމާއި އަކްޝޭއާ ދެމެދު ވަނީ އޯ.ޓީ.ޓީ، އޯޑިއޯ އަދި ސެޓެލައިޓް ރައިޓްސް ފަދަ ވަސީލަތްތަކުން ލިބޭ އާމްދަނީގެ ތެރެއިން ގާތްގަނޑަކަށް 120 ކްރޯޑް ރުޕީސް ލިބޭނެ ފަދަ އެއްބަސްވުމެއް ނިންމާފައެވެ.

މިއީ 1998 ވަނަ އަހަރު އަކްޝޭ އާއި ރަވީނާގެ ގުޅުން ކެނޑުނު ފަހުން، އެ ދެ ތަރިން އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ފާހަގަކޮށްލެވޭ ގޮތުގައި 1995 ވަނަ އަހަރު ލޯބީގެ ގޮތުން ގުޅުނު މި ދެ ތަރިންގެ އެންގޭޖްމަންޓް ރޫޅާލައި، ރަސްމީކޮށް ވަކިވީ 1998 ގައެވެ. ރަވީނާ އާއި އަކްޝޭ އެންމެ ފަހުން އެކުގައި ފެނިގެންދިޔައީ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު “މޮހޮރާ” އިންނެވެ.

“ވެލްކަމް ޓު ދަ ޖަންގަލް”ގެ މުހިންމު ރޯލުތަކުން ސުނިލް ޝެޓީ، ޕަރޭޝް ރާވަލް، ޖޯނީ ލީވާ، އަރުޝަދު ވަރްސީ، ތުޝާރު ކަޕޫރު، ޝްރެޔަސް ތަލްޕަޅޭ، އަފްތާބް ޝިވްދަސާނީ، ލާރާ ދައްތާ، ޖެކްލިން ފެނާންޑޭޒް އަދި ދިޝާ ޕަޓާނީ ފެނިގެންދާނެއެވެ.

“ވެލްކަމް” އަދި “ވެލްކަމް ބެކް” އަށް ފަހު، “ވެލްކަމް ޓު ދަ ޖަންގަލް” އަކީ މި ސީރީޒްގެ ތިންވަނަ ފިލްމެވެ. މި ފިލްމު ރިލީޒް ކުރުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top