ރުޅި އަންނަ ބަޔަކު ރުޅި އަޔަސް، ‘ހާޑްވާ ބަޔަކު’ ކިތަންމެ ހާޑް ވިޔަސް ސުނީތާ ޢަލީ އަކީ އަބަދުވެސް ކޮންމެވެސް ތަފާތު ކަމެއް ކޮށްލައިގެން އޭނާގެ ފޭނުން ގެ ހިތްހަމަޖައްސައިދެމުން އަންނަ ސްޓާރެކެވެ. އަދުގެ ޒުވާނުން ބުނާހެން ‘ހޭޓާރަޒް ގޮނާ ހޭޓް’ ވިޔަސް ވަރިހަމަ ކަމަށް ސުނީ އެ ކުރާކަމެއް ކޮށްލަނީ އޭނާގެ އަމިއްލަ ހިތްހަމަޖެހުމަށާއި ސަޕޯޓަރުންގެ ހިތްހަމަޖެހުމަށެވެ. އެގޮތުން މިފަހަރު ސުނީތާ ކޮށްލީ ކުރިން އޭނާ ދުވަހަކުވެސް ކޮށްފައިނުވާ ތަފާތު ކަމެކެވެ.
ސުނީގެ އުފަންދުވަހާއި ދިމާކޮށް އޭނާގެ އަޑުން މިފަހަރު މިއޮތީ މަދަހައެއް ރިކޯޑުކޮށް، ވީޑިއޯއާއެކު ނެރެފައެވެ. ކުރިން އުފަންދުވަހާއި ދިމާކޮށް ލަވަ ސީޑީ ނެރުނު ސުނީ އަލަށް ނެރުނު މަދަހައިގައި ބުނަނީ “މިސްކީނުނާ ފަޤީރުނަށް އެހީ ދެމާތޯ އެވެ.” މިހެންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ މީހުންނާއި ފަގީީރުންނާއި މިސްކީނުންގެ ހާލަތަށް އަލިއަޅުވާލައި ސުނީ ނެރުނު މި މަދަހައިގެ ޕްރޮޑިއުސަރަކީ އަދި ޑައިރެކްޓަރަކީވެސް ހަމަ އޭނާއެވެ. ސުނީ ބުނީ މިއީ ދެ އަހަރު ވާންދެން ކުރި އުންމީދެއްގެ ނިމުން ކަމަށެވެ.
ސުނީގެ މަދަހަ ނެރުނީ އިނގިރޭސި ސަބް ޓައިޓަލްއާއި ވެސް އެކުގައެވެ. މި މަދަހައިގެ ވީޑިއޯގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ހާލުގައި ޖެހިފައި ތިބި މުސްލިމުންގެ ހާލަތު ދައްކައިދޭ ވީޑިއޯ ހިމަނާފައިވާއިރު ލަވައިގެ ޅެމުން ދޭ މައިގަނޑު މެސެޖް ‘އެހީދިނުން’ ސުނީ ވަނީ ދައްކައިދީފަ އެވެ. ‘ސުނީސް ސްޕެޝަލް ޕްރޮޑަކްޝަން’ އިން ނެރުނު މި މަދަހަ އަކީ އަޑުއަހައިލަން ފަސޭހަ ރާގަކަށް މިއުޒިކާއި ނުލައި ކިޔާފައިވާ މަދަހައެކެވެ.
ލަވައިގެ ވީޑިއޯގެ ތެރެއިން ސުނީގެ އެންމެ ފެވަރިޓް ޕްރިޔަންކާ ޗޯޕްޅާ ވެސް ފެނިގެންދެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 8 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު“ލޯބިން” އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟