ދީނީ ސުވާލެއް އޮތީތަ؟
މުނިފޫހިފިލުވުން
އަގަރް ޒިންދަގީ ހޯ – ދިމާނަ
ފޮޓޯ: މުނިއަވަސް ގްރެފިކްސް

“ބަލްމާ” އަކީ 1993 ވަނަ އަހަރު ރިލީޒްކުރި ހިންދީ ރޮމެންޓިކް ޑްރާމާ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ލޯރެންސް ޑިސޫޒާއެވެ. ފިލްމުގެ މައިގަނޑު ތަރިންނަކީ އަވިނާޝް ވަދަވަން އަދި އައިޝާ ޖުލްކާއެވެ.

މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ވިޝާލް (އަވިނާޝް) އާއި ނީލީމާ (އައިޝާ) ގެ ލޯބީގެ މައްޗަށެވެ. ވިޝާލްއަކީ ހުނަރުވެރި ލަވަކިޔުންތެރިއެކެވެ. މި ދެމީހުންގެ ލޯބީގެ ދަތުރުގައި އާއިލީ ގުޅުންތަކާއި، މުއްސަނދިކަމާއި ފަޤީރުކަމުގެ ތަފާތުތަކުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. ވަކިން ޚާއްސަކޮށް، އާއިލީ ސިއްރުތަކެއް ފަޅާއެރުމާއި، ބައެއް ނުބައި ނިޔަތްތައް އޮތް މީހުންގެ ސަބަބުން އެމީހުންގެ ގުޅުމަށް ބޮޑެތި ހުރަސްތަކެއް އެޅެއެވެ. ނަމަވެސް، ފިލްމުގެ ނިމުމުގައި އެކި ހާދިސާތަކަށްފަހު ދެ ލޯބިވެރިން ގުޅޭ މަންޒަރު ފެނިގެންދެއެވެ.

“އަގަރް ޒިންދަގީ ހޯ” އަކީ “ބަލްމާ” ފިލްމުގެ އެންމެ މަޤުބޫލުވި އަދި މިއަދާ ހަމައަށްވެސް ގިނަ ބައެއްގެ މެދުގައި މަޝްހޫރު ލަވައެކެވެ. ކުމާރު ސާނޫ އާއި އާޝާ ބޯސްލޭ ކިޔައިދީފައިވާ މި ލަވައިގެ ޅެން ތައްޔާރުކޮށްދީފައިވަނީ ސަމީރެވެ. އަދި މިއުޒިކް ތައްޔާރުކޮށްދިނީ 90ގެ އަހަރުތަކުގައި ބޮލީވުޑްގެ އެންމެ ކާމިޔާބު މިއުޒިކް ޑައިރެކްޓަރުން ކަމަށްވާ ނަދީމް-ޝްރަވަންއެވެ.

ލޯބިވެރިޔާގެ މުހިންމުކަމާއި، އޭނާއާ ނުލައި ދިރިއުޅުމުގެ އެއްވެސް މާނައެއް ނެތްކަން މި ލަވައިގެ ކޮންމެ އިބާރާތަކުން ސިފަކޮށްދޭއިރު، ނަދީމް-ޝްރަވަންގެ ރީތި މިއުޒިކާއި، ކުމާރު ސާނޫގެ ފޮނި އަޑުގެ ސަބަބުން މި ލަވައަކީ ހިންދީ ސިނަމާގެ “އެވަރގްރީން” ނުވަތަ އަބަދުވެސް ރީތި ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވައެކެވެ.

ހިންދީ ލަވަ އާއި ދިވެހި މާނަ

އަގަރް ޒިންދަގީ ހޯ ތެރޭ ސަންގް ހޯ

މިވެސް ކިޔާލަން:  ޖުލައި މަހު އަކްޝޭ ޝޫޓިންއަށް ފުރާނެ

ދިރިހުރުން ވާނަމަ، އެ ދިރިއުޅުން ކަލާޔާއެކު ވުމަށް އެދެމެވެ.

އަގަރް ޒިންދަގީ ހޯ ތެރޭ ސަންގް ހޯ

ދިރިހުރުން ވާނަމަ، އެ ދިރިއުޅުން ކަލާޔާއެކު ވުމަށް އެދެމެވެ.

އަގަރް މޯތު ހޯ ތޯ ވޯ ހޯ ތުޖްސެ ޕެހެލޭ

މަރުވާނަމަ، ކަލާއަށްވުރެ ކުރިން އަހަރެން މަރުވުމަށް އެދެމެވެ.

ބަލްމާ.. ބަލްމާ.. ބަލްމާ.. ބަލްމާ

އޭ އަހަރެންގެ ލޯބިވާ ބައިވެރިޔާއެވެ.

*****

އަބް ދިލް ލަގްތާ ކަހީން ނާ ތޭރޭ ބިނާ

ކަލާ ނެތި މިހާރު ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ.

އަބް ދިލް ލަގްތާ ކަހީން ނާ ތޭރޭ ބިނާ

ކަލާ ނެތި މިހާރު ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ.

މުޝްކިލް ހޯގާ ޖީނާ ތޭރޭ ބިނާ

ކަލާ ނެތް ދުނިޔެއެއްގައި ދިރިއުޅުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ.

އާ މިލްކޭ ވާދާ ކަރްލޭ ޖަބް ތަކް ހޯގާ ދަމް މޭ ދަމް

މިވެސް ކިޔާލަން:  އުރްމީލާ އެނބުރި އަންނަނީ

ސާތު ނެހީން ޗޯޅޭންގޭ ޗާހޭ ޚުޝިޔާން ހޯ ޔާ ގަމް

އަންނާށެވެ. ނޭވާ ހިނގާހާ ހިނދަކު އެކަކު އަނެކަކު ދޫކޮށް ނުލުމަށް ވަޢުދުވަމާ ހިނގާށެވެ. އެއީ އުފަލުގައި ކަމަށް ވިޔަސް ނުވަތަ ހިތާމައިގައި ކަމަށް ވިޔަސްމެއެވެ.

ބަލްމާ.. ބަލްމާ.. ބަލްމާ.. ބަލްމާ

އޭ އަހަރެންގެ ލޯބިވާ ބައިވެރިޔާއެވެ.

އަގަރް ޒިންދަގީ ހޯ ތެރޭ ސަންގް ހޯ

ދިރިހުރުން ވާނަމަ، އެ ދިރިއުޅުން ކަލާޔާއެކު ވުމަށް އެދެމެވެ.

އަގަރް ޒިންދަގީ ހޯ ތެރޭ ސަންގް ހޯ

ދިރިހުރުން ވާނަމަ، އެ ދިރިއުޅުން ކަލާޔާއެކު ވުމަށް އެދެމެވެ.

*****

މުޖްކޯ މިލީ ހޭ ސާސޭން ތޭރޭ ލިޔޭ

އަހަންނަށް މި ނޭވާތައް ލިބިފައިވަނީ ކަލާއަށްޓަކައެވެ.

މުޖްކޯ މިލީ ހޭ ސާސޭން ތޭރޭ ލިޔޭ

އަހަންނަށް މި ނޭވާތައް ލިބިފައިވަނީ ކަލާއަށްޓަކައެވެ.

ޚްވާބް ސަޖާޔޭ އާނކޭން ތޭރޭ ލިޔޭ

ލޮލުގައި މިވާހާ ހުވަފެންތަކެއް ވަނީ ކަލާއަށްޓަކައި ޒީނަތްތެރި ކުރެވިފައެވެ.

އަބް ނަ ކަބީ ޓޫޓޭ ޔޭ ތޭރޭ ވާދޯ ކާ މޯސަމް

ކަލާގެ އެ ވަޢުދުތަކުގެ މޫސުން ދުވަހަކުވެސް ނިމިގެން ނުދާށިއެވެ!

މެރެ ޔާދޯ މޭ މެހެކޭ ތޭރޭ ޔާދޯ ކާ މޯސަމް

އަދި އަހަރެންގެ ހަނދާންތަކުގެ ތެރޭގައި ކަލާގެ ހަނދާންތަކުގެ މީރުވަސް އަބަދުމެ ހުންނާށިއެވެ!

ބަލްމާ.. ބަލްމާ.. ބަލްމާ.. ބަލްމާ

އޭ އަހަރެންގެ ލޯބިވާ ބައިވެރިޔާއެވެ.

އަގަރް ޒިންދަގީ ހޯ ތެރޭ ސަންގް ހޯ

ދިރިހުރުން ވާނަމަ، އެ ދިރިއުޅުން ކަލާޔާއެކު ވުމަށް އެދެމެވެ.

އަގަރް ޒިންދަގީ ހޯ ތެރޭ ސަންގް ހޯ

މިވެސް ކިޔާލަން:  "އަހަރެންވެސް ލޯބިވޭ" ގެ ދެވަނަ ސީޒަންގެ ޝޫޓިން އަންނަ ހަފުތާ ފަށާނެ - މާއެނބޫ

ދިރިހުރުން ވާނަމަ، އެ ދިރިއުޅުން ކަލާޔާއެކު ވުމަށް އެދެމެވެ.

*****

ޖަބް ތަކު ޔޭ ދުނިޔާ ޔޭ އާލަމް ރަހޭ

މި ދުނިޔެއާއި މި ކާއިނާތު ދެމިއޮތްހާ ހިނދަކު،

ޖަބް ތަކު ޔޭ ދުނިޔާ ޔޭ އާލަމް ރަހޭ

މި ދުނިޔެއާއި މި ކާއިނާތު ދެމިއޮތްހާ ހިނދަކު،

ޕިޔާރު ތެރާ އިސް ދިލް މޭ ބާލަމް ރަހޭ

މި ހިތުގައި ކަލާގެ ލޯބި އަބަދުމެ ލަހައްޓަވާށިއެވެ!

މެރެ ޕިޔާސޭ ދިލް ޕޭ ނާ ކޮއި ދޫޖާ ރަންގު ޗަޅޭ

ކަލާގެ ލޯތްބަށް ފެންބޮވައިގެންފައިވާ މި ހިތުގައި، އެހެން އެއްވެސް ފަރާތެއްގެ ކުލައެއް ނުޖެހޭނެއެވެ.

ކަމް ނާ ހޯ ހަރް ލަމްހާ ތޭރީ ޗާހަތު އޯރް ބަޅޭ

އަދި ކޮންމެ ހިނދުކޮޅަކާއެކު ކަލާއަށްޓަކައި މި ހިތުގައިވާ ލޯބި އިތުރުވެ، އެ ލޯބި ދުވަހަކުވެސް ފަނޑުނުވާށިއެވެ!

ބަލްމާ.. ބަލްމާ.. ބަލްމާ.. ބަލްމާ

އޭ އަހަރެންގެ ލޯބިވާ ބައިވެރިޔާއެވެ.

އަގަރް ޒިންދަގީ ހޯ ތެރޭ ސަންގް ހޯ

ދިރިހުރުން ވާނަމަ، އެ ދިރިއުޅުން ކަލާޔާއެކު ވުމަށް އެދެމެވެ.

އަގަރް ޒިންދަގީ ހޯ ތެރޭ ސަންގް ހޯ

ދިރިހުރުން ވާނަމަ، އެ ދިރިއުޅުން ކަލާޔާއެކު ވުމަށް އެދެމެވެ.

އަގަރް މޯތު ހޯ ތޯ ވޯ ހޯ ތުޖްސެ ޕެހެލޭ

މަރުވާނަމަ، ކަލާއަށްވުރެ ކުރިން އަހަރެން މަރުވުމަށް އެދެމެވެ.

އަގަރް މޯތު ހޯ ތޯ ވޯ ހޯ ތުޖްސެ ޕެހެލޭ

މަރުވާނަމަ، ކަލާއަށްވުރެ ކުރިން އަހަރެން މަރުވުމަށް އެދެމެވެ.

ބަލްމާ.. ބަލްމާ.. ބަލްމާ.. ބަލްމާ.. ބަލްމާ.. ބަލްމާ

އޭ އަހަރެންގެ ލޯބިވާ ބައިވެރިޔާއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top