ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަހު މެޗުން މޮޅުވެ ދިއްދޫ ތިންވަނައިގައި ލީގު ކޮލިފައިން ނިންމާލައިފި

ދިވެހި ޕްރިމިއާ ލީގު ކޮލިފައިން 2026/2027 ގެ ފަހު މެޗުގައި ބައްދަލުކުރީ 2026/2027 ގެ ދިވެހި ލީގަށް ކޮލިފައިވެފައިވާ ބިސްބުރު ސްޕޯރޓްސް ކުލަބާއި ހއ. ދިއްދޫއެވެ.

ލީގު ކޮލިފައިންގެ އެއްވަނައިގައި އޮތް ބިސްބުރާއި ހަތަރުވަނައިގައި އޮތް ދިއްދޫ ބައްދަލުކުރި މެޗު ފެނުނީ ކުރިން ހީކުރެވުނު ގޮތާއި މުޅިން ތަފާތުކޮށެވެ. ލީގު ކޮލިފައިންގައި ވާދަކުރާ އެންމެ މޮޅު ޓީމުކަމަށް ގިނަ ބަޔަކު އިއްތިފާޤުވާ ބިސްބުރަށް މި މެޗުގައި ތަފާތު ކުޅުމެއް ނުދެއްކުނެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅުނު ދިއްދޫން ލީޑު ނެގީ 7 ވަނަ މިނިޓުގައެވެ. ބިސްބުރު އޭރިޔާ ބޭރުން އެ ޓީމުގެ ކުޅުންތެރިއަކަށް ލިބުނު ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ، ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ދިއްދުއަށް ފުރަތަމަ ލަނޑު ޖަހައިދިނީ މުޙައްމަދު ސަނާއުއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ދިއްދޫން ލީޑު ފުޅާކުރިއިރު، މި ލަނޑު ޖަހައިދިނީ ސައިންޓް ޑަންޖުމާ ގުމްބާރީއެވެ.

ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ދިއްދޫއެވެ. 53 ވަނަ މިނިޓުގައި އެ ޓީމުގެ ބެނާރޑް އަނައެލެޗުކްވު އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނެވެ.

ދިއްދޫން ތިން ލަނޑު ޖެހިފަހުން ބިސްބުރުން ދެ ލަނޑު ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. މި ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ ޢަލީ އަހްސަންއެވެ.

ދިއްދޫން އެ ޓީމުގެ ލީޑު އަނެއްކާ ވެސް ފުޅާކުރީ 71 ވަނަ މިނިޓާއި 88 ވަނަ މިނިޓުގައި ޔޫސުފް އައްފުލް ކާމިޔާބު ކޮށްދިން ދެ ލަނޑުންނެވެ.

މި މެޗުން މޮޅުވެ ދިއްދޫން ހޯދި ތިން ޕޮއިންޓާއިއެކު އެ ޓީމަށް ވެސް 10 ޕޮއިންޓް ހަމަވީއެވެ. އެއްވަނައިގައި އޮތް ޓީސީ އާއި ދެވަނައަށް ވެއްޓުނު ބިސްބުރަށް ވެސް ލިބިފައިވަނީ 10 ޕޮއިންޓެވެ. ތިން ޓީމުގެ މަގާމު ތަފާތުވެފައި ވަނީ ލަނޑުގެ ތަފާތުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top