ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑޮކްޓަރުންގެ އިންޒާރު: ގޮހޮރުގެ ކެންސަރުގެ މި އަލާމާތްތަކަށް ފަރުވާކުޑަނުކުރޭ!

ގިނަ މީހުންނަކީ ދޭތެރެދޭތެރެއިން ބަނޑުގެ އެކި މައްސަލަތައް ތަހައްމަލުކުރަންޖެހޭ ބައެކެވެ. ނަމަވެސް، މިފަދަ އަލާމާތްތަކަކީ އަލަށް ފެންނަ ނުވަތަ ގިނަ ދުވަހަށް ދެމިގެންދާ ކަންތައްތަކެއް ނަމަ، އެއީ ސީރިއަސް ބައްޔެއްގެ ނިޝާނަކަށް ވެދާނެއެވެ.

‘ސައިންސް ޑެއިލީ’ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ‘އެމެރިކަން ކޮލެޖް އޮފް ސާޖަންސް’ އިން ފާހަގަކުރާ ގޮހޮރުގެ ކެންސަރުގެ އަލާމާތްތަކުގެ ތެރޭގައި ބޮޑުކަމުދާ ތަކެއްޗަށް ބަދަލުައައުން، ބޮޑުކަމުދާއިރު ލޭ އައުން، ބޮޑުކަމުދާ ތަކެތީގެ ކުލަ ވަރަށް ބޮޑަށް ކަޅުވުން ނުވަތަ ބޮޑުކަމުދާ ތަކެތި ހިމަކޮށް ހުރުން، ސަބަބެއް ނޭނގި ބަރުދަން ލުއިވުން އަދި މާބޮޑަށް ވަރުބަލިވުން ހިމެނެއެވެ. މީގެ އިތުރުން، ފުރަގަސްފަރާތަށް ބާރުވުމާއި، މޭނުބައިކުރުމާއި، ހޮޑުލެވުމާއި ނުވަތަ ކާހިތްނުވުމަކީ ވެސް މި ބަލީގެ ނިޝާންތަކަކަށް ވެދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މި އަލާމާތްތަކަކީ އެހެން ކަމަކާ ގުޅިގެން ފެންނަ ކަންތައްތަކަށް ވެސް ވެދާނެއެވެ. ނަމަވެސް، މިކަންކަން ދެމިގެންދާނަމަ ޑޮކްޓަރަށް ދައްކައިގެން ޓެސްޓުކުރުން މުހިންމެވެ.

ކުރިއާލައި ބަލި ދެނެގަތުމުން ލިބޭ ފައިދާ

އެމެރިކަން ކޮލެޖް އޮފް ސާޖަންސް އިން ލަފާދޭ ގޮތުގައި، އާދައިގެ މިންވަރަކަށް ބަލީގެ ނުރައްކާ އޮތް މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮލޮރެކްޓަލް ކެންސަރު (ގޮހޮރުގެ ކެންސަރު) ހުރިތޯ ބަލަން ސްކްރީން ކުރަން ފަށަންވާނެއެވެ. ނަމަވެސް، އާއިލާގައި މި ބަލި ހުރި މީހުން ނުވަތަ ބަނޑުގެ ދާއިމީ ބަލިތައް ހުންނަ މީހުން މިއަށްވުރެ މާ ކުރިން ސްކްރީން ކުރަން ޖެހިދާނެއެވެ.

މި ބަލި ދެނެގަތުމަށް އެންމެ އިތުބާރު ހުރި ގޮތަކީ ‘ކޮލޮނޮސްކޯޕީ’ ހެދުމެވެ. މީގެ ސަބަބުން ޑޮކްޓަރުންނަށް ބަލި ދެނެގަތުމަށާއި، ފަހުން ކެންސަރަށް ބަދަލުވެދާނެ ފަދަ ‘ޕޮލިޕްސް’ (މަސްކޮޅުތައް) ނައްތާލުމަށް ފުރުސަތު ލިބިގެންދެއެވެ.

މިވެސް ކިޔާލަން:  "މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސް" - މެންބަރަކަށްވުމުގެ ފުރުޞަތު!

ޒުވާނުންގެ މެދުގައި ބަލި ފެތުރޭ މިންވަރު އިތުރުވުން

ކޮލޮރެކްޓަލް ކެންސަރަކީ އާންމުކޮށް އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ ބައްޔެއް ނަމަވެސް، މިހާރު ޒުވާނުންގެ މެދުގައި މި ބަލި ޖެހޭ މިންވަރު ދަނީ އިތުރުވަމުންނެވެ. އެމެރިކަން ކެންސަރު ސޮސައިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިހާރު ފެންނަ ގޮހޮރުގެ ކެންސަރުގެ ކޮންމެ ފަސް ވޭދަނައަކުން އެކަކީ އުމުރުން 54 އަހަރުން ދަށުގެ މީހެކެވެ. މީގެ 30 އަހަރު ކުރިން މިއީ ކޮންމެ ދިހަ މީހަކުން އެކެކެވެ.

މި ބަދަލާއެކު، އުމުރުން 50 އަހަރުން ދަށުގެ މީހުން ކެންސަރު ބަލީގައި މަރުވާ މައިގަނޑު ސަބަބަކަށް މިހާރު ވަނީ ގޮހޮރުގެ ކެންސަރު ވެފައެވެ.

އެހެންކަމުން، ބަލީގެ އަލާމާތެއް ފެނި، އެކަން ގިނަ ދުވަހަށް ދެމިގެންދާނަމަ، އާންމުކޮށް ސްކްރީން ކުރަންޖެހޭ އުމުރަށް ނުދިޔަ ކަމުގައިވިޔަސް، އެކަމަށް ސަމާލުކަންދީ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެމެރިކަން ކޮލެޖް އޮފް ސާޖަންސް އިން އިލްތިމާސްކުރެއެވެ.

ނޯޓް
ލިޔުން ނެގީ: welltica އިން
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top