ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިއްލެގެ “ޕާޓީ” ފިލްމުގެ ލީޑުން ނިޢުމާ!
އައިފިލްމްސްގެ "ޕާޓީ" ފިލްމުގެ ލީޑްގައި ހަރަކާތްތެރިވަނީ ނިޢުމާ މުޙައްމަދު

ދިވެހި މުޖުތަމައުގައި ހުރި ކަންކަމުން އިންސްޕަޔާވެގެން ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ގެނެސްދޭ ފިލްމު “ޕާޓީ”ގެ ލީޑުން ފެންނާނީ ރާއްޖޭގެ ފިލްމީ ދާއިރާގެ ކްއީން ނިޢުމާ މުޙައްމަދު ކަން ކަށަވަރުވެއްޖެއެވެ. މިކަން ވަނީ ޓީވީއެމް އިން ގެނެސްދޭ ޒަމާންވީ “ފިލްމީ އުދަރެސް” ޕްރޮގްރާމުގައި އިއްލެ ހާމަކޮށްފައެވެ.

“……… ދެން މިހާރު އެނގޭނެކަން ނޭނގެ ފިލްމުގެ ލީޑުން ފެންނާނީ ވެސް ކާކުކަން!” އިއްލެ ހާމަކުރިއެވެ.

އައިފިލްމްސް އިން މިފަހަރު ގެނެސްދޭ މި ފިލްމުވެސް ލިޔެ ޑައިރެކްޓްކުރަނީ އިލްޔާސް ވަހީދު (އިއްލެ) އެވެ.

ހޭޝްޓެގް ނުދައްކާ ވާހަކަ ޓެގްލައިންއަކަށް ބޭނުންކުރާ މި ފިލްމަކީވެސް އިއްލެ މީގެ ކުރިން އުފެއްދި ފިލްމުތަކުގައި ގެނެސްދިން ފަދަ އާއްމުކޮށް ނުދައްކާ ވާހަކައެއްގެ މައްޗަށް ބިނާކުރާ ފިލްމެއް ކަމަށް އިއްލެ ބުނެއެވެ.

“މިފަހަރުގެ ފިލްމުގެ ޓޮޕިކްގެ ގޮތުންވެސް މީ ހަމަ ވަރަށް ނުދައްކާ ވާހަކައަކަށް އަނެއްކާވެސް ފިލްމެއް މިހެދެނީ.” އިއްލެ ފާހަގަކުރިއެވެ.

އިއްލެ ބުނީ މި ފިލްމުގެ ސްޓޯރީލައިންގެ މައިގަނޑުގައި ހިމެނޭނީ ޕާޓީއަކަށް ދިޔަ ދަރިފުޅަށް ވީ ގޮތް ނޭނގިގެން، އެ ދަރިފުޅަށް ވީ ކީއްތޯ ބަލަން މަންމައަކު ކުރާ މަސައްކަތް ކަމަށެވެ. އިއްލެ އެ ފާހަގަކުރާ މަންމަގެ ރޯލު ކުޅެނީ ނިޢުމާ މުޙައްމަދު އެވެ. އެހެންކަމުން މިއީ ހަމަ ގައިމުވެސް ރާއްޖޭގައި އޮތް ނިޢުމާގެ ބޮޑު ފޭން ބޭސްއަށް ލިބިގެންދާނެ ވަރަށް އުފާވެރި ޚަބަރަކަށް ވާނެއެވެ.

“މި ފިލްމުގެ ސްކްރިޕްޓް ހިފައިގެން ނިޢުމާ ކައިރިއަށް ދިޔައީ ނިޢުމާ އާއެކޭ ބުނާނެ ކަމަކަށްވެސް ނޫން. ދެން ނިޢުމާއަށް ކުޑަކޮށް ސްކްރިޕްޓް ކިޔައިދިނީމަ ނިޢުމާއަށް ވެސް ވަރަށް ކަމުދިޔަ.” މި ފިލްމާއެކު ނިޢުމާ އަލުން އަނބުރާ ފިލްމީ ދާއިރާއަށް ނުކުންނަ ގޮތްވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އިއްލެ ފާހަގަކުރެއެވެ.

އިއްލެ ބުނީ އިތުރު ތަރިން އިޢުލާނު ނުކޮށް އޮތަަސް މި ފިލްމުގައި ނިޢުމާއާ އެއް ފެންވަރުގެ ވަރުގަދަ ފިރިހެން ލީޑެއްވެސް ފެނިގެންދާނެ ކަމަށެވެ. އިއްލެގެ މި ވާހަކަކޮޅުން އަނެއްކާވެސް މި ފިލްމުގެ ފިރިހެން ލީޑެއްގެ ގޮތުން އިއްލެ ނެރޭނީ ސީނިއާ އަދި ހުނަރުވެރި ފަންނާނުންގެ ތެރެއިން ކޮން ތަރިއެއްބާއޭ މިއީ އުފެދޭ ބޮޑު ސުވާލެކެވެ.

“އަނެއްކާ އެއީ ރީކޯ މޫސަ، އިސްމާޢީލް ވަޖީހް ނުވަތަ ޖަންބު ހަސަން އަފީފް ނޫންބާއޭ؟” މިހާރު އަހަރެންގެ ހިތަށްވެސް އަރައިފިއެވެ.😍

ޓީވީއެމްގެ ފިލްމީ އުދަރެސް ޕްރޮގްރާމުގައި “ޕާޓީ”ގެ ޑައިރެކްޓަރު އިއްލާސް ވަހީދު (އިއްލެ)

ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގައި އައު ފަންނާނުންގެ އިތުރުން މިހާރު ނުކުމެ ތިބި ގިނަ އާ ތަރިންވެސް ފެނިގެންދާނެކަމަށް އިއްލެ ހާމަކުރިއެވެ.

ފިލްމު “ޕާޓީ”ގައި ނިޢުމާގެ ދަރިފުޅުގެ ރޯލުން ފެނިގެންދާނީ މުޅިން އައު ކުއްޖެއްކަން ފާހަގަކުރަމުން އިއްލެ ބުނީ އެ ކުއްޖާއަކީ އިއްލެ އުފެއްދި “ބިރުވެރި ވާހަކަ” ސީރީޒްގެ އޮޑިޝަން އިން ދިމާވި ވަރަށް ހުނަރުވެރި މޮޅު ކުއްޖެއް ކަމަށާ އެކުއްޖާގެ ހުނަރުވެރިކަން މި ފިލްމުން ފެނިގެންދާނެ ކަމަށެވެ. އެ ކުއްޖާ ތައާރަފުކޮށް މީޑިއާއަށް ހާމަކުރާނީ ތަންކޮޅެއް ‘ގްރޭންޑް’ކޮށް ކަމަށްވެސް އިއްލެ ބުނެއެވެ.

@muniavas އިއްލެގެ “ޕާޓީ” ފިލްމުގެ ލީޑުން ނިޢުމާ! @I Films mv @neumamohamed77 #party #foryoupage #muniavasnews #foryoupage #fvp ♬ News – Memi Production

4
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top