ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑާކް ރެއިންގެ އައު ފިލްމު “ޖަންނަތު” ގެ ޝޫޓިން ނިންމާލައިފި

ރާއްޖޭގެ މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓައިންމަންޓުން އުފައްދާ އުންމީދީ ފިލްމު “ޖަންނަތު” ގެ މަންޒަރުތައް ނަގައި އެއްކޮށް ނިންމާލައިފިއެވެ.

މި ފިލްމުގެ އެންމެ ފަހު މަންޒަރު މިމަހު 19ވަނަ ދުވަހު ނަގައި ނިންމާލާފައިވާއިރު، މިއީ އެ ސްޓޫޑިއޯގެ ވަރަށް ބޮޑު އުންމީދެއް ގުޅިފައިވާ “ޑްރީމް ޕްރޮޖެކްޓެއް” ކަމަށް ފިލްމު އުފެއްދުމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނެއެވެ. ފިލްމުގެ ޝޫޓިން ނިންމާލުމާ ގުޅިގެން ޕްރޮޑަކްޝަން ޓީމުން އަޙްމަދު ޠަލާލް ބުނީ، މިއީ ވަރަށް ބުރަ މަސައްކަތްތަކަކަށްފަހު ލިބުނު ބޮޑު އުފަލެއް ކަމަށާއި، ނަމަވެސް މަސައްކަތް ނިމިގެން ދިޔުމަކީ ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ވެސް ގެނުވި ކަމެއް ކަމަށެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ޠަލާލް ގުޅިގެންނެވެ. މިއީ މި ދެ ފަރާތުގެ ވަރަށް ގާތް ގުޅުމެއްގެ ތެރެއިން އުފަންވި ފުރިހަމަ ސްކްރީންޕްލޭއެއް ކަމަށް ޠަލާލް ފާހަގަކުރެއެވެ.

“ޖަންނަތު” ގެ މުހިންމު ރޯލުތަކުން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ފަންނާނުން ކަމަށްވާ ޝަރަފު އަބްދުﷲ، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، އަދި އާމިނަތު ޝުހާ އެވެ. މީގެ އިތުރުން ތުއްތު ކުއްޖެއް ކަމަށްވާ ‘މަފިން’ ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

މި ފިލްމު އުފެއްދުމުގައި ޢާއިޝަތު ފުޢާދު ތަޢުފީޤް، މޮގަރ، އަޙްމަދު ޒިފާފް އަދި މުޅި ކާސްޓުން ކުރި ބުރަ މަސައްކަތް ޕްރޮޑަކްޝަން ޠަލާލް ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.

“ޝުކުރިއްޔާ އަޙްމަދު ތޮލާލް. މި ރީތި ފިލްމު މިހާ ފުރިހަމަކޮށް ނިންމާލެވުނީ، މި ވާހަކަ ބިނާކުރުމުގައި ތިޔަބޭފުޅާ ގެންގުޅުއްވި އުފެއްދުންތެރި ޚިޔާލުތަކާއި، މި މަސައްކަތާމެދު ގެންގުޅުއްވި ފުންނާބު އުސް ވިސްނުންތެރިކަމުގެ ސަބަބުން. ❤️🫡” ޠަލާލްގެ ވާހަކަތަކަށް ރައްދުދެމުން ޢާއިޝަތު ފުއާދު ފާހަގަކުރިއެވ.

ބޮޑު އުންމީދަކާއެކު ބެލުންތެރިންނާ ހަމައަށް ގެނެސްދޭ މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ. މިއީ ލޯތްބާއި ކެތްތެރިކަމާއެކު ކުރެވުނު ބުރަ މަސައްކަތެއް ކަމަށްވާތީ، ވީހާވެސް ގިނަ ބަޔަކު މި ފިލްމު ބަލައިލުމަކީ ފިލްމީ ޓީމުގެ ބޮޑު އެދުމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top