ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފިރިހެނުން ކޮންމެ ދުވަހަކު ގްރީން ޓީ ބުއިމުގެ ފައިދާ
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ކެއިންބުއިމުގެ އާދަތަކަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިގޮތުން، ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ކޮންމެ ދުވަހަކު ގްރީން ޓީ ބުއިމަކީ ފިރިހެނުންގެ ސިއްޙަތަށް ބޮޑެތި ފައިދާތަކެއް ކުރާ ކަމެކެވެ. ޚާއްސަކޮށް މެދުއުމުރާއި ދުވަސްވީ ފިރިހެނުންނަށް މީގެ ސަބަބުން ލިބޭ ނަތީޖާ ފާހަގަކޮށްލެވެއެވެ.

2025 ވަނަ އަހަރު ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި، ދިގު މުއްދަތަކަށް (20 އަހަރަށްވުރެ ގިނަ ދުވަހު، ދުވާލަކު މަދުވެގެން އެއް ތަށި) ގްރީން ޓީ ބޯ މީހުންގެ ހަށިގަނޑުގައި، އެ ނޫން މީހުންނާ އަޅާބަލާއިރު “ޓެސްޓޮސްޓަރޯން” ހޯމޯންގެ މިންވަރު 30 އިންސައްތަ އިތުރުވެފައިވެއެވެ. މީގެ އިތުރުން، ހަށިގަނޑުގެ ދުޅަހެޔޮކަމަށް ހުރަސްއަޅާ “އިންފްލެމޭޝަން” ނުވަތަ ދުޅަވުން 27 އިންސައްތަ ދަށްކޮށްދޭއިރު، ނިދިނައުމުގެ މައްސަލަ ނުވަތަ “އިންސޮމްނިއާ” ކުރިމަތިވުމުގެ ފުރުސަތު 32 އިންސައްތަ ކުޑަކޮށްދޭކަމަށް މި ދިރާސާއިން ދައްކައެވެ.

ގްރީން ޓީއިން މިފަދަ ފައިދާތަކެއް ލިބެނީ އޭގައި ހިމެނޭ ބާރުގަދަ މާއްދާތަކެއްގެ ސަބަބުންނެވެ. އޭގެ ތެރޭގައި ހަށިގަނޑު ދުޅަހެޔޮކޮށްދޭ އެންޓިއޮކްސިޑެންޓެއް ކަމަށްވާ “އީޖީސީޖީ” އާއި، ހަށިގަނޑާއި ސިކުނޑި ހަމަޖައްސައިދިނުމަށް އެހީތެރިވެދޭ “އެލް-ތިއަނިން” ހިމެނެއެވެ. މި މާއްދާތަކަކީ ހަށިގަނޑުގެ ހޯމޯންތައް ހަމަހަމަކޮށްދީ، ނިދީގެ ފެންވަރު ރަނގަޅުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މާއްދާތަކެކެވެ.

ސިއްޙީ މާހިރުން ފާހަގަކުރާ ގޮތުގައި، ގްރީން ޓީ ބުއިމަކީ ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި އެކުލަވާލެވިދާނެ އެންމެ ފަސޭހަ އަދި އިތުބާރު ހުރި އެއް އާދައެވެ. ވުމާއެކު، ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ކޮންމެ ދުވަހަކުވެސް ގްރީން ޓީ ތަށްޓެއް ބޭނުންކުރުމަކީ ފިރިހެނުންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top