ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފިލްމު އެވޯޑް މިއަހަރު ސެޕްޓެމްބަރު މަހު ބޭއްވުމަށް މަސައްކަތް ކުރަނީ

ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ “ދިވެހި ފިލްމު އެވޯޑްސް” މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ސަރުކާރުން ތައްޔާރުވަމުންދާކަން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ހީނާ ވަލީދެވެ. ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހީނާ ވިދާޅުވީ، ރާއްޖޭގެ ފިލްމީ ސިނާއަތަކީ ވަރަށް ޒަމާންވީ ތާރީޚެއް އޮތް ދާއިރާއެއް ކަމަށާއި، މި ދާއިރާގައި ފުންނާބު އުސް އަދި އެހާމެ ހުނަރުވެރި ގިނަ ބޭފުޅުންތަކެއް އެބަތިއްބެވި ކަމަށެވެ. އަދި ފިލްމީ ދާއިރާ ކުރިއަރުވައި، މި ސިނާއަތް ކޮޅަށް ޖެއްސެވުމަށްޓަކައި ނުހަނު ޝައުގުވެރިކަމާއެކު މަސައްކަތް ކުރައްވާ ގިނަ ފަންނާނުންތަކެއް މިހާރުވެސް ހަރަކާތްތެރިވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

“މި އިންޑަސްޓްރީ ނަގާ ކޮޅަށް ޖެއްސެވި ގިނަ ބަޔަކު މި ދާއިރާގައި އެބަ ތިއްބެވި އެ ޕެޝަންގައި މަސައްކަތް ކުރާ. ސަރުކާރުގެ ވިސްނުމަކީ އެބޭފުޅުންނަށް ޙައްޤުވާ އެވޯޑެއް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން،” ހީނާ ވިދާޅުވިއެވެ.

އެންމެ ފަހުން ރާއްޖޭގައި ފިލްމު އެވޯޑެއް ބާއްވާފައިވަނީ 2019 ވަނަ އަހަރު ކަމަށްވާއިރު، ގިނަ ދުވަސްތަކަކަށްފަހު އަލުން މި އެވޯޑު ބޭއްވުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އާ ގުޅިގެން ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެވޯޑަށް އިންސާފުކުރާނެ ފަނޑިޔާރުންގެ ޕެނަލް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހީނާ ލަފާކުރައްވާ ގޮތުގައި، މިހާރު ކުރިއަށްދާ ތައްޔާރީތަކާއެކު އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މި ޝަރަފުވެރި އެވޯޑު ހަފްލާ ބޭއްވޭނެއެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ފިލްމީ ދާއިރާގެ ފަންނާނުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހައްގުވާ ފަދަ އިންސާފުވެރި އަދި ފުރިހަމަ އެވޯޑެއް ހުށަހަޅައިދިނުމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top