ދީނީ ސުވާލެއް އޮތީތަ؟
މުނިފޫހިފިލުވުން
ހަމް ޕިޔާރު ކަރްނެވާލޭ – ދިމާނަ
ފޮޓޯ: މުނިއަވަސް ގްރެފިކްސް

1990 ވަނަ އަހަރު ނެރުނު ހިންދީ ފިލްމު “ދިލް” އަކީ އިންދްރަ ކުމާރު ޑައިރެކްޓްކޮށްފައިވާ، އެ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދަނީ އާމިރު ޚާން (ރާޖާ) އަދި މާދޫރީ ޑިކްޝިޓް (މަދޫ) އެވެ.

ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ދެ ޒުވާނަކު ކޮލެޖް ތެރެއިން ދިމާވެ، ފުރަތަމަ އެކަކު އަނެކަކަށް ކުރާ ނަފުރަތު ލޯތްބަށް ބަދަލުވާ ގޮތުގެ މައްޗަށެވެ. ރާޖާގެ ބައްޕަ ހަޒާރީ ޕްރަސާދު (އަނޫޕަމް ކޭރް) އަކީ ދަހިވެތި މީހެކެވެ. އޭނާ ބޭނުންވަނީ މުއްސަނދި އާއިލާއަކުން ރާޖާއަށް ކައިވެންޏެއް ހަމަޖައްސާށެވެ. މިގޮތުން މަދޫގެ ބައްޕަ (ސައީދު ޖެފްރީ) އަކީ މުއްސަނދި މަހުޖަނަކަށް ވުމުން، ހަޒާރީ ޕްރަސާދު އޭނާގެ ދަރިފުޅު ރާޖާއާއި މަދޫގެ ކައިވެނި ކުރުވަން މަސައްކަތް ކުރެއެވެ. ނަމަވެސް، ދެ އާއިލާގެ މެދުގައި އުފެދޭ ބޮޑު ދެބަސްވުމެއްގެ ސަބަބުން، ރާޖާއާއި މަދޫއަށް ޖެހެނީ އާއިލާ ދޫކޮށް ގޮސް އަމިއްލައަށް ދިރިއުޅުމެއް ބިނާކުރާށެވެ. މި ދަތުރުގައި އެމީހުންނަށް ކުރިމަތިވާ ހިތްދަތި ކަންތައްތަކާއި، އާއިލާގެ ނުފޫޒުން ސަލާމަތްވާން ކުރާ މަސައްކަތް ފިލްމުން ފެނިގެންދެއެވެ.

“ހަމް ޕިޔާރު ކަރްނެވާލޭ” އަކީ މި ފިލްމުގައި ހިމެނޭ އެންމެ ރީތި އަދި އެންމެ މަޝްހޫރު އެއް ލަވައެވެ. އުދިތު ނާރަޔަން އާއި އަނޫރާދާ ޕައުޑްވާލްގެ ހިތްގައިމު އަޑުން އިވިގެންދިޔަ މި ލަވައިގެ ޅެން ލިޔެފައިވަނީ ސަމީރު އެވެ. މިއުޒިކް ތައްޔާރުކޮށްދިނީ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރުން ކަމަށްވާ އާނަންދު-މިލިންދު އެވެ.

މި ލަވައަކީ ރާޖާއާއި މަދޫގެ ލޯބީގެ ގުޅުން ވަރުގަދަވެ، ދުނިޔޭގެ އެއްވެސް ބާރަކަށް އެމީހުންގެ ލޯބި ވަކިނުކުރެވޭނެކަން ހާމަކޮށްދޭ ލަވައެކެވެ. ލަވައިގެ މިއުޒިކާއި ޅެންވެރިކަން ހުރި ގޮތުން މިއީ މިއަދާ ހަމައަށްވެސް ހިންދީ ސިނަމާގެ ލޯބީގެ ލަވަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ލަވައެކެވެ. މި ލަވައިގެ މަންޒަރުތައް ކުޅެފައިވަނީ ރާޖާއާއި މަދޫ އެމީހުންގެ ލޯބި ދިފާއުކުރުމަށް ކުރާ އަޒުމް ދައްކުވައިދޭ ގޮތަށެވެ.

މިވެސް ކިޔާލަން:  ކްރައިމް އަދި ޑާކް ކޮމެޑީގެ ފުރިހަމަ މަސްހުނިގަނޑެއް: "މާ ބެހެން"

ހިންދީ ލަވަ އާއި ދިވެހި މާނަ

ހަމް ޕިޔާރު ކަރްނެވާލޭ، ދުނިޔާ ސޭ ނާ ޑަރްނެވާލޭ

އަހަރެމެންނަކީ ލޯބިވެރިންނެވެ. މި ދުނިޔެއަށް ބިރުގަންނަ ބައެއް ނޫނެވެ.

ހަމް ޕިޔާރު ކަރްނެވާލޭ، ދުނިޔާ ސޭ ނާ ޑަރްނެވާލޭ، ދުނިޔާ ސޭ ނާ ޑަރްނެވާލޭ

ޔާރު ޖަލްނޭވާލޯން ކޯ ޖަލާޔޭންގޭ، ޕިޔާރު މޭ ޖީޔޭންގޭ މަރު ޖާޔޭންގޭ

އަހަރެމެންނަށް ހަސަދަވެރިވާ މީހުންގެ ހިތްތަކުގައި ހަސަދައިގެ އަލިފާން ރޯކޮށްލާނަމެވެ. އަދި އަހަރެމެން ދިރިތިބޭނީވެސް، މަރުވެދާނީވެސް ލޯބިންނެވެ.

*****

ރޯކް ސަކޭ ޖޯ ދިލްވާލޯން ކޯ، އޭސީ ކޯއީ ޖެއިލް ނެހީން

ލޯބިން ފުރިފައިވާ ހިތްތައް ބަންދުކޮށް ހިފެހެއްޓޭނެ ޖަލެއް މި ދުނިޔެއަކު ނުވެއެވެ.

ދިލް ކަ ލަގާނާ އިސް ދުނިޔާ މޭ ލޯގޯން ކޯއީ ކޭލް ނެހީން

އޭ ރަހުމަތްތެރިންނޭވެ! މި ދުނިޔޭގައި ލޯބިވުމަކީ ކުޅިވަރަކަށް ކުރާ ކަމެއް ނޫނެވެ.

މިވެސް ކިޔާލަން:  ބޭޗޭން މެރާ ޔޭ ދިލް ހޭ - ދިމާނަ

ބާންދާ ހޭ ކިސްނޭ ޕާގަލް ހަވާ ކޯ، ރޯކާ ހޭ ކިސްނޭ އުޅްތީ ގަޓާ ކޯ

ބާރަށް ޖެހޭ ވަޔާއި، އުދުހޭ ވިލާތައް ހިފެހެއްޓޭނީ ކާކަށް ހެއްޔެވެ؟

ތޯޅްކެ ޕިންޖްރާ އުޅް ޖާޔޭންގޭ، ހާތު ނެހީން ހަމް އާޔޭންގޭ

ކޮންމެ ކަހަލަ ހުރަހަކާއި ހިލިހިލާއެއް ބިންދާލުމަށްފަހު އަހަރެމެން އުދުހިގަންނާނަމެވެ. އެއްވެސް ބާރަކަށް އަހަރެމެން ހިފަހައްޓައެއް ނުލެވޭނެއެވެ.

ޔާރު ޖަލްނޭވާލޯން ކޯ ޖަލާޔޭންގޭ، ޕިޔާރު މޭ ޖީޔޭންގޭ މަރު ޖާޔޭންގޭ

އަހަރެމެންނަށް ހަސަދަވެރިވާ މީހުންގެ ހިތްތަކުގައި ހަސަދައިގެ އަލިފާން ރޯކޮށްލާނަމެވެ. އަދި އަހަރެމެން ދިރިތިބޭނީވެސް، މަރުވެދާނީވެސް ލޯބިންނެވެ.

ޔާރު ޖަލްނޭވާލޯން ކޯ ޖަލާޔޭންގޭ، ޕިޔާރު މޭ ޖީޔޭންގޭ މަރު ޖާޔޭންގޭ

އަހަރެމެންނަށް ހަސަދަވެރިވާ މީހުންގެ ހިތްތަކުގައި ހަސަދައިގެ އަލިފާން ރޯކޮށްލާނަމެވެ. އަދި އަހަރެމެން ދިރިތިބޭނީވެސް، މަރުވެދާނީވެސް ލޯބިންނެވެ.

*****

ލައިލާ ނެހީން ހަމް މަޖްނޫ ނެހީން ހަމް، ޒުލްމޯ ސިތަމް ޖޯ ހަސްކޭ ސަހޭ

އަނިޔާވެރިކަމަށް ހިނިތުންވުމާއެކު ކެތްކޮށްގެން ތިބޭކަށް އަހަރެމެންނަކީ ލައިލާ އާއި މަޖުނޫނެއް ނޫނެވެ.

ރޯކެ ކިސީކޭ ހަމް ތޮ ރުކޭ ނާ އަޕްނަ މިލަން ތޯ ހޯކެ ރަހޭ

އެއްވެސް މީހެއްގެ ހުރަހަކަށް އަހަރެމެން މަޑެއް ނުކުރާނަމެވެ. އަހަރެމެންގެ ގުޅުން ކާމިޔާބުވާނެއެވެ.

މިވެސް ކިޔާލަން:  މޫމިންގެ "ގަމިނި" އާއެކު އަށްޑިހައިގެ އަހަރުތަކަށް

އެއްވެސް މީހެއްގެ ހުރަހަކަށް އަހަރެމެން މަޑެއް ނުކުރާނަމެވެ. އަހަރެމެންގެ ގުޅުން ކާމިޔާބުވާނެއެވެ.

ޕިޔާރު ކިޔާހޭ ޕިޔާރު ކަރޭންގޭ، ހަމް ތޯ ޒަމާނޭ ސޭ ނާ ޑަރޭންގޭ

އަހަރެމެން ލޯބިވީމެވެ. އަދި ލޯބިވާނަމެވެ. މި ދުނިޔެއަށް އަހަރެމެން ބިރެއް ނުގަންނަމެވެ.

އަޕްނީ މުހައްބަތު ކީ ތާކަތު ސޭ ދުނިޔާ ކޯ ޖުކާޔޭންގޭ

އަހަރެމެންގެ ލޯބީގެ ބާރުގައި މުޅި ދުނިޔެ އިސްޖައްސާނަމެވެ.

ޔާރު ޖަލްނޭވާލޯން ކޯ ޖަލާޔޭންގޭ، ޕިޔާރު މޭ ޖީޔޭންގޭ މަރު ޖާޔޭންގޭ

އަހަރެމެންނަށް ހަސަދަވެރިވާ މީހުންގެ ހިތްތަކުގައި ހަސަދައިގެ އަލިފާން ރޯކޮށްލާނަމެވެ. އަދި އަހަރެމެން ދިރިތިބޭނީވެސް، މަރުވެދާނީވެސް ލޯބިންނެވެ.

ޔާރު ޖަލްނޭވާލޯން ކޯ ޖަލާޔޭންގޭ، ޕިޔާރު މޭ ޖީޔޭންގޭ މަރު ޖާޔޭންގޭ

އަހަރެމެންނަށް ހަސަދަވެރިވާ މީހުންގެ ހިތްތަކުގައި ހަސަދައިގެ އަލިފާން ރޯކޮށްލާނަމެވެ. އަދި އަހަރެމެން ދިރިތިބޭނީވެސް، މަރުވެދާނީވެސް ލޯބިންނެވެ.

ހަމް ޕިޔާރު ކަރްނެވާލޭ، ދުނިޔާ ސޭ ނާ ޑަރްނެވާލޭ، ދުނިޔާ ސޭ ނާ ޑަރްނެވާލޭ

އަހަރެމެންނަކީ ލޯބިވެރިންނެވެ. މި ދުނިޔެއަށް ބިރުގަންނަ ބައެއް ނޫނެވެ.

ޔާރު ޖަލްނޭވާލޯން ކޯ ޖަލާޔޭންގޭ، ޕިޔާރު މޭ ޖީޔޭންގޭ މަރު ޖާޔޭންގޭ

އަހަރެމެންނަށް ހަސަދަވެރިވާ މީހުންގެ ހިތްތަކުގައި ހަސަދައިގެ އަލިފާން ރޯކޮށްލާނަމެވެ. އަދި އަހަރެމެން ދިރިތިބޭނީވެސް، މަރުވެދާނީވެސް ލޯބިންނެވެ.

ޔާރު ޖަލްނޭވާލޯން ކޯ ޖަލާޔޭންގޭ، ޕިޔާރު މޭ ޖީޔޭންގޭ މަރު ޖާޔޭންގޭ

އަހަރެމެންނަށް ހަސަދަވެރިވާ މީހުންގެ ހިތްތަކުގައި ހަސަދައިގެ އަލިފާން ރޯކޮށްލާނަމެވެ. އަދި އަހަރެމެން ދިރިތިބޭނީވެސް، މަރުވެދާނީވެސް ލޯބިންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top