ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މޯނީ ރޯއީއާއެކު ސުރޭޝް ކްރިޝްނާގެ އާ ލޯބީގެ ފިލްމެއް އިއުލާންކޮށްފި
ފޮޓޯ: ގޫގަލް

ބޮލީވުޑްގެ މަޝްހޫރު ބަތަލާ މޯނީ ރޯއީ، ކާމިޔާބު ޑައިރެކްޓަރު ސުރޭޝް ކްރިޝްނާގެ އާ ލޯބީގެ ފިލްމެއްގެ މުހިންމު ރޯލަކަށް ހަމަޖައްސައިފިއެވެ. ޕްރޭނާ އަރޯރާ ޕްރޮޑިއުސްކުރާ މި ފިލްމަކީ ސޯޝަލް މީޑިއާގެ ޒަމާނުގައި ހިނގާ ތަފާތު އަދި ޒުވާން ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

މި ފިލްމާ ގުޅޭގޮތުން ޕްރޮޑިއުސަރު ޕްރޭނާ އަރޯރާ ބުނީ، ސުރޭޝް ކްރިޝްނާއަކީ އޭނާގެ އެންމެ މަޤުބޫލު އެއް ފިލްމު އުފެއްދުންތެރިޔާ ކަމަށާއި، މި ފިލްމުގެ ވާހަކަ އިވުމާއެކު މިއީ ބެލުންތެރިންނާ ވަރަށް ގުޅޭނެ ފިލްމެއްކަން ޤަބޫލުކުރެވުނު ކަމަށެވެ. އަދި ފިލްމުގެ މައިގަނޑު ކެރެކްޓާއަށް އެންމެ އެކަށީގެންވަނީ މޯނީ ރޯއީ ކަމަށް ޑައިރެކްޓަރާއި ޕްރޮޑިއުސަރަށްވެސް އިއްތިފާޤުވެވުނު ކަމަށް އޭނާ ފާހަގަކުރިއެވެ.

ޑައިރެކްޓަރު ސުރޭޝް ކްރިޝްނާ ބުނި ގޮތުގައި، ފިލްމުގެ މައި ކެރެކްޓާއަކީ ވަރަށް ފުން އިޙުސާސްތަކެއް ހުރި، ހިތްގައިމު ކެރެކްޓާއެކެވެ. މޯނީއަކީ ހުނަރުވެރި އަދި ރީތި ބަތަލާއަކަށް ވުމުން، އޭނާ މި ރޯލަށް އެއްބަސްވުމާއެކު ފިލްމަށް އާ ދިރުމެއް ލިބިފައިވާ ކަމަށް ސުރޭޝް ބުންޏެވެ. މިއީ މޯނީ އާއި ޕްރޭނާ އަރޯރާ އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ. މީގެ ކުރިން މި ދެ ފަންނާނުން ވަނީ “ޖަޓަދާރާ” ގައި އެކުގައި މަސައްކަތްކޮށްފައެވެ.

މި ފިލްމުގެ ތައްޔާރީތައް މިހާރު ފެށިގެން ކުރިއަށްދާއިރު، ފިލްމުގެ އިތުރު ކާސްޓުންނާއި، ޓެކްނިކަލް ޓީމުގެ އިތުރުން ފިލްމު ރިލީޒްކުރާނެ ތާރީޚެއް ކުރިއަށް އޮތް މަސްތަކުގައި އިއުލާންކުރާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން މަޢުލޫމާތުދެއެވެ. މިއީ މޯނީ ރޯއީ އާއި ޑައިރެކްޓަރު ސުރޭޝް ކްރިޝްނާ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމުކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން ވަރުން ދަވަންއާއެކު “ހޭ ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ” އިން ފެނިގެންދިޔަ މޯނީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ތެލުގޫ ފިލްމު “ވިޝްވަމްބަރާ” އަދި “ދަ ވައިވްސް” ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top