ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ޕިސްޓާޗިއޯ ޗެރީ އޯޓްސް މަފިން – މުނިއަވަސް ރަހަފަތް
ފޮޓޯ: މުނިއަވަސް ގްރެފިކްސް

⏱️ ގްލޫޓެން-ފްރީ މަފިން ތައްޔާރުކުރުމަށް: 10 މިނެޓް
⏱️ ފިހަން: 20–25 މިނެޓް
🍽️ މި ރެސިޕީއިން 12 މަފިން ތައްޔާރުކުރެވޭނެއެވެ.

🛒 ބޭނުންވާ ތަކެތި:

2 ތަށި (180 ގްރާމް) ރޯލްޑް އޯޓްސް
2 ބޮޑު ދޮންކެޔޮ (ގާތްގަނޑަކަށް 240 ގްރާމް)
2 ބޮޑު ކުކުޅު ބިސް
● ⅓ ތަށި (80 މިލިލީޓަރު) މާމުއި ނުވަތަ މޭޕަލް ސިރަޕް
1 ސައިސަމުސާ ވެނީލާ އެސެންސް
1 ½ ސައިސަމުސާ ބޭކިންގް ޕައުޑަރު
● ¼ ސައިސަމުސާ ލޮނު
● ¾ ތަށި (110 ގްރާމް) ތާޒާ ނުވަތަ ގަނޑުކުރި ޗެރީ (އޮށްނަގައި ކުދިކޮށް ކޮށާފައި)
● ½ ތަށި (60 ގްރާމް) ޕިސްޓާޗިއޯ (ކުދިކޮށް ކޮށާފައި)

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – އެންމެ ފުރަތަމަ އަވަން 180 ޑިގްރީ ސެލްސިއަސް (350 ޑިގްރީ ފަރަންހައިޓް) އަށް ހޫނުކުރަން ޖައްސާށެވެ. އަދި 12 މަފިން އެޅޭ ޓްރޭއެއްގައި ކަރުދާސް ލައި ނުވަތަ ކުޑަ ތެޔޮކޮޅެއް ހާކައި ތައްޔާރުކޮށްލާށެވެ.

2 – ބްލެންޑަރަކަށް އޯޓްސް، ދޮންކެޔޮ، ބިސް، މާމުއި (ނުވަތަ މޭޕަލް ސިރަޕް)، ވެނީލާ އެސެންސް، ބޭކިންގް ޕައުޑަރު އަދި ލޮނު އެޅުމަށްފަހު، ހުރިހާ އެއްޗެއް ރަނގަޅަށް ފުނޑުވެ އޮމާންވަންދެން ބްލެންޑް ކޮށްލާށެވެ.

3 – ބްލެންޑްކުރި މިކްސްޗަރުގަނޑުގެ ތެރެއަށް ކޮށާފައި ހުރި ޗެރީ އާއި ޕިސްޓާޗިއޯތައް އަޅައި ސަމުސަލަކުން މަޑުމަޑުން އެއްކޮށްލާށެވެ. (މަފިންތަކުގެ މައްޗަށް އެޅުމަށްޓަކައި މަދު ޗެރީ އަދި ޕިސްޓާޗިއޯ ކޮޅެއް ބެހެއްޓިދާނެއެވެ.)

މިވެސް ކިޔާލަން:  ލެމަން ޗިކަން އެންޑް ރައިސް ސްކިލެޓް - މުނިއަވަސް ރަހަފަތް

4 – ތައްޔާރުކުރި މިކްސްޗަރުގަނޑު، މަފިން ޓްރޭގެ ކޮންމެ ބަޔަކަށް ތިންބައިކުޅަ ދެބައި ފުރޭވަރަށް އަޅާށެވެ. އަދި ކުރިން ބެހެއްޓި ޗެރީ އާއި ޕިސްޓާޗިއޯ ކޮޅު މައްޗަށް ބުރުވާލާށެވެ.

5 – އަވަނުގައި 20 އާއި 25 މިނެޓާ ދެމެދުގެ ވަގުތަކަށް ފިހާށެވެ. މަފިންގެ މަތީ ފަށަލަ ރަން މުށިކުލަ އަރައި، ދަތްކޮށްޓާ އިލޮށިކޮޅެއް މަފިންގެ މެދަށް ހަރާލުމަށްފަހު ނަގާއިރު އޭގައި އެއްވެސް އެއްޗެއް ނުހޭކި ހުރިނަމަ އެހެރީ ރަނގަޅަށް ފިހެވިފައެވެ.

6 – ފިހެވުމުން 5 މިނެޓް ވަންދެން ޓްރޭގައި ބެހެއްޓުމަށްފަހު، ނަގައިގެން ރަނގަޅަށް ހިހޫވަންދެން ވަޔަރ ރެކެއްގެ މަތީގައި ބަހައްޓާށެވެ.

7 – މި މަފިން އާދައިގެ ފިނިހޫނުމިނުގައި ބަހައްޓާނަމަ ބަންދުކުރި އެއްޗެއްގައި 3 ދުވަސްވަންދެން ބެހެއްޓޭނެއެވެ. އައިސްއަލަމާރީގައިނަމަ 5 ދުވަސް، އަދި ފްރީޒްކޮށްފިނަމަ 3 މަސް ދުވަހު ނުބައިނުވެ ހުންނާނެއެވެ. މިއީ ސިއްޙަތަށް ފައިދާހުރި، އަވަހަށް ކާލެވޭނެ ފަސޭހަ މީރު މަފިންއެކަވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top