ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މެސެޖިންގ އެޕްތަކުގައި ފެތުރެމުންދާ “ރޮޓޭޓިންގ ކޮންޓްރިބިއުޝަން”
މުނިއަވަސް ގްރެފިކްސް

ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށް، ފޭކް ސޭވިންގް ސްކީމްތަކެއް ހިންގައިގެން ގިނަ ބައެއްގެ އަތުން ފައިސާ އަތުލަމުންދާ މައްސަލަތަކެއް ފެންމަތިވެ، ކަންބޮޑުވުން އިތުރުވެއްޖެއެވެ.

މި އޮޅުވާލުންތައް އާންމުކޮށް ފެށެނީ ރަހުމަތްތެރި މާހައުލެއް އޮންނަ ގްރޫޕް ޗެޓަކަށް މީހުން އިންވައިޓް ކުރުމުންނެވެ. މި ގްރޫޕްތަކުގައި، ކޮންމެ މަހަކު ވަކި ވަރެއް (އާންމުކޮށް 1،000 ރުފިޔާ ނުވަތަ އެއަށްވުރެ ގިނައިން) ޖަމާކުރުމަށް ބާރުއަޅައެވެ. އަދި މިގޮތަށް ޖަމާކުރާ ފައިސާ، ކޮންމެ މަހަކުވެސް ގްރޫޕްގެ ބައިވެރިއަކަށް ލިބޭނެ ކަމަށް ބުނެ އުއްމީދު ދެއެވެ.

ނަމަވެސް، މިއީ ހަގީގަތުގައި ރޭވިގެން ހިންގާ ބޮޑު އޮޅުވާލުމެކެވެ. މީހުންގެ އިތުބާރު ހޯދައި، ގިނަ އަދަދެއްގެ ފައިސާ އެއްވުމުން، ގްރޫޕް ހިންގާ ފަރާތުން (އެޑްމިނިސްޓްރޭޓަރު) މެންބަރުން ބޭރުކޮށް ނުވަތަ ގްރޫޕް އެއްކޮށް ފޮހެލައެވެ. އަދި އެއްވެސް މީހަކަށް ފައިސާ ނުލިބެނީސް އެ ފައިސާ ހިފައިގެން ފިލައެވެ.

މިކަމުގައި އާންމުކޮށް ބޭނުންކުރާ އުކުޅަކީ، އެމީހަކު ދަންނަ ރަހުމަތްތެރިން ނުވަތަ ތިމާގެ މީހުން މެދުވެރިކޮށް ގްރޫޕަށް މީހުން އިތުރުކުރުމެވެ. މީގެ ސަބަބުން އެއީ ސައްހަ ކަމެއް ކަމަށް ގަބޫލުކުރެވި، މީހުންނަށް އޮޅުން އަރާ ގޮތްވެއެވެ. ވޭތުވެދިޔަ މަސްތަކުގައި މިފަދަ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ގިނަ ބަޔަކު ވަނީ މިކަމުގެ ސަބަބުން ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ.

އެއްވެސް ރަސްމީ އޮނިގަނޑެއް ނެތި، އަދި ދެފުށް ފެންނަ ގޮތެއް ނެތި އޮންލައިން ގްރޫޕްތައް މެދުވެރިކޮށް ފައިސާ ހޯދަން އެދޭ ފަރާތްތަކަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ. ސައްހަ މާލީ ނިޒާމުތަކަކީ ވަކި ގަވާއިދުތަކެއްގެ ދަށުން ހިންގާ ކަންކަމެވެ. އާންމުކޮށް މެސެޖިންގ އެޕްތަކުގައި ހިންގާ މިފަދަ ކަންކަމަކީ ރަސްމީ ކަންކަމެއް ނޫނެވެ.

މިފަދަ ޑިޖިޓަލް އޮޅުވާލުންތަކުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު ހައްލަކީ، ހަގީގަތާ ހިލާފު ބޮޑެތި މާލީ ފައިދާތައް ލިބޭނެ ކަމަށް ބުނާ ވާހަކަތަކަށް ނުހެއްލުމާއި، އަބަދުވެސް ސަމާލުވެ ތިބުމެވެ.

މިފަދަ ހާދިސާއެއް ތިޔަ ފަރާތަށް ދިމާވެފައިވާނަމަ، އެއީ ހިތާމަވެރި ކަމެކެވެ. މިފަދަ ހާލަތެއްގައި ކަމާބެހޭ އިދާރާތަކަށް އެކަން ރިޕޯޓްކުރުމަކީ މުހިންމު ކަމެކެވެ. އަދި އެހެން މީހުން މިފަދަ މަޅިތަކުގައި ޖެހުނަ ނުދިނުމަށްޓަކައި މި މައުލޫމާތު އާންމުންނާ ހިއްސާކުރުމަށް ސަމާލުކަން ދެއްވާށެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top