އޮނަވިހި ސަތޭކަ އަށްޑިހަ ދޭއް (1982) ގައި ޓެލެވިޛަން މޯލްޑިވްސް އިން އުފައްދާފައިވާ ފިލްމު “އޯކިޑް އޭނާގެ މާ” ގެ ރިމޭކެއް ހެދުމުގެ މަސައްކަތް ފިލްމުގެ ބަޠަލް ބައި ކުޅުނު މުޙައްމަދު ރަޝީދު (ދަރާ) ގެ ޕްރޮޑަކްޝަން ހައުސް އިން ފަށައިފި އެވެ.
‘ދަރާ ޕްރޮޑަކްޝަން’ އިން ރަސްމީ ސިފައެއްގައި މީޑިއާއާއި ފިލްމާއިބެހޭ މަޢުލޫމާތު ހިއްސާ ކޮށްފައި ނުވިޔަސް ޖުލައި 05 ގައި ވަނީ “އޯކިޑް އޭނާގެ މާ” ފޭސްބްކް ޕޭޖަށް ފިލްމުގެ ޕޯސްޓަރެއް ލާފައެވެ.
މުނިއަވަސް އަށް ނުރަސްމީ ސިފައެއްގައި މަޢޫލޫމާތު ލިބިފައިވާގޮތުން “އޯކިޑް އޭނާގެ މާ” ގެ ރިމޭކެއް ހަދަނީ ވާހަކައިގެ އަސްލު ނުގެއްލޭ ގޮތަށް މި ޒަމާނާ އެއްގޮތަށް ވާހަކަ ބަދަލުކޮށް ޒުވާން ކާސްޓެއް ހިމަނައިގެންނެވެ. އެގޮތުން ފިލްމަށް ބޭނުންވާ ބައެއް ކާސްޓުން މިހާރު ހަމަޖެހިފައި ވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
“އޯކިޑް އޭނާގެ މާ” ގެ ސްކްރީންޕްލޭ ލިޔަނީ އަސަރުގަދަ ލޯބީގެ ވާހަކަ ލިޔުމަށް މަޝްހޫރު ވާހަކަލިޔުންތެރިޔާ ފާތުމަތު ނީނާ (ލާރާ) އެވެ. ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރަނީ މުޙައްމަދު ރަޝީދު (ދަރާ) އެވެ.
“އޯކިޑް އޭނާގެ މާ” ގެ އޮރިޖިނަލް ވާހަކަ އާއި ސްކްރީންޕްލޭ ލިޔުއްވާފައިވާ ވަނީ އަލްފާޟިލް ޙުސައިން ޝިހާބް އެވެ. “އޯކިޑް އޭނާގެ މާ” އަކީ ރޭޑިއޯ ޑްރާމާ އެއް އުފެއްދުމަށް ޙުސައިން ޝިހާބް ލިޔުއްވި ވާހަކަ އެކެވެ. ނަމަވެސް ފަހުން ފިލްމު އުފެއްދުމަށް ޙުސައިން ޝިހާބް އެ ވާހަކަ އަލުން ބައްޓަން ކުރެއްވި އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!