ވާދަ ރައިވަރު ކިޔުމަކީ ފިސާރި ފޯރި ހުންނަ މަޖާ ކަމެއްކަން އެނގޭދޯ އެވެ. ޚާއްޞަކޮށް ޒުވާބު ކުރާގޮތަށް ވާދަ ރައިވަރު ކިޔުމަކީ އަދި މާ މަޖާ، ފޯރި ހުންނަ ކަމެކެވެ. މިފަދަ މަޖާ ޒުވާބު ރައިވަރު ކިޔާ ވީޑިއޯ އެއް މީސްމީޑިޔާގައި ޢާއްމުވެފައިވާ ލިންކެއް މިވަނީ މުޅިއަވަސް ގެ ކިޔުންތެރިއެއް ހިއްސާކޮށްފައެވެ.
ވީޑިއޯ އިން ފެނިގެންދަނީ ކޮންމެވެސް ކުޅިވަރެއް ކުޅެން ނަގާފައިވާ ދެ ޓީމެއް ގެ ދެމެދުގައި މަޖަލަށް ރައިވަރުން ޒުވާބުކޮށްލާ މަންޒަރެވެ. ފެންނަ ފެނުމާއި އިވޭ ރައިވަރުތަކުން އެނގެނީ ރައިވަރު ތަކަކަކީ ވަގުތުން ހަދައިގެން ކިޔަމުންދިޔަ ރައިވަރު ތަކެއް ކަމެވެ. އަދި ވީޑިއޯގައި ޒުވާބު ރައިވަރު ކިޔަމުން ދިޔައީ ތިމާގެ ދެ އަންހެނުންކަން ވެސް ފާހަގަ ކުރެވެއެވެ.
ވީޑިއޯ ސިފަކޮށްދޭން އިތުރަށް ލިޔުމުގެ ބަދަލުގައި 17000 އަށްވުރެން ގިނަމީހުން ބަލާފައިވާ ވީޑިއޯ ހިއްސާކޮށްލާނަމެވެ. މަޖާކޮށްލަން ބަލައިލަން މިއީ ފިސާރި ފައްކާ ވީޑިއޯ އެކެވެ.
