ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާން ޑްރާމާ “ޓޫޓާ ހުއާ ދިލް” ފަށަން ތައްޔާރުވެއްޖެ

ޕާކިސްތާން ޑްރާމާ “ޓޫޓާ ހުއާ ދިލް” ފަށަން ތައްޔާރުވެއްޖެއެވެ.

“ޓޫޓާ ހުއާ ދިލް” ގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ އާޣާ ޢަލީ، ނާޒިޝް ޖަހާންގީރް އަދި އަރީޒް އަޙްމަދެވެ. މީގެ އިތުރުން ބާބަރް ޢަލީ، މުހްސިން ގިލާނީ އަދި މަހްނޫރު ޕަރްވޭޒް ފަދަ ތަޖުރިބާކާރު ތަރިން މި ޑްރާމާގެ މުހިންމު ބައިތަކުން ފެނިގެންދާނެއެވެ.

މި ޑްރާމާގެ ވާހަކަ ބިނާވެފައިވަނީ ކާމިޔާބު، އާއިލީ ލޯބި ލިބިފައިވާ އަދި ދުވަހަކުވެސް ނާކާމިޔާބީއާ ކުރިމަތިލާފައިނުވާ ފަޚުރުވެރި އިންސާނެއް ކަމަށްވާ އިދްރާން މަލިކްގެ މައްޗަށެވެ. އިދްރާންގެ ޙަޔާތަށް ސަމްރީން އައުމާއެކު އޭނާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އާދެއެވެ. ނަމަވެސް އުންމީދީ ލޯބީގެ ދަތުރެއްގެ ގޮތުގައި ފެށޭ މި ގުޅުން، ކުއްލިއަކަށް ހިތާމަވެރި އަދި އުންމީދު ނުކުރާފަދަ ކަންތައްތަކަކާ ކުރިމަތިލާން ޖެހެއެވެ. އޭގެ ތެރެއިން އިދްރާންގެ މާޒީގެ ސިއްރުތަކާއި، ކުރިމަތިވާ ދަތިތަކުގެ ސަބަބުން އެ ދެމީހުންގެ ދިރިއުޅުމަށް ކުރިމަތިވާ ގޮންޖެހުންތައް ވަރަށް އަސަރުގަދަކޮށް މި ޑްރާމާގައި ދައްކުވައިދޭނެއެވެ.

މަޝްހޫރު ލިޔުންތެރިޔާ ސާދިޔާ އަޚްތަރުގެ ވާހަކައަކަށް އަހްމަރު ސުހައިލް ޑައިރެކްޓްކޮށްފައިވާ މި ޑްރާމާއަކީ ބިގް ބޭންގް އެންޓަޓެއިންމެންޓްގެ ކުޑައިގެ ދަށުން ފަހަދު މުސްތަފާ އާއި ޑރ. ޢަލީ ކަޒްމީ ޕްރޮޑިއުސްކުރާ ޑްރާމާއެކެވެ.

މި ހިނގާ ޖޫން މަހުގެ 27 ގައި އޭއާރްވައި ޑިޖިޓަލް އިން “ޓޫޓާ ހުއާ ދިލް” ދައްކަން ފަށާއިރު، ކޮންމެ ރެއެއްގެ 7:00 ގައި އެޕިސޯޑްތައް ދައްކަން ވަނީ ތާވަލުކޮށްފައެވެ. މީގެ އިތުރުން އޭއާރްވައި ޑިޖިޓަލްގެ ޔޫޓިއުބް ޗެނަލުންވެސް އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top