ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާން ޑްރާމާ ސިލްސިލާ “ޚަފާ” މާދަމާ ރޭ ފަށަނީ
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ޕާކިސްތާނުގެ މަޝްހޫރު ޓީވީ ޗެނަލް ޖިއޯ އެންޓަޓެއިންމަންޓް އިން ގެނެސްދޭ އާ ޑްރާމާ ސިލްސިލާ “ޚަފާ” އަންނަ މާދަމާ ރޭ (އޯގަސްޓް 5) ދައްކަން ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

މި ޑްރާމާގެ ލީޑް ރޯލުތަކުން ފެނިގެންދާނީ ހީރާ މާނީ، މީކާލް ޒުލްފިޤާރު، ސައިފް އަލީ ޚާން އަދި އަލީ ޙަސަން ޝާހް އެވެ. މީގެ އިތުރުން އާއިޝާ ރާޖްޕޫތު، އަހްސަން އަފްޒަލް ޚާން، ޔޫސުފް ބަޝީރު ޤުރޭޝީ، ކިންޒާ މަލިކް، އުޒްމާ ޙަސަން، ސީމީ ޕާޝާ، ޝާޒިއާ ގޯހަރު އަދި މަހްބޫބު ސުލްޠާން ފަދަ ތަރިންވެސް މުހިންމު ބައިތަކުން ފެނިގެންދާނެއެވެ.

މި ޑްރާމާގެ ވާހަކަ ބިނާވެފައިވަނީ ލޯތްބާއި، އިތުބާރާއި، ކެހިވެރިކަމުގެ އިތުރުން ފޮރުވިފައިވާ ސިއްރުތަކެއްގެ މައްޗަށެވެ. ވާހަކައިގެ މަރުކަޒީ ކެރެކްޓަރަކީ އާއިލާގެ ބޭނުންތައް ފުއްދައިދިނުމަށް ބުރަކޮށް މަސައްކަތްކުރާ ހިތްވަރުގަދަ އަންހެން ކުއްޖެއް ކަމަށްވާ ތަޒީން އެވެ. އަދި އޭނާއަށް އެހީތެރިވެދީ ހިތްވަރުދޭން ފަރާޒް ހުރެއެވެ.

މިހާތަނަށް އާންމުކޮށްފައިވާ ޓީޒާތަކުން އެނގޭ ގޮތުގައި، މިއީ ދިރިއުޅުމުގެ ހިތްދަތި ހަގީގަތްތަކާއި ކުރިމަތިލަމުންދާ ދެ ހިތެއްގެ ޖަޒުބާތީ ދަތުރެކެވެ. ގިނަ ބަޔަކު މިހާރުވެސް އިންތިޒާރު ކުރަމުންދާ މި ޑްރާމާއަކީ ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެ ފަދަ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާވެފައިވާ ސިލްސިލާއެކެވެ.

“ޚަފާ” އަކީ ޕާކިސްތާނުގެ މަޝްހޫރު ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ ސެވެންތު ސްކައި އެންޓަޓެއިންމަންޓްގެ ފަރާތުން އަބްދުﷲ ކަދްވާނީ އާއި އަސަދު ޤުރޭޝީ އުފައްދާފައިވާ ސިލްސިލާއެކެވެ. މި ޑްރާމާގެ ސްކްރީންޕްލޭ ރުކްސާނާ ނިގާރު ލިޔެދީފައިވާއިރު، ޑައިރެކްޓްކުރީ އިރްފާން އަސްލަމްއެވެ.

މިވެސް ކިޔާލަން:  ޕާކިސްތާން ޑްރާމާ "ތަޤްދީރް" ފަށައިފި

މާދަމާ ރެއިން ފެށިގެން ކޮންމެ ބުދަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 8:00 ގައި “ޚަފާ” ޖިއޯ ޓީވީން ދައްކާނެއެވެ. މީގެ އިތުރުން ޖިއޯ ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލް ހަރްޕަލްޖިއޯ އިންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top