ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ބޮކްސް އޮފީހުގެ ވާދަވެރިކަން: “ބޭބީ ޑޫ ޑައި ޑޫ” އަށް ގޮންޖެހުންތަކެއް
ފޮޓޯ: ބޮލީވުޑް މެޝީން

ހުމާ ގުރޭޝީގެ ކްރައިމް-އެކްޝަން ތުރިލާ “ބޭބީ ޑޫ ޑައި ޑޫ” ގެ ތަފާތު ވާހަކައާއި މަޝްހޫރު ތަރިންނާއެކު ވެސް، ބޮކްސް އޮފީހުގައި އެ ފިލްމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ނަޗިކެތު ސަމަންތު ޑައިރެކްޓްކޮށް، ހުމާ ގުރޭޝީ އާއި ސާގިބު ސަލީމްގެ “ސަލީމް ސިބްލިންގްސް” އިން އުފައްދާފައިވާ މި ފިލްމު ސިނަމާތަކަށް ނެރުނީ 3 ޖުލައި 2026 ގައެވެ.

މި ފިލްމުގައި ހުމާ ގުރޭޝީ ފެނިގެންދަނީ އިންޑިއާގެ ފުރަތަމަ “ދޭސީ ހިޓްވުމަން” ބޭބީ ކަރްމާކަރްގެ ރޯލުންނެވެ. މީގެ އިތުރުން ސިކަންދަރު ކޭރު، ޗަންކީ ޕާންޑޭ، ސީމާ ޕަހްވާ އަދި ވިދްޔާ މަލްވާޅޭ ފަދަ ތަރިން މި ފިލްމުން ފެނިގެންދެއެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ސިއްރުވެރި ޤާތިލެއްގެ ނުރައްކާތެރި ދިރިއުޅުމުގައި ކުރިމަތިވާ ހާދިސާތަކެއްގެ މައްޗަށެވެ. މިގޮތުން އޭނާގެ މިޝަނެއް ނާކާމިޔާބުވުމުން، ކުރީގެ ސިއްރުތަކާ ކުރިމަތިލާންޖެހި، ފުރާނަ ސަލާމަތްކުރުމަށް ކުރާ މަސައްކަތްތައް މި ފިލްމުން ދައްކުވައިދެއެވެ.

ފިލްމުގެ ކޮންސެޕްޓް ތަފާތުވެފައި އެކްޓިންގ ރަނގަޅުވި ނަމަވެސް، ގިނަ އަދަދެއްގެ ބެލުންތެރިން ސިނަމާތަކަށް ވެއްދުމުގައި މި ފިލްމަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ. ރިޕޯޓްތައް ބުނާގޮތުގައި ފިލްމު ރިލީޒްކުރި ފަސްވަނަ ދުވަހު (އަންގާރަ ދުވަހު) ލިބިފައިވަނީ ގާތްގަނޑަކަށް 36 ލައްކަ ރުޕީސްއެވެ. ބެލުންތެރިންގެ މެދުގައި ފިލްމާމެދު ޚިޔާލު ތަފާތުވުމާއި، އާލިއާ ބަޓް އަދި ޝަރްވަރީ ވާގްގެ “އަލްފާ” އާ ވާދަކުރަން ޖެހުމަކީ ފިލްމުގެ އާމްދަނީއަށް ނޭދޭވޭ އަސަރުތަކެއް ކުރި ސަބަބުތަކެވެ.

ފިލްމު ދައްކާތާ ދެވަނަ ހަފުތާއަކީ ފިލްމުގެ ކުރިމަގަށް ވަރަށް މުހިންމު ހަފުތާއެކެވެ. ފިލްމު ބެލި މީހުންގެ ފަރާތުން ލިބޭ ރަނގަޅު ރިވިއުތަކާއެކު ފިލްމުގެ ވިޔަފާރި ރަނގަޅުވާނެތޯ ނުވަތަ ބޮކްސް އޮފީހުގެ ވާދަވެރިކަމުގެ ތެރޭގައި ފިލްމު ފަނޑުވެގެންދާނެތޯ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބަލަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top