ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބާރަށް އަޑުގަދަވާގޮތަށް ސައިލެންސަރު ބަދަލުކޮށްގެން ދުއްވާ އުޅަނދުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަނީ

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އާންމުންނަށް އުނދަގޫވާ ގޮތަށް ބާރު އަޑުގަދަވާ ސައިލެންސަރު ހަރުކޮށްގެން ދުއްވާ އުޅަނދުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ސްރީލަންކާގެ ފުލުހުން ނިންމައިފިއެވެ.

ޑީ.އައި.ޖީ ސެނަދީރާ ވިދާޅުވި ގޮތުގައި، މިފަދަ އުޅަނދުތަކާ މެދު އަމަލުކުރާނެ އުސޫލަކީ މޯޓަރު ޓްރެފިކް ޑިޕާޓްމަންޓުން އެ އުޅަނދަކާ ގުޅޭ ރިޕޯޓެއް ހޯދުމަށްފަހު، އެ މައްސަލަ ކޯޓަށް ހުށަހެޅުމެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ފަހަކަށް އައިސް އަމިއްލަ ބޭނުންތަކަށްވުރެ ބޮޑަށް “ސްޓަންޓް” ޖެއްސުމަށާއި އެ ނޫންވެސް ކަންކަމަށް ސައިކަލު ގަނެ، އޭގެ ސައިލެންސަރު ބަދަލުކޮށްގެން ދުއްވާ މިންވަރު ވަނީ އިތުރުވެފައެވެ. ވަކިން ހާއްސަކޮށް، ބަންދު ދުވަސްތަކާއި އީދު ފަދަ މުނާސަބަތުތަކާ ދިމާކޮށް ސައިކަލާއި ތްރީ-ވީލަރުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން ދުއްވުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ މަގުމަތީގެ ރައްކާތެރިކަމާ މެދު އާންމުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އުޅަނދުތަކުގެ އެގްޒޯސްޓް ސިސްޓަމަށް ބަދަލު ގެނެސްގެން ދުއްވުމަކީ އާންމު މަސްލަހަތު ގެއްލޭ ކަމެއްގެ ގޮތުގައި ފުލުހުން ދެކެއެވެ.

ޑީ.އައި.ޖީ ސެނަދީރާ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ފަސްޖެހުމެއް ނެތި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް އައި.ޖީ.ޕީ މިހާރު ވަނީ ކަމާބެހޭ އިސް އޮފިސަރުންނަށް އަންގަވާފައެވެ.

ދިވެހިރާއްޖޭގައިވެސް މިގޮތަށް ވެހިކަލް ދުއްވުމަކީ މަނާކަމެކެވެ. ނަމަވެސް ރާއްޖޭގައި މިފަދަ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން ނުދާތީ މިކަން ވަނީ އާއްމު އުނދަގުލަކަށް ވެފައިކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top