ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިވެހި ފިލްމީ ދާއިރާއިން އަމްޖޭއަށް ޚާއްޞަ ފިލައެއް!
“ގިލަން” ޕްރިމިއާގައި އަމްޖޭއަށް ޚާއްޞަ ފިލައެއް ދެނީ - ނާޒިމާ / މުނިއަވަސް

– އަމްޖޭގެ 50 ވަނަ ފިލްމު “ގިލަން” ޕްރިމިއާކޮށްދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ހީނާ ވަލީދު

​ދިވެހި ފިލްމީ ދާއިރާއަށް ނިސްބަތްވާ ހުރިހާ ޕްރޮޑަކްޝަން ހައުސްތަކުގެ ފަރާތުން މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) އަށް ޚާއްޞަ ހަނދާނީ ފިލައެއް ދީފިއެވެ. މިއީ ވޭތުވެދިޔަ 30 އަށްވުރެން ގިނަ ދުވަހު، ފިލްމީ ފަންނާނުންނާއެކު ސާބިތުވެ ހުރެ، 50 އަށް ވުރެން ގިނަ ފިލްމު ޑައިރެކްޓްކޮށް ގެނެސްދީފައިވާތީ އެކަމުގެ އަގުވަޒަންކޮށް ދިން ހަނދާނީ ފިލައެކެވެ.

އަމްޖޭއަށް މި ޚާއްޞަ ހަނދާނީ ފިލާ ދިނީ މިރޭ އޮލިމްޕަހުގައި ޕްރިމިއާކުރި އަމްޖޭގެ ފަންސާސް ވަނަ ޑައިރެކްޝަން ހިމެނޭ ފިލްމު “ގިލަން” ރިލީޒްކުރުމަށް ބޭއްވި ކުލަގަދަ ރަތްދޫލަ ހަފުލާގައެވެ.

މި ހަފުލާގައި ފިލްމު އުފެއްދުންތެރިންނާއެކު އަމްޖޭގެ މި ކާމިޔާބީ ފާހަގަކުރުމަށް ޚާއްޞަ ކޭކެއް ފެޅުންވެސް ކުރިއަށް ގެންދިޔައެވެ. ކޭކު ފެޅުމުގައި އަމްޖޭއާއެކު އިސްކޮށް ބައިވެރިވީ ފިލްމީ ދާއިރާގެ އެންމެ ދޮށީ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ މުސްތަފާ ޙުސައިންއެވެ. މީގެ އިތުރުން އަމްޖޭގެ ފިލްމީ ކެރިއަރ ފެށުމުގައި ބައިވެރިވި ޖަންބު ޙަސަން އަފީފް، މުޙައްމަދު މަނިކް، ޝާޒް، ހުސައިން ސޮބާހް، ޙާމިދު ޢަލީ ވެސް ބައިވެރިކޮށްފައިވެއެވެ.

“ގިލަން” ޕްރިމިއާގައި ކޭކުފެޅުން – ނާޒިމާ / މުނިއަވަސް

އޮލިމްޕަސް ސްޓޭޖްމަތިން ރާއްޖޭގެ ފިލްމު އުފެއްދުންތެރިން އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ފެނިގެންދިޔަ ހިނދުކޮޅަކާއެކު އަމްޖޭއަށް ހަނދާނީ ފިލައެއް ލިބުން މިއީ ދިވެހި ފިލްމީ ތާރީޚުގައި ލިޔެވިގެންދާނެ ފަދަ ހިނދުކޮޅެކެވެ.

ފިލްމު “ގިލަން” ޕްރިމިއާކޮށްދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ހީނާ ވަލީދު އެވެ.

މިރޭ ބޭއްވި މި އިވެންޓް މިހާ ފުރިހަމަކޮށް ބޭއްވުމުގައި ހަރަކާތްތެރިވެފައިވަނީ “އައިލެންޑް ސިނަމާ”ގެ ހީވާގި ޓީމުންކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top