ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މަގޭ ބިޓުގެ ވެޑިން” ގެ ޕޯސްޓަރާއި އޮންލައިން ބުކިން މި މަހު 10 ގައި!

ދިވެހި ސިނަމާގައި ކޮމެޑީ ފިލްމު އުފެއްދުމަށް އެންމެ މަގުބޫލު އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑާކް ރެއިން އެންޓަޓެއިންމެންޓުގެ އާ ފިލްމު “މަގޭ ބިޓުގެ ވެޑިން”ގެ ރަސްމީ ޕޯސްޓަރު މި މަހުގެ 10 ވަނަ ދުވަހު ނެރުމަށް ނިންމައިފިއެވެ. ޕޯސްޓަރާއެކު ފިލްމުގެ އޮންލައިން ބުކިންއަށް ވެސް އެ ދުވަހު ހުޅުވާލާނެއެވެ.

މި ފިލްމަކީ ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ މަޖާ ކަންތައްތަކެއް ފެނިގެންދާނެ އުފެއްދުމެކެވެ. މި ފިލްމުގެ މައިގަނޑު ކާސްޓުން ރަސްމީކޮށް އަދި ހާމަކޮށްފައި ނުވި ނަމަވެސް، ޑާކް ރެއިންގެ ފިލްމުތަކުން އާންމުކޮށް ފެންނަ މަގުބޫލު ތަރިން މި ފިލްމުން ފެންނާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން ޒުވާން ތަރި ޝަރަފް އަބްދުﷲ އާއި އިބްރާހިމް ޝާފިޢު (ފުބޫ) މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެކަން ވަނީ ކަށަވަރުވެފައެވެ.

“މަގޭ ބިޓުގެ ވެޑިން” އަންނަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ދައްކަން ފަށާނެއެވެ.

މިއީ ޑާކް ރެއިން އެންޓަޓެއިންމެންޓުން ބެލުންތެރިން ހެއްވައިލުވުމަށްޓަކައި ގެނެސްދޭ ތަފާތު ރޫހެއްގެ މަޖާ ފިލްމަކަށް ވާނެ ކަމަށް އެ ޕްރޮޑަކްޝަން ހައުސްއިން އުންމީދު ކުރެއެވެ.

“މަގޭ ބިޓްގެ ވެޑިން”އަކީ، އެ ސްޓޫޑިއޯއިން ނެރުނު ކާމިޔާބު ކޮމެޑީ ފިލްމު “ވާށޭ މަށާ އެކީ” އަށް ބެލުންތެރިންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާ ގުޅިގެން އުފައްދަން ނިންމި ފިލްމެކެވެ. ޑާކް ރެއިން އެންޓަޓައިންމަންޓުން ބުނި ގޮތުގައި، މި ފަހަރުގެ ފިލްމަކީ ވެސް ބެލުންތެރިންނަށް ކަމުދާނެ ފަދަ މަޖާ އަދި ލޯބީގެ ރަހަތައް ހިމެނޭ “ރޮމްކޮމް” އެކެވެ.

މިވެސް ކިޔާލަން:  ޑާކް ރެއިން އެންޓަޓެއިންމެންޓްގެ އާ ފިލްމު އިޢުލާނުކޮށްފި

މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ފިލްމު “ޖަންނަތު” ރިލީޒްކުރި ފަހުން މިއަދާ ހަމައަށްވެސް ހުރިހައި ޝޯތަކެއް ހައުސްފުލްކޮށް ދައްކަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top