ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސުނިދީ ޗޯހަން ލަވަކިޔުމުގެ ރިއަލިޓީ ޝޯތަކުގެ ފަނޑިޔާރުކަން ކުރުން ހުއްޓާލި ސަބަބު ހާމަކޮށްފި
ފޮޓޯ: ބޮލީވުޑް ސްޓްރީޓް

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސުނިދީ ޗޯހަން، ލަވަކިޔުމުގެ ރިއަލިޓީ ޝޯވތަކުގެ ފަނޑިޔާރުކަން ކުރުން ހުއްޓާލި ސަބަބު ހާމަކޮށްފިއެވެ. އޭނާ ބުނި ގޮތުގައި މިހާރު މިފަދަ ޝޯވތަކުން ފެންނަނީ އަސްލު ހުނަރެއް ނޫނެވެ. “ޝޭކަރް ޓުނައިޓް” ޕްރޮގްރާމްގައި ވާހަކަދައްކަމުން ސުނިދީ ބުނީ، “އޮޓޯ-ޓިއުން” އާއި “މެލޮޑައިން” ފަދަ ޓެކްނޮލޮޖީތަކުގެ ބޭނުން އިންތިހާއަށް އިތުރުވުމުގެ ސަބަބުން، އަސްލު ލަވަކިޔުމާއި ޓީވީ މުނިފޫހިފިލުވުމާ ދެމެދު އޮތް ފަރަގު މިހާރު ކުޑަވެފައިވާ ކަމަށެވެ.

ސުނިދީ އިތުރަށް ކިޔައިދިން ގޮތުގައި، ލަވަތައް ރެކޯޑްކޮށް އުފެއްދުމުގައި އަޑު ރީތިކުރާ ވަސީލަތްތައް ބޭނުންކުރުމަކީ މައްސަލައެއް ނޫން ނަމަވެސް، ލައިވްކޮށް ލަވަކިޔަންޖެހޭ މުބާރާތްތަކުގައި އެފަދަ ވަސީލަތްތަކުގެ ނުފޫޒު އޮވެގެން ނުވާނެއެވެ. އޭނާ އަބަދުވެސް އިސްކަންދެނީ މިއުޒިކްގައި ހުންނަންޖެހޭ ތެދުވެރިކަމަށް ކަމަށާއި، ރިއަލިޓީ ޝޯވތަކަކީ ހަޤީޤީ ލަވަކިޔުން ފެންނަންޖެހޭ ތަންތަނަށް ވާންޖެހޭނެ ކަމަށް އޭނާ ޤަބޫލުކުރެއެވެ.

ސުނިދީގެ މި ވާހަކަތަކާ ގުޅިގެން، ހުނަރު ދައްކައިދޭ މުބާރާތްތަކުގެ ފެންވަރާއި އިތުބާރާމެދު އަލުން ބަހުސްތަކެއް ވަނީ ފެށިފައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ރިއަލިޓީ ޝޯވތަކުގައި ޓެކްނޮލޮޖީގެ އެހީއަށްވުރެ ބޮޑަށް ބަލަންޖެހޭނީ އިންސާނާގެ ތަބީއީ ހުނަރަށެވެ. ސުނިދީ ފާހަގަކުރި ގޮތުގައި އޭނާ މި ނިންމުން ނިންމީ އަމިއްލަ ޤަބޫލުކުރުންތަކުގެ މައްޗަށް ބިނާކޮށެވެ. އަދި މިއީ ވަކި ޚާއްޞަ ޝޯވއަކަށް އަމާޒުކޮށް ބުނި ބަހެއް ނޫންކަމަށްވެސް އޭނާ ބުންޏެވެ.

މިވެސް ކިޔާލަން:  "ސޯލް" ގެ ޝޫޓިން ނިމިއްޖެ: ސީޒަން
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top