ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަނީ ޑިއޯލްގެ “އިއްކާ” މާދަމާ ރިލީޒްކުރަނީ
ފޮޓޯ: ގޫގަލް

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސަނީ ޑިއޯލް އާއި އަކްޝޭ ކަންނާ ގާތްގަނޑަކަށް ތިރީހަކަށް އަހަރަށްފަހު އެކުގައި ފެނިގެންދާ ފިލްމު “އިއްކާ” މި ހިނގާ ޖުލައި މަހުގެ 10 ވަނަ ދުވަހު (މާދަމާ) ނެޓްފްލިކްސް މެދުވެރިކޮށް ރިލީޒްކުރާގޮތަށް ހަމަޖެހިއްޖެއެވެ.

މި ދެ ތަރިން އެންމެ ފުރަތަމަ އެކުގައި މަސައްކަތްކޮށްފައިވަނީ 1997 ވަނަ އަހަރު ނިކުތް މަޝްހޫރު ފިލްމު “ބޯޑަރ” ގައެވެ. އޭގެ ގިނަ އަހަރުތަކެއް ފަހުން މި ދެ ތަރިން އަލުން ފެނިގެންދާ ފިލްމަކީ ސިއްދާތު ޕީ މަލްހޯތުރާ ޑައިރެކްޓްކޮށްފައިވާ “އިއްކާ” އިންނެވެ. މި ފިލްމަކީ ނެޓްފްލިކްސް އިން ދެއްކުމަށް ހަމަޖެހިފައިވާ އޮރިޖިނަލް ފިލްމެކެވެ.

“އިއްކާ” ގެ ވާހަކަ ބިނާވެފައިވަނީ އިންސާފަށް ލޯބިކުރާ ކާމިޔާބު ވަކީލެއް ކަމަށްވާ އަރުޖުން މެހެރާ (ސަނީ ޑިއޯލް) ގެ މައްޗަށެވެ. އަރުޖުންގެ އުސޫލުތައް ވަރުގަދަ އިމްތިހާނަކާ ކުރިމަތިވަނީ، ކުރިން އޭނާ ކުށްވެރިކޮށް ޖަލަށް ފޮނުވި ޝައުރިޔަމާން ގޯރް (އަކްޝޭ ކަންނާ) ގެ ދިފާއުގައި ކޯޓުގައި ވަކާލާތު ކުރަން ޖެހުމުންނެވެ. މި މައްސަލައިގެ ތެރެއިން ގިނަ ސިއްރުތަކެއް ހާމަވެ، އަރުޖުންގެ އާއިލީ ދިރިއުޅުމަށް ބޮޑެތި ނުފޫޒުތަކެއް ފޯރައިގެންދެއެވެ.

މި ފިލްމުގައި ސަނީ އާއި އަކްޝޭގެ އިތުރުން މުހިންމު ރޯލުތަކުން ފެނިގެންދާނީ ތިލޮތަމާ ޝޯމް، ދިއާ މިރްޒާ، ސަންޖީދާ ޝެއިޚް އަދި ޝިޝިރު ޝަރްމާއެވެ. ތިލޮތަމާ ކުޅެނީ ވަރުގަދަ ޕްރޮސެކިއުޓަރެއްގެ ރޯލެވެ. އަދި ދިއާ މިރްޒާ ފެންނާނީ އަރުޖުންގެ އަންހެނުންގެ ރޯލުންނެވެ.

އަލްތިއާ ކޯޝަލް އަދި މަޔަންކް ތެވާރީ ސްކްރީންޕްލޭ ލިޔެފައިވާ މި ފިލްމަކީ، މިއަހަރު ނެޓްފްލިކްސް އިން ނެރުނު ކާމިޔާބު ފިލްމު “މަހާރާޖާ” އަށް ފަހު ޑައިރެކްޓަރު ސިއްދާތު ނެރުނު ދެވަނަ ފިލްމެވެ. ނެޓްފްލިކްސްއިން ވަނީ މި ފިލްމުގެ ވަރުގަދަ ޓްރެއިލާއެއް ސޯޝަލް މީޑިއާގައި އާންމުކޮށް، ފިލްމު ރިލީޒްކުރާ ތާރީޚު ކަށަވަރުކޮށްދީފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top