ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ކޮކޮނަޓް ޗިއާ ޕުޑިން ސްޓޯބެރީއާއެކު – މުނިއަވަސް ރަހަފަތް
ފޮޓޯ: މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 15 މިނެޓު
⏱️ ފިނިކުރަން ބަހައްޓަންޖެހޭ ވަގުތު: 9 ގަޑިއިރާއި 15 މިނެޓު
⏱️ ޖުމްލަ ވަގުތު: 9 ގަޑިއިރާއި 30 މިނެޓު
🍲 ތައްޔާރުކުރެވޭނީ: 4 މީހުންނަށް

ބޭނުންވާ ތަކެތި:

🍳 1 ދަޅު (13.5 އައުންސް) ކާށި ކިރު
🍳 5 ސައިސަމުސާ ޗިއާ ސީޑްސް
🍳 3 ސައިސަމުސާ މޭޕަލް ސިރަޕް (ބައިބަޔަށް ބަހާލައިގެން ބޭނުންކުރުމަށް)
🍳 1 ސައިސަމުސާ ވެނީލާ ބީން ޕޭސްޓް
🍳 ކުޑަ ލޮނުކޮޅެއް
🍳 2 ތަށި ސްޓޯބެރީ (ކޮށާފައި)

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – މެދު ސައިޒުގެ ތަށްޓެއްގެ ތެރެއަށް ކާށި ކިރު، ޗިއާ ސީޑްސް، 1 ސައިސަމުސާ މޭޕަލް ސިރަޕް، ވެނީލާ ބީން ޕޭސްޓް އަދި ލޮނުކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މަދުވެގެން 1 ގަޑިއިރު ވަންދެން ފިނިކުރަން އައިސްއަލަމާރިއަށް ލާށެވެ. މިހެން ހެދުމުން ޗިއާ ސީޑްސްތައް މާލައި، މިކްސްޗަރު އޮލަވާނެއެވެ.

2 – އެ ވަގުތުގެ ތެރޭގައި، ކޮށާފައި ހުރި ސްޓޯބެރީތަކާއި ބާކީ ހުރި މޭޕަލް ސިރަޕް އެއްކޮށްލާށެވެ. ސްޓޯބެރީން ފަނި ނުކުތުމަށްޓަކައި 15 މިނެޓާއި 30 މިނެޓާ ދެމެދުގެ ވަގުތަކަށް ބަހައްޓާށެވެ.

3 – ސްޓޯބެރީން ނުކުމެފައި ހުރި އިތުރު ފަނިތައް ހުސްކޮށްލުމަށްފަހު، އެންމެ މައްޗަށް އެޅުމަށްޓަކައި ގާތްގަނޑަކަށް ¼ ތަށި ސްޓޯބެރީ ވަކިން ބަހައްޓާށެވެ.

4 – ބާކީ ހުރި ސްޓޯބެރީތައް 4 ބިއްލޫރި ފުޅިއަށް (8 އައުންސްގެ ފުޅި) އެއްވަރަކަށް ބަހާލާށެވެ. އޭގެ މައްޗަށް ކުރިން ތައްޔާރުކުރި ޗިއާ ޕުޑިން އެޅުމަށްފަހު، އެންމެ މަތީގައި ކުރިން ވަކިކުރި ސްޓޯބެރީކޮޅު އަތުރާލާށެވެ. ފުޅިތަކުގެ މަތިޖަހައި، ކެއުމުގެ ކުރިން އެއް ރޭ ވަންދެން އައިސްއަލަމާރީގައި ބަހައްޓައިގެން ފިނިކުރާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top