ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
‘އަރަފްތާ’ ސީޒަން 2 އަންނަ މަހު ރިލީޒްކުރަނީ

މިއީ ލީޑް ތަރިންގެ އުފަންދުވަހުގެ ހަދިޔާއެއް

ތުރުކީގެ މަޝްހޫރު ވެބް ސީރީޒް ‘އަރަފްތާ’ގެ ދެވަނަ ސީޒަން ރިލީޒްކުރާނެ ތާރީޚު ރަސްމީކޮށް އިޢުލާންކޮށްފިއެވެ. މި ސީރީޒްގެ ރަސްމީ އިންސްޓަގްރާމް ޞަފުޙާގައި އާންމުކޮށްފައިވާ ގޮތުން، އާ ސީޒަން ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

މި އުފާވެރި ޚަބަރު އާންމުކޮށްފައިވަނީ މި ސީރީޒްގެ މައިގަނޑު ދެ ތަރިން ކަމަށްވާ އެމިން އާއި އިލްސޫގެ އުފަންދުވަހާ ދިމާކޮށް، އެ ޕޭޖުގައި ހިއްސާކުރި ވީޑިއޯއަކާއި ފޮޓޯއެއް މެދުވެރިކޮށެވެ. ސީރީޒްގެ ދެވަނަ ސީޒަނަށް ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުންދާ ފޭނުންނަށް، މި ދެ ފަންނާނުންގެ އުފަންދުވަހު މި ލިބުނު ޚަބަރަކީ ވަރަށް ޚާއްޞަ ހަދިޔާއެކެވެ.

އިންސްޓަގްރާމް އަދި ޔޫޓިއުބްގައި އާންމުކޮށްފައިވާ މި ކުރު ވީޑިއޯ އާއި ފޮޓޯއާއެކު، ސީރީޒްގެ ފޭނުން އަންނަނީ އާ ސީޒަނާ މެދު އޮތް ބޮޑު އުންމީދުތައް ފާޅުކުރަމުންނެވެ. ފުރަތަމަ ސީޒަނަށް ލިބުނު ބޮޑު ތަރުހީބަށްފަހު، ޖުލައި 23 ގައި ރިލީޒްކުރާ މި އާ ސީޒަނުން ކުރީގެ ސީޒަނަށްވުރެ ޝައުގުވެރި އަދި އަސަރުގަދަ ހާދިސާތަކެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

‘އަރަފްތާ’ އަކީ ދިވެހި ބެލުންތެރިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ތުރުކީގެ އުފެއްދުމެކެވެ. އާ ސީޒަން ރިލީޒްކުރާ ތާރީޚު އިޢުލާންކުރުމާއެކު، ސޯޝަލް މީޑިއާގައި މިހާރު އަންނަނީ މި ވާހަކަ ވަރަށް ބޮޑަށް ދެކެވެމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top