ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބަޓްވާރާ 1947 ” އަށް ޕްރިތީ އާނބަސް ބުނީ އާމިރު ޚާންގެ އެދުމަށް

“ބައްޔާޖީ ސުޕަހިޓް” (2012 ގައި ރިލީޒްކުރަން އުޅުނު ފިލްމު) އަށްފަހު، އަށް އަހަރުގެ މެދުކެނޑުމަކަށްފަހު ޕްރިތީ ޒިންޓާ އަލުން ރިހި އިސްކުރީނަށް އެނބުރި އަންނަނީ “ބަޓްވާރާ 1947” އިންނެވެ. 1947 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާން ވަކިވި ހާދިސާ އާއި ޕަންޖާބު ބައިބައިވެގެން ދިޔަ ދުވަސްވަރުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަކީ، “ފަރުޒް”، “ދަ ހީރޯ: ލަވް ސްޓޯރީ އޮފް އޭ ސްޕައި” އަދި “ބައްޔާޖީ ސުޕަހިޓް” އަށް ފަހު ޕްރިތީ އާއި ސަނީ ޑިއޯލް އެކުގައި ފެންނަ ހަތަރުވަނަ ފިލްމެވެ.

“ބަޓްވާރާ 1947” އަކީ މަޝްހޫރު ފިލްމު “ދިލް ޗާހަތާ ހޭ” އަށްފަހު، 25 އަހަރަށް ފަހު އާމިރު ޚާން އާއި ޕްރިތީ އެކުގައި މަސައްކަތްކުރާ ފިލްމެއް ވެސް މެއެވެ. މި ފިލްމުގައި އާމިރު ފެނިގެން ނުދިޔަ ނަމަވެސް، އޭނާއަކީ މި ފިލްމުގެ ޕްރޮޑިއުސަރެވެ. ޕްރިތީ ހާމަކުރި ގޮތުގައި، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ މި ފިލްމުން އޭނާ ބޮލީވުޑަށް އެނބުރި އައުމަށް އެދުނީ ސުޕަސްޓާ އާމިރު ޚާން އަމިއްލައަށެވެ.

ފިލްމީ ދާއިރާއާ ދުރުގައި ހުރި ދުވަސްވަރު ގިނަ ހުށަހެޅުންތަކެއް ލިބުނު ނަމަވެސް، އޭނާގެ ކެރިއަރުގެ އައު ބާބެއް ފެށުމަށް ނިންމީ “ބަޓްވާރާ 1947” އިންނެވެ. ޕްރިތީ ބުންޏެވެ. “ބަޓްވާރާ 1947 އަށް ގުޅުމުން އަހަރެން ހައިރާނެއް ނުވޭ. ފިލްމުތަކުގެ ހުށަހެޅުން ލިބެމުން ދިޔަ ނަމަވެސް އެ މަސައްކަތްތައް ކުރާކަށް ބޭނުމެއް ނުވި. އެކަމަކު މި ފިލްމު ޑައިރެކްޓްކުރަނީ ރާޖްކުމާރު ސަންތޯޝީކަން އެނގުމުން، ސްކްރިޕްޓް އަޑުއަހާލަން ބޭނުންވި.”

މިވެސް ކިޔާލަން:  ދުރަންދަރު 2 އަށް އާމިރު ޚާންގެ ތައުރީފު!

“ފުރަތަމަ އަހަރެން ހީކުރީ މިއީ މަޖާ ކޮމެޑީ ފިލްމެއް ކަމަށް. އާމިރު އާއި އަހަރެން މީގެ ކުރިން ވެސް ވާހަކަދައްކަން. އޭނާ މި ފިލްމަށް ގުޅުމުން އަހަރެން ބުނިން މިހާރު މަސައްކަތެއް ނުކުރަމޭ. އެކަމަކު ސްކްރިޕްޓް އަޑުއަހާލުމަށް އޭނާ ވަރަށް ބޮޑަށް އެދުނު. އެހެންވެ ސްކްރިޕްޓް އަޑުއަހާފައި، ވަގުތުން އެ ފިލްމު ކުޅޭނެކަމަށް ބުނިން. އެމީހުން ވެސް ތިބީ ވަރަށް ހައިރާންވެފައި. އަހަރެން މި ފިލްމަށް އެއްބަސްވީ އޭގެ އެންމެ ފަހު ޑައިލޮގުން ހިތް އަތުލައިގަތުމުން.” އަންނަ މަހު ރިލީޒްކުރާ “ވައިބް” ގައި ވެސް މަސައްކަތްކޮށްފައިވާ ޕްރިތީ އިތުރަށް ކިޔައިދިނެވެ.

އާމިރުއާ ބެހޭގޮތުން ޕްރިތީ ބުނީ، ފޯނުން ވާހަކަދެއްކި ފަހުން އާމިރުއާ ބައްދަލުވީ ވަރަށް މަދުން ކަމަށެވެ. “ފިލްމު އުފެއްދުމުގެ މަރުހަލާގައި އޭނާ ފެނިފައެއް ނުވޭ. ޝޫޓިން ސެޓަށް އައީ އެންމެ ދުވަހަކު.” ޕްރިތީ ބުންޏެވެ. ނަމަވެސް މުމްބާއީއަށް ސްކްރިޕްޓް ކިޔަން ދިޔަ ދުވަހު ދަރްމެންދްރާއާ ބައްދަލުވުމުން ވަރަށް އުފާވިކަމަށް އޭނާ ބުންޏެވެ. “އަހަރެން ހަނދާންވޭ ސަނީގެ ގޭގައި ހުރި ދުވަސް. ދަރަމް ޖީ ވެސް އެތަނުގައި ހުރި. ފިލްމުގެ ވާހަކަ އަޑުއަހާފައި އޭނާއަށް ވަރަށް އަސަރުކޮށް ރޮވުނު.” ޕްރިތީ ފާހަގަކުރިއެވެ.

ގިނަ އަހަރުތަކަކަށްފަހު އަލުން ކެމެރާގެ ކުރިމައްޗަށް އެރުމަކީ ފަސޭހަ ކަމެއް ނޫންކަމަށް ވެސް ޕްރިތީ ކިޔައިދިނެވެ. “ވަރަށް ބޮޑަށް ހާސްވި. އަހަންނަށް އެހީތެރިވެދިނީ ސަނީ. ރާޖް ޖީ އާއެކު މީގެ ކުރިން މަސައްކަތްކޮށްފައި ނުވިޔަސް، އެއީ އަބަދުވެސް ކުރަން ބޭނުންވި ކަމެއް. ޝޫޓިންގެ ފުރަތަމަ ދުވަހު އޭނާ އަހަރެން ލައްވައި ކުޅުވީ ފިލްމުގެ އެންމެ އުނދަގޫ މަންޒަރުތައް. އަހަރެން ހުރީ ބިރުން ސަނީއަށް ބަލަބަލައި، މިކަން ކުރާނީ ކިހިނެއްތޯ ހިތަށް އަރާފައި.” އޭނާ ހަނދާން އާކުރިއެވެ.

މިވެސް ކިޔާލަން:  މިރޯ ރިކޯޑްސްގެ "ފުރާނަ" – ފުރާނަޔާ ކުޅެލައިފި!

ޕްރިތީ ބުނި ގޮތުގައި އޭނާ އިތުރަށް ހާސްވީ ދިގު ދަތުރަކަށްފަހު ވަރުބަލިކަން މަތީ ހުއްޓާ ޝޫޓިން ފަށަން ޖެހުމުންނެވެ. “ފްލައިޓުން ފޭބި ގޮތަށް، ދަބަސްތައް ލިބުމުގެ ކުރިން ލުކް ޓެސްޓް ހެދި. ޖެހިގެން އައި ދުވަހު ސްކްރިޕްޓް ކިޔާލުމަށްފަހު ޝޫޓިން ފެށީ.” އޭނާ ބުންޏެވެ.

ދިހަ އަހަރަށްވުރެ ގިނަ ދުވަސް ފަހުން ސަނީއާއެކު މަސައްކަތްކުރުމާ ގުޅޭގޮތުން ޕްރިތީ ބުނީ “އަހަރެން ސަނީދެކެ ވަރަށް ލޯބިވޭ. އޭނާއަކީ މަސައްކަތްކުރަން ފަސޭހަ، ހިތްހެޔޮ، އަދި ވަރަށް ރަނގަޅު އިންސާނެއް. އޭނާ އަހަރެން ގާތު ބުނި، ކަންބޮޑުނުވޭ، ރާޖް ޖީ އަކީ ވަރަށް ގިނައިން ރީޓޭކް ނަގާ މީހެއް. އެއީ މައްސަލައެއް ނޫން. އެއްޗެއް ކާނަންތަ؟ ސަނީއަކީ ވަރަށް މޮޅު އެކްޓަރެއް. އުފާވާ ކަމަކީ އޭނާގެ އެއްވެސް ކަމެއް ބަދަލުނުވާކަން. އޭނާ އަދިވެސް ސެޓަށް ވަރަށް މީރު ކާތަކެތި ގެނޭ. އޭނާއަކީ އަދިވެސް ވަރަށް މަޑުމައިތިރި މީހެއް. އޭނާއާ ދެމެދު އޮތް ގާތްކަމާއި ފަސޭހަކަން ނެތްނަމަ މި ފިލްމު ކުޅުން ވަރަށް އުނދަގޫވީސް.” ޕްރީތީ އިތުރުކޮށްލިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top