ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ވެލްކަމް ޓު ދަ ޖަންގަލް” ގެ ޓްރެއިލާ އާންމުކޮށްފި

ބޮލީވުޑްގެ ކާމިޔާބު ފިލްމު ސިލްސިލާ “ވެލްކަމް” ގެ އާ ފިލްމު “ވެލްކަމް ޓު ދަ ޖަންގަލް” ގެ އިންތިޒާރުގައި ތިބި ފޭނުންނަށް އުފާވެރި ޚަބަރެއް ލިބިއްޖެއެވެ. ގިނަ ދުވަސްތަކެއްގެ އިންތިޒާރަށްފަހު، މި ފިލްމުގެ ފޯރިގަދަ އަދި އެހާމެ މަޖާ ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފައެވެ.

އަޙްމަދު ޚާން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ 4 މިނެޓާއި 10 ސިކުންތުގެ މި ޓްރެއިލާއިން ފެނިގެންދަނީ ބޮލީވުޑްގެ ރަންޒަމާނުގެ ކޮމެޑީ ފިލްމުތަކުން ލިބިދޭ ފަދަ ހިތްހަމަޖެހުމާއި މަޖާ މާހައުލެކެވެ. ޚާއްސަކޮށް އަކްޝޭ ކުމާރް، ސުނިލް ޝެޓީ އަދި ޕަރޭޝް ރާވަލްގެ ކޮމްބިނޭޝަން އަލުން ފެނިގެންދިއުމަކީ “ހީރާ ޕޭރީ” އާއި ކުރީގެ “ވެލްކަމް” ފިލްމުތަކުގެ ހަނދާންތައް އާކޮށްދޭ ކަމެކެވެ.

މި ފިލްމަކީ ފަހުގެ ތާރީޚެއްގައި ބޮލީވުޑް ފިލްމަކުން ފެންނާނެ އެންމެ ބޮޑު ކާސްޓު ހިމެނޭ ފިލްމެވެ. އެގޮތުން ޖުމްލަ 34 ތަރިން މި ފިލްމުގައި ހަރަކާތްތެރިވެއެވެ. މީގެ ތެރޭގައި އަރްޝަދު ވަރްސީ، ޖޯނީ ލީވަރ، ރާޖްޕާލް ޔާދަވް، ތުޝާރު ކަޕޫރު އަދި ކްރުޝްނާ އަބީޝެކް ފަދަ މޮޅު ކޮމެޑީ ތަރިން ހިމެނެއެވެ. އަންހެން ތަރިންގެ ތެރޭގައި މަޤުބޫލު ތަރިން ކަމަށްވާ ދިޝާ ޕަޓާނީ، ޖެކްލިން ފެނާންޑޭޒް، ރަވީނާ ޓަންޑަން އަދި ލާރާ ދައްތާ ހިމެނެއެވެ.

މި ފިލްމުގެ އެންމެ ޚާއްސަ އެއް ކަމަކީ، ވިހި އަހަރަށްވުރެ ގިނަ ދުވަސް ފަހުން އަކްޝޭ ކުމާރް އަދި ރަވީނާ ޓަންޑަން އެކުގައި ސްކްރީނުން ފެނިގެން ދިއުމެވެ. ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ވިކްރަމް މޮންޓްރޯސް، ތަލްވިންދަރު، އާނަންދު ރާޖް އާނަންދު އަދި ސާޖިދު-ވާޖިދު ފަދަ ފުންނާބުއުސް ފަންނާނުންނެވެ.

ފަރުހާދު ސަމްޖީގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ މި ފިލްމަކީ މުޅި އާއިލާއަށް ބަލާލެވޭނެ ފަދަ މަޖާ ފިލްމަކަށް ވާނެކަމުގެ ޔަޤީންކަން ޓްރެއިލާއިން ލިބެއެވެ. ފިރޯޒް އޭ. ނަދިއަޑްވާލާ ޕްރޮޑިއުސްކޮށްފައިވާ “ވެލްކަމް ޓު ދަ ޖަންގަލް” ސިނަމާތަކަށް އަންނާނީ 26 ޖޫން 2026 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top