އާހިލް އާއި އާއިމާ އަށް އެކަކު އަނެކަކުދެކެ ހައްދެއް ނެތް މިންވަރަށް ލޯބިވެވުނީ ތިންވަނަ ގްރޭޑް ގައި އުޅެނިކޮށެވެ. ނަމަވެސް އިސްލާމްދީނުގެ އެންމެ ރިވެތި ތަރުބިއްޔަތާއި އަޚްލާޤް ލިބިފައިވުމުން އާހިލް 7 އަހަރު ދުވަސް ހޭދަކޮށްލީ އާއިމާ އަށް ޤަސްދުގައި ހަމަ އެއްފަހަރުވެސް ބަލައިނުލައެވެ. އާއިމާ ދެކެ ވާ ލޯބި ހިފަހައްޓައިގެން އުޅުނީ ބެލުން ތިރިކުރުމަށް އަންގަވާފައިވާ އެންގެވުމަށް ފުރިހަމައަށް ބޯލެނބުމަށެވެ.
ދެކުދިން ގްރޭޑް 10 ނިންމީވެސް ވަކިވުމެއް ނެތި އެއް ކުލާހުގައި އުޅެމުންނެވެ. ނަމަވެސް ލޯބިވާކަން ހާމަކުރުމެއް ނެތިއެވެ. އެކަކު އަނެކަކުދެކެ ވާލޯބި އެނގޭ ހާލުގައެވެ. ލޯބީގެ އިހްސާސްތައް ހިފަހައްޓައިގެން ކެތް ކުރުމަށް ކުރި މަސައްކަތް ދެކުދިންނަށްވެސް ނާކާމިޔާބުވަނީ އިޝްޤީ ލޯބީގެ ގަދަ ހުމެއްޖެހި ބަލިމަޑު ކަމަކާއި ކުރިމަތިވުމުންނެވެ.
ޒުވާން ދެކުދިން އެކަކު އަނެކަކުދެކެ ވަމުން އައި ޒުވާން ލޯބީގެ އިޙްސާސް އާހިލް އާއި އާއިމާ އަށް ކޮށްދެނީ ދެކުދިންގެ ދެ ރަހުމަތްތެރިންގެ މޮޅު ޕްލޭނަކުންނެވެ. އެހިސާބުން ދެކުދިންގެ މައިންބަފައިންނަށް ވެސް މި ޒުވާން ލޯބީގެ ދިލަކަން އެނގެއެވެ. ދެ އައިލާއިން ވާހަކަ ދައްކައިގެން ދެކުދިން އަމިއްލަ ފައިމައްޗަށް ތެދުވުމުން ކައިވެނި ކުރުވަން ނިންމައެވެ.
އާހިލް އިތުރަށް ކިޔެވުމަށް މައިންބަފައިންނާއި އެކު އޭނާގެ މަންމަގެ އުފަން ޤައުމު ޕާކިސްތާނަށް ދާންފުރާ ފްލައިޓް ވެއްޓުނު ޚަބަރު އާއިމާ އަށް ލިބޭ ހިސާބުން އާއިމާ ހޭނެތިގެން ވެއްޓެއެވެ.
‘ޒުވާން ލޯބި’ ވާހަކައިގެ ފުރަމަ ސީޒަން ނިންމައިލީ މި ހިސާބުންނެވެ. ވާހަކައިގެ ސީކްއަލް އެއް ނުވަތަ ދެވަނަ ބައެއް ގެނައުމަށް ޖާގަ ދީފަ އެވެ.
‘ޒުވާން ލޯބި’ ވާހަކައިގެ ދެވަނަ ބައެއް ގެނައުމަށް މިހާރު މިވަނީ ތައްޔާރު ވެފައެވެ. ނަމަވެސް އަދި ކުޑަ ދުވަސްކޮޅެއްގެ އިންތިޒާރެއްގެ ފަހުންނެވެ.
ޒުވާން ލޯބި – 1 އެއްކޮށް ކިޔައިލުމަށް ފިއްތަވާލައްވާ!
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި