ދީނީ ސުވާލެއް އޮތީތަ؟
ކުޅިވަރު
އިވްރިޝާ – އެޕިސޯޑް 10

އަދުނާން އިތުރު އެއްޗެއް ނުބުނެއެވެ. ކާރުގެ ތެރެއަށް ހިމޭންކަން ވެރިވިއެވެ. އަހަރެން ކާރުގެ ކުޑަދޮރުން ބޭރު ބަލާލީމެވެ. ބޮޑެތި ގަސްތަކުގެ ތެރެއިން ވައި ރޯޅިތައް ދަތުރުކުރާ އަޑު އިވެމުންދެއެވެ.

ބޮޑުދައިތަ ހަލީމާގެ ގެއާ ކައިރީގައި ހުންނަ ފިހާރަ ފެނުމުން، ގެއާ ކައިރިވެއްޖެކަން އަހަރެންނަށް އެނގުނެވެ. އިރުކޮޅެއްގެ ތެރޭގައި އަހަރެމެންނަށް ދެވިއްޖެއެވެ.

އަދުނާން ހީނލި އަޑަށް އަހަރެން ބަލާލީމެވެ. ޚަލީލް ހުރީ ގޭގެ ދޮރުމަތީގައި ފޯނުން ވާހަކަދައްކާށެވެ. އޭނާގެ އަނެއް އަތުގައި ފިނިފެންމަލެއް އޮތެވެ.

އެވަގުތު އަހަރެންގެ ފޯނު ރިންގްވާން ފެށިއެވެ. އަހަރެންނަށް ގުޅަނީ ޚަލީލްކަން އެނގުނެވެ.

އަހަރެންނަށް ހީނލެވުނެވެ. އަދި އަދުނާނަށް ޝުކުރު އަދާކުރުމަށްފަހު، އޭނާ އެއްޗެއް ބުނަންދެން މަޑުނުކޮށް ކާރުން ފޭބީމެވެ. އަހަރެން މަޑުމަޑުން ހިނގާފައި ގޮސް ޚަލީލްގެ ކައިރިއަށް ހުއްޓިފައި، ކުއްލިއަކަށް “ހޭއި!” އޭ ބުނެ ހަޅޭއްލަވައިގަތީމެވެ.

*****

ޚަލީލް ނުރުހުމުގެ މޫނަކާއެކު، މަޑުމަޑުން އަހަންނާ ދިމާލަށް ހިނގައިގަތެވެ.

“އެކަމަކު އެމީހުންނަށް އެނގޭކަށް ނުޖެހޭނެ،” އޭނާ އަހަރެންގެ ދެ އަތުގައި ހިފަހައްޓާލަމުން، ވަރަށް ލޯތްބާއެކު ފިރުމާލިއެވެ.

“އަހަރެމެންނަށް އަހަރެންގެ ގެއަށް ދެވިދާނެ،” އޭނާ ކުރިއަށް ގެންދިޔައެވެ.

ޚަލީލް އަހަރެންގެ ކަތުރުކަށިގަނޑުގައި ބޮަސްދޭން ފެށުމުން، އަހަރެންގެ ދެލޯ މަޑުމަޑުން މެރުނެވެ. “އެއްވެސް މީހަކަށް އެކަމެއް ނޭނގޭނެ، އައި ޕްރޮމިސް،” އޭނާ ބުންޏެވެ.

އޭނާ އަހަރެންގެ ތުންފަތުގައި ބޮސްދޭން ފެށިއިރު، އޭނާގެ ދެއަތް އޮތީ އަހަރެންގެ ބުރަކަށީގެ ތިރީގައެވެ. އަހަރެން އުފަލުން ފުރިގެންވާ ހާލު ފައިގެ އިނގިލިތަކުގެ ކުރިއަށް ތެދުވެ، ޚަލީލް އަހަންނާ އިތުރަށް ގާތްކޮށްލީމެވެ.

އަހަރެމެން ބޮސްދޭ ކޮންމެ ވަގުތަކު، އަހަރެން އޭނާއާ ވަރަށް ގާތްކަން އިހުސާސް ކުރެވެއެވެ. އަހަރެން ހުންނަނީ ވަރަށް އުފަލުންނެވެ. ޚަލީލް އަހަންނަށް ބޮސްދޭން ބޭނުންވެއެވެ. އެކަމުން އޭނާއަށް އުފާވެރިކަން ލިބެއެވެ. އަދި އަހަރެން އޭނާދެކެ ލޯބިވާތީ، އޭނާ އުފާކޮށްދޭން އަހަރެން ބޭނުންވެއެވެ.

ނަމަވެސް، ހިތާ ދެކޮޅަށް ނަމަވެސް އަހަރެން އޭނާ ދުރަށް ޖައްސާލީމެވެ. ބޯ ހޫރުވަމުން ނޫނެކޭ ބުނީމެވެ. އޭނާ ރުޅިވެރި އަޑެއް ލެއްވުމަށްފަހު، ވަރަށް ބާރަށް އަހަރެން ފަހަތަށް ކޮށްޕާލިއެވެ.

“ކަލޭގެ ދުވަސް ދުއްވާލާނަން!”

އޭނާ އަހަރެންގެ ކައިރިން ބާރަށް ހިނގާފައި ދިޔައީ ވަރަށް ބޮޑަށް ރުޅިއައިސްގެންނެވެ. އަހަރެން ރޮމުން އޭނާގެ ފަހަތުން ދިޔައީމެވެ.

“ޚަލީލް މަޑުކޮށްބަލަ، ޚަލީލްއަށް ވިސްނެންވާނެ، އާދޭސްކުރަން.”

އަހަރެން ކާރު ކައިރިއަށް ގޮސް ދޮރު ހުޅުވަންދެންވެސް އޭނާ މަޑެއް ނުކުރިއެވެ.

“އަހަންނަށް ގުޅާނަންތަ؟” އަހަރެން ވަރުބަލިވެފައި ހުރެ ސުވާލުކުރީމެވެ. އަހަރެން އޭނާއާ ދިމާލަށް ދުވެފައި ދިޔައިރު، ކުއްލިއަކަށް ވަރަށް ބޮޑަށް ވަރުބަލިވެއްޖެއެވެ.

“އަވަހަށް އެތެރެއަށް ވަދޭ. ގުޑްނައިޓް.”

އެހެން ބުނުމަށްފަހު، އޭނާގެ މާސިޑީޒް ކާރަށް އަރައި ދުއްވާލިއެވެ. އަހަރެން ރޮމުން ދެއަތުން މޫނު ނިވާކޮށްލީމެވެ.

އޭނާ ގުޅާނެ ކަމަށް އަހަރެން އުއްމީދު ކުރަމެވެ.

ޚަލީލްގެ ނަޒަރުން:

އޭނާގެ މީރުވަސް އަހަރެންގެ ހަށިގަނޑުގައި ހިފާފައި ހުއްޓެވެ. އަހަރެން ހެދުން ބަދަލުކޮށް ފެންވެރުމުންވެސް، އޭނާގެ އެ ވަސް އަދިވެސް އަހަރެންގެ ވަށައިގެން ހުރި ކަހަލައެވެ. އެކަމުން އަހަރެން މޮޔަވާ ވަރުވެއެވެ.

އަހަރެން އޭނާ ބޭނުންވެއެވެ! ނޫން، އަހަރެން މިހާރު އޭނާއަށް ވަރަށް ބޮޑަށް ބޭނުންވެއްޖެއެވެ. އިވްރިޝާ އެ ލޮލުން އަހަންނަށް ބަލާލުމުންވެސް އަހަރެންގެ ހިއްސުތައް ހޭލައްވާލައެވެ. އޭނާ އަހަންނަށް ބޮސްދޭ ވަގުތު އަހަރެން މޮޔަވާ ވަރުވެއެވެ.

ނަމަވެސް ކޮންމެ ފަހަރަކު އަހަރެން އެކަމަށް ތައްޔާރުވުމުން އޭނާ އަހަރެން ހުއްޓުވައެވެ! އެއީ ވަރަށް ބޮޑު އުނދަގުލެކެވެ. އޭނާގެ ގެއިން ނުކުތްތާ ދެ ގަޑިއިރު ވެއްޖެއެވެ. އަހަރެން ހުރީ ވަރަށް ބޮޑު އުނދަގުލެއްގެ ތެރޭގައެވެ.

އަހަރެން ހަމައަކަށް އެޅެން ބޭނުންވެއެވެ. ނޫންނަމަ އަހަރެން މޮޔަވެދާނެއެވެ. އަހަރެން ކާރުގެ ތަޅުދަނޑި ނަގައި، ލައިޓްތައް ނިވާލުމަށްފަހު އެޕާޓްމަންޓުން ނުކުތީމެވެ.

މިއީ އަހަރެމެން ލަންކާއަށް ދިއުމުގެ ކުރިން އިވްރިޝާއާ އެކު ދިރިއުޅެން ހަމަޖެހިފައިވާ ތަނެވެ. އަހަރެމެން ދެމީހުން ކައިވެނިކޮށްގެން އުޅޭނެ ގޮތް ހިތަށް އެރުމުންވެސް އަހަރެންގެ ހިތް އުފަލުން ފުރެއެވެ.

އަހަރެން އެޕާޓްމަންޓުގެ ކޮންމެ ތަނެއްގައި އޭނާއާއެކު ވަގުތު ހޭދަކުރާނެ ގޮތް ހިތަށް އަރުވަމުން ދިޔައީމެވެ.

އަހަރެން ކާރު ދުއްވަމުން ގޮސް، ގޭގެ ކައިރީގައި ހުރި ޝީޝާ ކެފޭއެއްގެ ކައިރީގައި މަޑުކޮށްލީމެވެ. ކާރުން ފޭބުމުގެ ކުރިން ތިރިއަށް ބަލާލުމުން، އަހަރެން ހުރި ހާލަތު ފެނި ބޮޑު އުނދަގުލެއް އިހުސާސް ކުރެވުނެވެ.

އަހަރެން ކާރުން ފޭބުމަށްފަހު، އަހަރެން ލައިގެން ހުރި ޓީޝާޓުން އެކަން ފޮރުވޭތޯ މަސައްކަތް ކުރީމެވެ. އަހަރެން ކެފޭގެ ދޮރު ހުޅުވާލީމެވެ. އެތަން އޮތީ މީހުންތަކުން ފުރިފައެވެ. ބޮކިތައް ނިވާލާފައި ހުރިއިރު، ހަމައެކަނި ފެންނަން ހުރީ ޕާޓީ ލައިޓްތަކެވެ.

ގްރޫޕް ގްރޫޕަށް މަސްޢޫލުވެގެން ތިބީ ޝީޝާ ބުއިމުގައެވެ. ބައެއް ޒުވާން ޖޯޑުތައް ގައިގޯޅިވެގެން ތިބިތަންވެސް ކޮންމެވެސް ވަރަކަށް ފެނުނެވެ. އަހަރެން އެދިމާލަށް ނުބަލައި ގޮސް ކެފޭގެ ކައުންޓަރު ކައިރީގައި އިށީނީމެވެ.

އަހަރެންގެ ކައިރީގައި ތިބި އަންހެން ކުދިން އަހަންނަށް ބަލަމުން ދިޔަކަން ފާހަގަކުރެވުނެވެ. އަހަރެން ހިނިތުންވެލީމެވެ. އަހަރެންގެ ސިފައާއި ހަށިގަނޑަކީ އަންހެނުން ގަޔާވާ ފަދަ ސިފަތަކެއްކަން އަހަންނަށް އެނގެއެވެ. އެތަނުގައި ހުރި އަންހެން ސާވަރު އަހަރެން ބޭނުންވަނީ ކޮން އެއްޗެއްތޯ އެހިއެވެ.

“ނަޓްސްއަކާއި ފެން ފުޅިއެއް.”

އަހަރެންގެ ވާތް ފަރާތުގައި އިން އަންހެން މީހާ އަހަންނާ ދިމާލަށް ބަލާލިއެވެ. އޭނާ ލައިގެން ހުރީ ބާރު ޖީންސަކާއި ކުރު ޓޮޕެކެވެ. އޭނާގެ ތުންފަތުގައި ހުރީ ވަރަށް ގަދަ ރަތްކުލައެކެވެ.

“އަސްލުވެސް ފެންފުޅިއެއް އެކަނިތަ؟” އޭނާ މަލާމާތުގެ ރާގަކަށް ބުންޏެވެ. “ކީއްވެ ގޭގައި މަޑުނުކުރީ؟”

އޭނާގެ އެ އަޑުގެ ސަބަބުން އަހަރެން އިވްރިޝާގެ މަތިން ހަނދާން ނެތެން ފެށިއެވެ. އޭނާގެ ހަށިގަނޑުގެ ސިފަތައް ހެދުމުގެ ތެރެއިން ވަރަށް ބޮޑަށް ފެންނަން ހުއްޓެވެ. އަހަރެން ލޯ މަރާލުމަށްފަހު އޭނާގެ މޫނަށް ފޯކަސް ކުރެވޭތޯ ބެލީމެވެ.

“އަހަރެން މިތަނަށް މިއައީ ހިޔާލުތަކާ ދުރަށް ދާން، ވަރަށް ގިނަ ކަންކަމާ ވިސްނޭ،” އަހަންނަށް ބުނެވުނެވެ.

އޭނާގެ ގޮނޑި އަހަންނާ ގާތަށް ޖައްސާލިއެވެ. އޭނާގެ ކަކޫ މިހާރު ހުރީ އަހަރެންގެ ކަކުލުގައި ޖެހިފައެވެ. އޭނާގެ އިނގިލި އަހަރެންގެ ފައިމަތީގައި ބާއްވާލުމުން އަހަރެން ސިހުނެވެ. އޭނާގެ އެ ބީހުމުން އަހަރެންގެ ހިއްސުތައް ހޭލައްވާލިއެވެ.

“ކަލޭގެ ހިޔާލުތައް ބަދަލުކޮށްލަން އަހަރެން އެހީތެރިވެދެންތަ؟” އޭނާ މަޑުމަޑުން ބުންޏެވެ.

އަހަރެން ދެލޯ މަރާލައި، ވިސްނުން އެއްކުރެވޭތޯ ބެލީމެވެ. އިވްރިޝާއަށް މިކަން އެނގިއްޖެނަމަ އޭނާ ވަރަށް ދެރަވާނެއެވެ.

އެކަމަކު އޭނާއަކަށް ދުވަހަކުވެސް ނޭނގޭނެއެވެ. އަހަރެންގެ ހިތް ބުންޏެވެ.

“ކޮބާ ކަލޭގެ ނަމަކީ؟” އަހަރެން އެނބުރިލާފައި އެހީމެވެ. އޭނާ އިނީ މޮކްޓެއިލްއެއް ބޯށެވެ.

“އަހަންނަށް ސިމީއޭ ކިޔާ، ކަލޭގެ ނަމަކީ ކޮބާ؟”

ވަރަށް ރަނގަޅެވެ. އަހަރެން ރޭވި ގޮތަށް ކަންތައްތައް ކުރިއަށްދާނެއެވެ. މިއީ ހަމައެކަނި އެއް ރޭގެ ކަމެކެވެ.

އަހަރެން އޭނާގެ އަތުގައި ހިފައި، އަހަރެންގެ މެޔާ ގާތަށް ދަމާލީމެވެ.

“އަހަރެންގެ ގެއަށް ދާން ބޭނުންތަ؟”

އޭނާ ހިނިތުންވެލަމުން އޭނާގެ ދޫ ނެރެ އަހަރެންގެ ތުންފަތުގައި ޖައްސާލިއެވެ. “އާނ، ދާނަން.”

އަހަރެން ދެލޯ މަރާލައި އުނދަގުލުން ނޭވާލީމެވެ. އޭނާ އަދި އެއްފަހަރު އެހެން އެކަން ކޮށްފިނަމަ، އަހަރެންނަށް ކެތެއް ނުކުރެވޭނެއެވެ.

އަހަރެން ކެފޭގެ ސާވަރަށް ފައިސާ ދެއްކުމަށްފަހު، އަހަރެމެން ދެމީހުން އަވަސް އަވަހަށް އެތަނުން ނުކުތީމެވެ. ކުރިއަށް އޮތް ކަންތައްތަކާމެދު ދެމީހުންވެސް ތިބީ ވަރަށް ފޯރިއަރުވާފައެވެ.

އަހަރެން ކާރަށް އެރުމުން، ސިމީވެސް އަހަރެންގެ ފަހަތުން ކާރަށް އެރިއެވެ. ކާރު ސްޓާޓް ކުރުމަށްފަހު، އަހަރެން ވަރަށް ބާރަށް ކާރު ދުއްވާލީމެވެ. މާ ގިނަ އިރެއް ނުވެ އަހަރެންގެ އެޕާޓްމަންޓަށް އާދެވިއްޖެއެވެ.

(މީގެ ފަހުން ދެން ހިނގައި ދިޔައީ ދެމަފިރިންގެ ދޭތެރޭގައިވެސް އެންމެ ފޯރިއާއެކު ހިނގާނެ ކަންތައްތަކެވެ.)

“ޚަލީލް…” އޭނާ އަހަރެންގެ އިސްތަށިގަނޑުގައި ހިފަހައްޓާލަމުން ގޮވާލިއެވެ. “ދުވަހަކުވެސް ހުއްޓާނުލާތި!” އޭނާ ހަޅޭއްލަވައިގަތުމަށްފަހު އަހަރެންގެ ކޮނޑުމައްޗަށް ވެއްޓުނެވެ. އޭނާ ބޭނުންވި އުފާވެރިކަން އޭނާއަށް ލިބިއްޖެއެވެ. އަދި މަދު ހިނދުކޮޅެއްގެ ތެރޭގައި އަހަރެންގެ ހަށިގަނޑަށްވެސް ބޭނުންވެފައިވާ އަރާމު ލިބިއްޖެއެވެ.

އަހަރެން އޭނާ ހަލުވާލިއިރު، އޭނާ އޮތީ ނިދިފައެވެ. އަހަރެން އޭނާ ދުރަށް ޖައްސާލުމަށްފަހު އޭސީ ޖެއްސީމެވެ.

ނިދުމުގެ ކުރިން އަހަރެންގެ ހިތަށް އެންމެ ހިޔާލެއް އައެވެ.

އޭނާއަށް އަހަރެންގެ ނަން އެނގުނީ ކިހިނެއް ހެއްޔެވެ؟

******

ނުނިމޭ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top