ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޖަންނަތު” ގެ އޮންލައިން ބުކިންއަށް ހުޅުވާލަނީ

ރާއްޖޭގެ މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމަންޓުން ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ދިވެހި ފިލްމު “ޖަންނަތު”ގެ ޓިކެޓް އޮންލައިންކޮށް ބުކްކުރުމުގެ ފުރުސަތު ހުޅުވާލަން ތައްޔާރުވެއްޖެއެވެ. 15 ޖޫން 2026 ން ފެށިގެން އޮންލައިންކޮށް ޓިކެޓް ބުކްކުރެވޭނެއެވެ،

މީގެ ދެތިން ދުވަހެއް ކުރިން މި ފިލްމުގެ ފަސްޓް ލުކް ޓީޒަރ އާންމުކޮށްފައިވާއިރު ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މި ފަސްޓް ލުކުން ފެނިގެންދަނީ ފިލްމުގެ ލީޑް ޝަރަފް އޭނާގެ އަންހެން ދަރިފުޅާއެކު ހިނގާފައި ދަމުން ނަވަތައިގެ އެންމެ މަތީ ލެވެލްގެ ނަންބަރުތައް ހިތުހިސާބުން ކިޔައިދެމުންދާ ތަނެވެ. މި މަންޒަރުތަކުން ފެންނަ ގޮތުގައި ޝަރަފްއަކީ އާދައިގެ މީހުންނާ ތަފާތު ނަމަވެސް ވަރުގަދަ ސިކުނޑިއެއް ލިބިފައިވާ މީހެކެވެ.

“ޖަންނަތު” ގެ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނެނީ ޝަރަފުއްދީން ޢަބްދުﷲ، އާމިނަތު ޝުހާ، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އާއިދާ، އަންޖީ އަދި ޓައިޓްލް ރޯލުން ފެނިގެންދާ މަހްރީން މުޙައްމަދު ޢަލީއެވެ.

ޢާއިޝަތު ފުވާދު ތައުފީޤް އަދި އަޙްމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ “ޖަންނަތު” ޑައިރެކްޓްކޮށް އެޑިޓްކުރަނީ މޮޅު އުފެއްދުންތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ޢަލީ ޝިފާއު (ޗިއްޕެ) އެވެ. ޕްރޮޑިއުސްކުރީ މުޙައްމަދު ޢަލީ (މޮގާ) އާއި ޢާއިޝަތު ފުވާދު ތައުފީޤެވެ.

ފިލްމުގެ ޓެކްނިކަލް މަސައްކަތްތަކަށް ބަލާލާއިރު، ސިނެމަޓޯގްރަފީގެ މަސައްކަތް ކުރަނީ އަޙްމަދު ޒިފާފް (ޒިއްޕެ) އެވެ. ޙަސަން އާދަމްގެ މޭކަޕްތައް ފެނިގެންދާއިރު، ޓެކްނިކަލް އިންޗާޖެއްގެ ގޮތުގައި މަސައްކަތްކުރަނީ އުމަރު އަޝްފާޤެވެ. އަދި ފިލްމުގެ މާކެޓިންގ ހެޑަކީ ހޫދު އިބްރާހީމެވެ.

ޑާކް ރެއިންގެ ކާމިޔާބު ގިނަ ފިލްމުތަކަކޭ އެއްފަދައިން މި ފިލްމަކީ ވެސް ފެންވަރު ރަނގަޅު، ބަލާލަން ހިތްގައިމު އުފެއްދުމަކަށް ވާނެކަމަށް އެ ޕްރޮޑަކްޝަން ހައުސްއިން ބުނެއެވެ. އަދި ފިލްމުގެ އިތުރު ތަފްސީލުތައް ކުރިއަށް އޮތްތާނގައި ހާމަކުރަމުން ގެންދާނެ ކަމަށްވެސް އެ ފަރާތުން މަޢުލޫމާތު ދެއެވެ.

މި ހިނގާ ޖޫން މަހުގެ 15 ވަނަ ދުވަހު އޮންލައިން ބުކިންއަށް ހުޅުވާލަން ނިންމާފައިވާއިރު، “ޖަންނަތު” ސިނަމާތަކަށް ގެންނަ ނިންމާފައިވަނީ އަންނަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top