⏱️ ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 35 މިނެޓު
⏱️ ފިނިކުރަން ބަހައްޓަންޖެހޭ ވަގުތު: 4 ގަޑިއިރު
⏱️ ޖުމްލަ ހޭދަވާ ވަގުތު: 4 ގަޑިއިރު 35 މިނެޓު
🍽️ މި ރެސިޕީއިން ތައްޔާރުކުރެވޭ މިންވަރު: 9 މީހުންނަށް
🛒 ބޭނުންވާ ތަކެތި
ބަނާނާ ޕުޑިންގްއަށް:
1 ފޮށި (3.4 އައުންސް) އިންސްޓަންޓް ވެނީލާ ޕުޑިންގް މިކްސް
1 ½ ޖޯޑު ފުލް ކްރީމް ކިރު
1/8 ސައިސަމުސާ ފުނޑާފައިވާ ފޮނިތޮށި ނުވަތަ ނަޓްމެގް
އެސްޕްރެސޯ މިކްސްޗަރަށް:
½ ޖޯޑު ތާފަނާ ފެން
2 ސައިސަމުސާ އިންސްޓަންޓް އެސްޕްރެސޯ ޕައުޑަރު
½ ސައިސަމުސާ ހުދު ހަކުރު
2 ސައިސަމުސާ ކޮފީ ލިކިއޯ (އިޚްތިޔާރީ)
ވިޕްޑް މަސްކަޕޯން ކްރީމްއަށް:
8 އައުންސް މަސްކަޕޯން ޗީޒް ނުވަތަ ކްރީމް ޗީޒް (ފިނިކޮށްފައި)
½ ޖޯޑު އައިސިންގް ޝުގަރ
1 ސައިސަމުސާ ވެނީލާ އެސެންސް
ކުޑަ ލޮނުކޮޅެއް
1 ¼ ޖޯޑު ހެވީ ކްރީމް
ލޭޔަރު ކުރުމަށް:
1 ޕެކެޓު (7 އައުންސް) ވެނީލާ ވެފާސް
3 ބޮޑު ދޮންކެޔޮ (ފޮތިކޮށްފައި)
1 ސައިސަމުސާ ކޮކޯ ޕައުޑަރު (މައްޗަށް ބުރުވުމަށް)
👩🍳 ތައްޔާރުކުރާނެ ގޮތް
1 – އެންމެ ފުރަތަމަ، ބޯތަށްޓެއްގައި ޕުޑިންގް މިކްސް، ކިރު އަދި ފޮނިތޮށި އެއްކޮށް ގިރުވާލާށެވެ. އެއަށްފަހު، ޕުޑިންގްގަނޑު އޮލަވަންދެން ގާތްގަނޑަކަށް 5 މިނެޓު ވަންދެން ބަހައްޓާށެވެ.
2 – ވަކި ތަށްޓެއްގައި ތާފަނާ ފެނާއި، އެސްޕްރެސޯ ޕައުޑަރު އަދި ހަކުރު އެއްކޮށް ގިރުވާލާށެވެ. ހަކުރުތައް ވިރުމުން ކޮފީ ލިކިއޯ އެއްކޮށްލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާށެވެ.
3 – އެހެން ބޯތަށްޓެއްގައި މަސްކަޕޯން ޗީޒް، އައިސިންގް ޝުގަރ، ވެނީލާ އެސެންސް އަދި ލޮނުކޮޅު އިލެކްޓްރިކް މިކްސަރަކުން ރަނގަޅަށް ގިރުވާލާށެވެ. އޮމާންވުމުން އޭގެ ތެރެއަށް ހެވީ ކްރީމް އެޅުމަށްފަހު، މަޑުމަޑުން ސްޕީޑް މަތިކުރަމުން ގިރުވާށެވެ. ކްރީމްގަނޑު އޮލަވެ، އޭގައި ހިފަހައްޓާވަރު ވަންދެން ގިރުވަންވާނެއެވެ.
4 – ކުރިން ތައްޔާރުކުރި ޕުޑިންގްގަނޑު ކުޑަކޮށް ގިރުވާލުމަށްފަހު، ތައްޔާރުކުރި މަސްކަޕޯން ކްރީމްގެ ދެބައިކުޅަ އެއްބައި އޭގެ ތެރެއަށް އަޅައި މަޑުމަޑުން އެއްކޮށްލާށެވެ.
5 – ދެން 8×8 އިންޗީގެ އަކަ ތަށްޓެއް ތައްޔާރުކުރާށެވެ. ވެނީލާ ވެފާސް ބިސްކޯދުތައް އެސްޕްރެސޯ މިކްސްޗަރގައި ކުޑަކޮށް ފޯކޮށްލުމަށްފަހު، ތަށީގެ ފުލުގައި ލޭޔަރެއްގެ ގޮތުގައި އަތުރާލާށެވެ. އޭގެ މަތީގައި ކޮށާފައި ހުރި ދޮންކެޔޮ ފޮތިތައް އަތުރާށެވެ. އެއަށްފަހު ޕުޑިންގް މިކްސްޗަރގެ ދެބައިކުޅަ އެއްބައި އޭގެ މައްޗަށް އަޅައި އޮމާންކޮށް ފަތުރާލާށެވެ. މިގޮތަށް އަނެއްކާވެސް ބިސްކޯދު، ދޮންކެޔޮ އަދި ޕުޑިންގްގެ ލޭޔަރެއް ތަކުރާރުކުރާށެވެ. އެންމެ މަތީގައި ބާކީ ހުރި މަސްކަޕޯން ކްރީމް ރީތިކޮށް ފަތުރާލާށެވެ.
6- ތައްޔާރުކުރި ތިރާމިސޫ މަދުވެގެން 4 ގަޑިއިރު ވަންދެން ފިނިކުރަން ފްރިޖުގައި ބަހައްޓާށެވެ. ސާވް ކުރުމުގެ ކުރިން މައްޗަށް ކޮކޯ ޕައުޑަރު ބުރުވާލާށެވެ. މި ޑެޒާޓް އަބަދުވެސް ބަހައްޓަންވާނީ ފްރިޖުގައެވެ.
