ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މަޖުނޫން” ގެ 85 އިންސައްތަ ޝޫޓިން ނިމި، ލަވަތަކުގެ މަސައްކަތް ފަށައިފި
ފިލްމު "މަޖުނޫން"ގެ މަންޒަރެއްގައި ފިލްމުގެ ލީޑް ޝިފާ އަދި ޝާރިފް / ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމެންޓް

ކްރިސްޓަލް އެންޓަޓެއިންމެންޓުން އުފައްދާ، ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ އަސަރުގަދަ ލޯބީގެ ފިލްމު “މަޖުނޫން”ގެ ޝޫޓިންގެ ބޮޑުބައެއް ނިންމާލައި، ފިލްމުގެ ލަވަތަކުގެ މަންޒަރުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު ފާޠިމަތު ނަހުލާގެ “މަޖުނޫން”ގެ 85 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި ފިލްމުގެ މަންޒަރުތައް މިހާރު ނަގަމުންދަނީ ރ. ފައިނުގައެވެ. ފިލްމުގެ ޓީމުން މިހާރު ކުރިއަށްގެންދަނީ ފިލްމުގައި ހިމެނޭ ހިތްގައިމު ލަވަތަކުގެ ޝޫޓިންތަކެވެ.

ފިލްމު “މަޖުނޫން”ގެ ލީޑް ރޯލުން ފެނިގެންދާނީ އަޙްމަދު ޝާރިފް އަދި މަރިޔަމް ޝިފާ އެވެ. މީގެ އިތުރުން ލާލި އަދި އެވްލީ ވެސް މި ފިލްމުގެ ލީޑް ކާސްޓުގައި ހިމެނެއެވެ. ފިލްމުގެ އިތުރު މުހިންމު ރޯލުތަކުން ވާޝިޔާ މުޙައްމަދު، ޢަލީ އާޒިމް (ދޮން އައްޔަ) އަދި އަޙްމަދު އީސާ (އާނަންދު) ފެނިގެންދާނެއެވެ. ޚާއްޞަކޮށް ވާޝިޔާ، ލާލި އަދި އެވްލީގެ ވަރުގަދަ އަދި މުހިންމު ރޯލެއް މި ފިލްމުން ފެންނާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ފިލްމު “މަޖުނޫން”ގެ މަސައްކަތްތައް ބާރަށް ކުރިއަށްދާއިރު، ފިލްމުގެ މުހިންމު ލަވައެއްގެ ޕްރެކްޓިސް ކުރާ މަންޒަރުތަކެއް ހިމެނޭ ވީޑިއޯއެއް ޓިކްޓޮކްގައި ވަނީ އާއްމުކޮށްފައެވެ. މި ވީޑިއޯއާއެކު ފިލްމަށް ކުރެވޭ އިންތިޒާރު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

ކްރިސްޓަލް އެންޓަޓެއިންމެންޓުން މަޢުލޫމާތު ދޭ ގޮތުގައި، “މަޖުނޫން” އޮލިމްޕަސް ސިނަމާގައި ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ 26 އޮކްޓޫބަރު 2026 ގައެވެ. ނަހުލާގެ ފިލްމުތަކަކީ އަބަދުވެސް ދިވެހި ބެލުންތެރިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ލިބިގެންދާ ފިލްމުތަކަކަށްވާއިރު، މި ފިލްމަކީވެސް ތަފާތު އަދި އަސަރުގަދަ ލޯބީގެ ވާހަކައެއް ފެނިގެންދާނެ ފިލްމެއް ކަމަށް ބެލެވެއެވެ.

@fathimathnahula2 80% of the shooting is done, and the song shoots have begun. Sp thanx to @Naash Sinan @Tonic Live Studio @Ibrahim Zaid Ali @maayeen rasheed I’m confident the songs of Majunoon will be my fans’ next favourites. Majunoon 26.10.26 @Crystal Entertainment @Chocolate puff 🍫 @shariph @Sinan @Washiya @mohamedmanik27 #majunoon #Romance #entertainment ♬ original sound – Fathimath Nahula

މިވެސް ކިޔާލަން:  އުފާވެރިކަމުގެ ހަނދު ނޭރި އީދު!
7
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top