ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ޗިއާ ސީޑްސް ފެނަށްވުރެ ޔޯގަޓާއެކު ބޭނުންކުރުމުން މާ ފައިދާ ބޮޑު
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ޗިއާ ސީޑްސްއަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިއްޙަތަށް ފައިދާހުރި “ސުޕަރފުޑް” އެއްގެ ގޮތުގައި ބަލައިގަނެފައިވާ އެއްޗެކެވެ. އޭގެ ކުޑަކަމާ އެކުވެސް، އޭގައި އެކުލެވޭ ފައިބަރާއި، ޕްރޮޓީން އަދި އޯމެގާ-3 ފެޓީ އެސިޑްސްގެ ސަބަބުން މިއީ ހަށިގަނޑަށް ނުހަނު ބޭނުންތެރި އޮށެކެވެ. ޗިއާ ސީޑްސް ބޭނުންކުރާ ގޮތުގެ ސަބަބުން އޭގެއިން ހަށިގަނޑަށް ކުރާ ފައިދާ ތަފާތުވެގެންދެއެވެ.

އާންމުކޮށް ޗިއާ ސީޑްސް ފެނަށް އެޅުމުން، އޭގެ ބޭރު ފަށަލައިގައި “މިއުސިލޭޖް” ނަމަކަށް ކިޔާ އޮލަ ޖެލްއެއް އުފެދެއެވެ. މިއީ ވަރަށް އާދައިގެ އޮނިގަނޑަކަށް އުފެދޭ ޖެލްއެކެވެ. ނަމަވެސް، ޗިއާ ސީޑްސް ޔޯގަޓް ފަދަ ކިރުގެ ބާވަތްތަކާ އެއްކޮށްލުމުން އޭގެ ނަތީޖާ މާ ފުރިހަމަވެގެންދެއެވެ. ޔޯގަޓުގައި އެކުލެވޭ ސަރުބީއާއި ޕްރޮޓީން، ޗިއާ ސީޑްސްގެ ވަށައިގެން ލޭޔަރެއް ނުވަތަ ފަށަލައެއް އުފައްދައެވެ. މިކަމުގެ ސަބަބުން “ލިޕިޑް-ފައިބަރ މެޓްރިކްސް” އެއްގެ ގޮތުގައި މީގެ އޮނިގަނޑު ބަދަލުވެ، ކުރިއަށްވުރެ ބޮޑަށް އޮލަވެފައި ވަރުގަދަވެއެވެ.

މިގޮތަށް އުފެދޭ އޮނިގަނޑުގެ ސަބަބުން، ހަށިގަނޑުގެ ތެރޭގައި މި ހަޖަމުކުރުމަށް ނަގާ ވަގުތު އިތުރުވެގެންދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ކާނާއިން ލޭގެ ހަކުރަށް އަންނަ ކުއްލި ބަދަލުތައް ނުވަތަ “އިންސިއުލިން ސްޕައިކްސް” ހުއްޓުވައިދެއެވެ. މިއީ ހަށިގަނޑުގެ މެޓަބޮލިޒަމް އެއްވަރެއްގައި ހިފެހެއްޓުމަށް ލިބޭ ވަރަށް ބޮޑު އެހީއެކެވެ. ލޭގެ ހަކުރު ކުއްލިއަކަށް މައްޗަށް ދިއުމުގެ ބަދަލުގައި، މުޅި ދުވަހުގެ ތެރޭގައި ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދެއެވެ.

މީގެ އިތުރުން، މި ލިޕިޑް-ފައިބަރ މެޓްރިކްސްގެ ސަބަބުން ހަޖަމުކުރުން ލަސްވުމަކީ، ކާނާއިން ލިބޭ ހަކަތަ ވަރަށް ބަރާބަރަށް އެއް މިންވަރެއްގައި ހަށިގަނޑަށް ދޫކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން، ގާތްގަނޑަކަށް 5 ގަޑިއިރު ވަންދެން ހަށިގަނޑުގެ ހަކަތަ އެއްވަރެއްގައި ހިފަހައްޓައިދީ، ވަރުބަލިވުމުން ދުރުކޮށްދެއެވެ. މިއީ ހެނދުނުގެ ނާސްތާގައި ޗިއާ ސީޑްސް ހިމެނުމުން ލިބޭ އެންމެ ބޮޑު އެއް ފައިދާއެވެ.

ޗިއާ ސީޑްސްއަކީ ހަމައެކަނި ފެނުގައި ގިރާލައިގެން ބޯލުމަށްވުރެ، ޔޯގަޓް ފަދަ ޕްރޮޓީން ގިނަ ކާނާއަކާއެކު ބޭނުންކުރުމުން އޭގެ ފައިދާ އެތައް ގުނައަކަށް އިތުރުވާ އެއްޗެކެވެ. މިއީ ހަށިގަނޑުގެ ހަކަތަ ދެމެހެއްޓުމަށާއި، ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭ ވަރަށް މުހިންމު ކާނާއެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top