ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފޮޓޯގެ ފަހަތުގައިވާ ވާހަކަ: ޖަޕާނު ސަޕޯޓަރުން ތަފާތުކަން ދައްކާލައިފި

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އާދިއްތަ ދުވަހު (14 ޖޫން) ޑަލަސް ސްޓޭޑިއަމްގައި ޖަޕާނާއި ނެދަލެންޑްސް ބައްދަލުކުރި މެޗަށްފަހު، ޖަޕާނުގެ ސަޕޯޓަރުން ސްޓޭޑިއަމްގެ ސިޑިބަރިތަކުން ކުނި ހޮވައި ސާފުކޮށް ތަފާތުކަން މުޅި ދުނިޔެއަށް ދައްކާލައިފިއެވެ.

މިއީ ބޮޑެތި މުބާރާތްތަކުގައި ޖަޕާނުގެ ސަޕޯޓަރުންގެ ފަރާތުން ފެންނަ، މިހާރު ދުނިޔެއަށް މަޝްހޫރުވެފައިވާ ނަމޫނާ އާދައެކެވެ. މި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު ނިމުމުގެ ފަހު ފުމުމާއެކު، ޖަޕާނުގެ ސަޕޯޓަރުން ވަނީ ސްޓޭޑިއަމްގައި މަޑުކޮށް، އެމީހުން ތިބި ސަރަހައްދުތަކުން ކުނި ހޮވައި ވަރަށް ފުރިހަމައަށް ސާފުކޮށްފައެވެ.

އަމިއްލައަށް ކުނި ކޮތަޅު ހިފައިގެން ތިބި މި ސަޕޯޓަރުން، ވަރަށް ތަރުތީބުން ސިޑިބަރިތައް ސާފުކޮށް، އެ ސަރަހައްދު އޮފުއަރުވައިލިއެވެ.

މި އަމަލުގެ ސަބަބުން ސްޓޭޑިއަމްގެ މުވައްޒަފުންނާއި، ބައިނަލްއަގުވާމީ މީޑިއާތަކުގެ އިތުރުން މުޅި ދުނިޔޭގެ ސަމާލުކަމާއި ތައުރީފު އެމީހުންނަށް ވަނީ ލިބިފައެވެ.

ޒިންމާދާރުކަމުގެ މި ނަމޫނާ އަމަލަކީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެށިގެން ޖަޕާނުގެ ފުޓްބޯޅަ ސަގާފަތުގެ ތެރެއިން ފެންނަ، ވަރަށް ބޮޑަށް ފާހަގަކުރެވޭ ހާއްސަ ސިފައެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top