ދީނީ ސުވާލެއް އޮތީތަ؟
މުނިފޫހިފިލުވުން
މޮހައްބަތު ސެ ޒިޔާދާ – ދިމާނަ
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ދުވަސްތަކަކަށްފަހު މުނިއަވަސްގެ “ދިމާނަ” ސެގްމެންޓްގެ ދަށުން ކިޔުންތެރިންނަށް ވަރަށް ރީތި، ލޯބީގެ ލަވައެއް މި ގެނެސްދެނީ ކުރިއަށް އޮތް ތާނގައި ކޮންމެ ދުވަހަކު ވެސް އާ ލަވައެއް ގެނެސްދިނުމަށް މަސައްކަތް ކުރާނެ ވާހަކަ ބުނެލަމުންނެވެ.

މިފަހަރު މި ގެނެސްދެނީ 2008 ވަނަ އަހަރު ނުކުތް ހިންދީ ފިލްމު “ގުމްނާން – ދަ މިސްޓްރީ” ގެ ލަވަތަކުން އެންމެ ފާހަގަކޮށްލެވޭ ލަވަ “މޮހައްބަތު ސެ ޒިޔާދާ” އެވެ.

2008 ވަނަ އަހަރު ނެރުނު މި ފިލްމަކީ 2004 ވަނަ އަހަރު އުފައްދައި އެކި ސަބަބުތަކަކާ ހެދި ރިލީޒްކުރުން ލަސްވި ފިލްމެކެވެ. 2004 ވަނަ އޯޑިއޯ އަލްބަމްވެސް ނެރެފައިވާ މި ފިލްމުގެ މައިގަނޑު ތަރިންނަކީ ޑީނޯ މޯރެއާ އާއި މަހީމާ ޗާދްރީއެވެ. ނީރަޖް ޕާތަކް ޑައިރެކްޓްކޮށް ގެނެސްދިން މި ފިލްމަކީ “ތުރިލާ” ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ކަމުދާނެ ފިލްމެކެވެ.

ވަރަށް ލޯބީގެ މަންޒަރުތަކެއް ފެނިގެންދާ މި ލަވައިގައި ހަރަކާތްތެރިވަނީ ޑީނޯ މޯރެއާ އާއި މަހީމާ ޗޯދްރީއެވެ. ލަވައިގެ ޅެންވެރިއަކީ ސަމީރް އެވެ. މިއުޒިކް ހަދާފައިވަނީ މަޝްހޫރު މިއުޒިކް ޑުއޯ ނަދީމް – ޝްރަވަން އެވެ. ލަވަ ކިޔާފައިވަނީ އުދިތު ނާރަޔަން އާއި ޝްރެޔާ ގޯޝާލް އެވެ.

ހިންދީ ލަވަ އާއި ދިވެހި މާނަ

މޮހައްބަތު ސެ ޒިޔާދާ މޮހައްބަތު ހެ ތުމްސޭ

ލޯތްބަށްވުރެ ބޮޑަށް، ތިބާދެކެ އަހަރެން ލޯބިވަމެވެ.

މޮހައްބަތު ސެ ޒިޔާދާ މޮހައްބަތު ހެ ތުމްސޭ

ލޯތްބަށްވުރެ ބޮޑަށް، ތިބާދެކެ އަހަރެން ލޯބިވަމެވެ.

ޔެ ދިލް ކެހެ ރަހާ ހޭ ކަސަމް ސޭ ކަސަމް ސޭ

މިވެސް ކިޔާލަން:  ދިވެހި ފިލްމު އެވޯޑް މި އަހަރު ބާއްވަނީ

މިއީ ހިތުގެ އަޑެވެ. ގަންދީ ބުނަމެވެ.

ތުމްހޭ ޗާހަތީ ހޫނ މޭ، ޗާހަތު ސެ ޒިޔާދާ

ލޯބީގެ އިންތިހާއަށްވުރެ ބޮޑަށް، އަހަރެން ތިބާއަށް އެދެމެވެ.

ތުމްހޭ ޗާހަތީ ހޫނ މޭ، ޗާހަތު ސެ ޒިޔާދާ

ލޯބީގެ އިންތިހާއަށްވުރެ ބޮޑަށް، އަހަރެން ތިބާއަށް އެދެމެވެ.

ޔެ ރަބް ޖާންތާ ހޭ ކަސަމް ސޭ ކަސަމް ސޭ

މިއީ މާތްރަސްކަލާނގެ ދެނެވޮޑިގެންވާ ހަޤީޤަތެކެވެ. ގަންދީ ބުނަމެވެ.

މޮހައްބަތު ސެ ޒިޔާދާ

ލޯތްބަށްވުރެ ބޮޑަށް…

*****

ތުމްހޭ ދޭކްތާ ހޫނ ތޯ ލަގްތާ ހޭ ޖެއިސޭ، މުޖޭ މޭރީ ސާރީ ޚުޝީ މިލް ގަޔީ ހޭ

ތިބާއަށް ބަލައިލުމުން، އަހަރެންގެ ހުރިހާ އުފަލެއް ލިބިއްޖެ ކަމުގެ އިޙުސާސް ކުރެވެއެވެ.

ސަދިޔޯނ ސެ ޖިސްކީ ތަމަންނާ ތީ މުޖްކޯ، މުޖޭ ވޯހ މެރީ ޒިންދަގީ މިލް ގަޔީ ހޭ

ޒަމާންތަކެއް ވަންދެން އަހަރެން އެދިއެދި ހުރި ހަޔާތުގެ ބައިވެރިޔާ މިއަދު ލިބިއްޖެއެވެ.

ތެރީ ބާތޭނ ސުންކޭ މެރީ ޔޭ ނިގާހޭނ، ތެރީ ބާތޭނ ސުންކޭ މެރީ ޔޭ ނިގާހޭނ

ޖުކީ ޖާ ރަހީ ހޭ ޝަރަމް ސޭ ޝަރަމް ސޭ

ތިބާގެ ވާހަކަތައް އިވުމުން، ލަދުން އަހަރެންގެ އިސްޖެހެއެވެ.

މޮހައްބަތު ސެ ޒިޔާދާ މޮހައްބަތު ހެ ތުމްސޭ

ލޯތްބަށްވުރެ ބޮޑަށް، ތިބާދެކެ އަހަރެން ލޯބިވަމެވެ.

ޔެ ދިލް ކެހެ ރަހާ ހޭ ކަސަމް ސޭ ކަސަމް ސޭ

މިއީ ހިތުގެ އަޑެވެ. ގަންދީ ބުނަމެވެ.

މޮހައްބަތު ސެ ޒިޔާދާ

މިވެސް ކިޔާލަން:  ޤަޞީދަތު އަޞްޙާބުލް ހިމަމް (ހިއްމަތުގެ އަހުލުން)

ލޯތްބަށްވުރެ ބޮޑަށް…

*****

ބަޗާ ކޭ ރަކޫންގީ ސަބީ އުލްޖަނޯން ސޭ، ތުމްހޭ ގޭސުއޯން ކީ ގަނީ ޗާންވް ދޫންގީ

ހުރިހާ އުނދަގޫތަކަކުން ތިބާ ސަލާމަތްކޮށް، އަހަރެންގެ ހިޔަލުގައި ރައްކާތެރިކަން ދޭނަމެވެ.

މުޖޭ ޗާހެ ކުޗް ބީ ޒަމާނާ ކަހޭގާ، ތެރީ ބާޒުއޯ މޭ ހީ ސޯޔީ ރަހޫންގީ

މީހުން ކޮންމެ އެއްޗެކޭ ބުނި ކަމުގައި ވިޔަސް، އަހަރެން އަބަދުވެސް ވާނީ ތިބާގެ އަތުގެ ހިމާޔަތުގައެވެ.

މުޖޭ ޕިޔާރް ކިތުނާ ހޭ އިސް ބޯލެޕަން ސޭ، މުޖޭ ޕިޔާރް ކިތުނާ ހޭ އިސް ބޯލެޕަން ސޭ

ބަތާއޫން މޭ ކެއިސޭ ސަނަމް ސޭ ސަނަމް ސޭ

ތިބާގެ ތެދުވެރިކަމާއި މައުސޫމްކަން ދެކެ އަހަރެން ލޯބިވާ މިންވަރު ބަޔާންކޮށްދޭނީ ކިހިނެއް ހެއްޔެވެ؟

މޮހައްބަތު ސެ ޒިޔާދާ މޮހައްބަތު ހެ ތުމްސޭ

ލޯތްބަށްވުރެ ބޮޑަށް، ތިބާދެކެ އަހަރެން ލޯބިވަމެވެ.

ޔެ ދިލް ކެހެ ރަހާ ހޭ ކަސަމް ސޭ ކަސަމް ސޭ

މިއީ ހިތުގެ އަޑެވެ. ގަންދީ ބުނަމެވެ.

ތުމްހޭ ޗާހަތީ ހޫނ މޭ، ޗާހަތު ސެ ޒިޔާދާ

ލޯބީގެ އިންތިހާއަށްވުރެ ބޮޑަށް، އަހަރެން ތިބާއަށް އެދެމެވެ.

ޔެ ރަބް ޖާންތާ ހޭ ކަސަމް ސޭ ކަސަމް ސޭ

މިއީ މާތްރަސްކަލާނގެ ދެނެވޮޑިގެންވާ ހަޤީޤަތެކެވެ. ގަންދީ ބުނަމެވެ.

މޮހައްބަތު ސެ ޒިޔާދާ

ލޯތްބަށްވުރެ ބޮޑަށް…

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top