ކޮލަމްބޯ، ސްރީލަންކާ: ސްރީލަންކާގެ ބަންޑާރަނައިކަ މެމޯރިއަލް އިންޓަރނޭޝަނަލް ކޮންފަރެންސް ހޯލް (ބީ.އެމް.އައި.ސީ.އެޗް) ގައި މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ބައިނަލްއަޤްވާމީ ކޮމްބޯ ފައިޓް އިވެންޓް “މެއިން ޗެމްޕިއަން” ގައި ވާދަކޮށް ރާއްޖޭގެ ދެ ފައިޓަރުން ފަޚުރުވެރި ކާމިޔާބީތަކެއް ހޯދައިފިއެވެ.
މި މުބާރާތުގެ “މުއޭ ތައި” ކެޓަގަރީން ރާއްޖެއަށް ރަން މެޑަލް ހޯދައިދިނީ އަޙްމަދު އީލާފް ނަދީމް (25އ، ހ.އާދުނި) އެވެ. އީލާފް މި މެޑަލް ހާސިލްކުރީ ސްރީލަންކާގެ އިސުރު އަމިލަ އާއި ބައްދަލުކޮށް، ތިން ބުރުގެ ވަރުގަދަ ހިފުމަކަށްފަހު މެޗު ކާމިޔާބުކޮށްގެންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އީލާފް ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ބޭއްވި “އަންލީޝްޑް އެބްސޮލިއުޓް ވޮރިއަރޒް” ސީސަން 2 ގެ ސަރަހައްދީ މުބާރާތުންވެސް ރަން މެޑަލް ހާސިލްކޮށްފައެވެ.
@muniavas Ahmed Eelaf Nadheem secured a gold medal for the Maldives in the Muay Thai category. MAIN Championship 2026 | From BMICH, Colombo | Sri Lanka’s First International Muay Thai Fight Night “މުއޭ ތައި” ކެޓަގަރީން ރާއްޖެއަށް ރަން މެޑަލް ހޯދައިދިނީ އަޙްމަދު އީލާފް ނަދީމް (25އ، ހ.އާދުނި) #muaythai #combatsports #colombo #maldives #srilanka #muniavasnews ♬ original sound MUNIAVAS
މި މުބާރާތުން ރާއްޖެއަށް ރިހި މެޑަލް ހޯދައިދިނީ ދާނިއަލް އަޙްމަދު ޒަކީ (19އ، ބ.ދަރަބޫދޫ ގުޑްލަކް) އެވެ. ދާނިއަލް ބައްދަލުކުރީ ލަންކާގެ ވަރުގަދަ ފައިޓަރު ފަހަދު ނަވާޒް އާއެވެ. މި ފައިޓުގެ ފުރަތަމަ ދެ ރައުންޑް ލަންކާ ކުޅުންތެރިޔާ ކާމިޔާބު ކުރި ނަމަވެސް، ދާނިއަލް ވަނީ އެއް ރައުންޑް ކާމިޔާބުކޮށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. ދާނިއަލް އަކީ މިއަހަރު ލަންކާގައި ބޭއްވި “ޑަބްލިޔު.ބީ.ސީ ބެޓްލް އޮފް ޓައިޓޭންސް” އިން ރިހި މެޑަލް ހޯދައި، ދިވެހި ކޮމްބެޓް ކުޅިވަރުގައި ސްޓޭޖް ކެޓަގަރީ ފުރިހަމަކުރި އެންމެ ހަގު ކުޅުންތެރިޔާއެވެ.
@muniavasDaanial Ahmed Zaki secured a silver medal for the Maldives in the Muay Thai category. MAIN Championship 2026 | From BMICH, Colombo | Sri Lanka’s First International Muay Thai Fight Night “މުއޭ ތައި” ކެޓަގަރީން ރާއްޖެއަށް ރިހި މެޑަލް ހޯދައިދިނީ ދާނިއަލް އަޙްމަދު ޒަކީ (19އ، ބ.ދަރަބޫދޫ ގުޑްލަކް) #muaythai #combatsports #colombo #maldives #srilanka #muniavasnews♬ original sound MUNIAVAS
މި ދެ ފައިޓަރުންނަށް ހިތްވަރު ދެއްވުމަށްޓަކައި، ރާއްޖޭން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް މައްސޫދު އިމާދު ވަނީ މުބާރާތް ކުރިއަށްދިޔަ ސަރަހައްދަށް ވަޑައިގެން މެޗުތައް ބައްލަވާލައްވާފައެވެ. އަދި ފައިޓަރުންނާ ބައްދަލުކުރައްވައި އެބޭފުޅުން ހޯއްދެވި ކާމިޔާބީއަށް މަރުޙަބާ ދަންނަވާފައެވެ.

އީލާފް، ދާނިއަލްގެ ކޯޗުން އަދި ރާއްޖޭން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް މައްސޫދު އިމާދުގެ ދެކަނބަލުން – ފޮޓޯ” ޢާއިޝަތު ރިފްޒާ / މުނިއަވަސް
މި ކުޅުންތެރިން ތަމްރީނު ކުރަމުންދަނީ މޯލްޑިވްސް މުއޭ ތައި އެކަޑަމީގެ ބެލުމުގެ ދަށުން، ފައިޓްސޯލް މޯލްޑިވްސްގެ ހެޑް ކޯޗް މުޙައްމަދު ޝަނާސްގެ އިރުޝާދުގެ ދަށުންނެވެ. އަދި ފައިނަލް މެޗުތަކަށް ތަމްރީނުކުރީ ލަންކާގެ ތަޖުރިބާކާރު ކޯޗު ވިމުކްތީ އަބޭނަޔަކައެވެ. ކޯޗު ޝަނާސް ފާހަގަކުރެއްވި ގޮތުގައި، މިއީ ދެ ގައުމެއް ނަމަވެސް އެއް ޓީމެއްގެ ގޮތުގައި ކުރެވުނު މަސައްކަތެކެވެ. އޭނާ ވަނީ ސްރީލަންކާގެ މިސްޓަރ މިރަން ނިލަންގަ އަދި ޑަބްލިޔު.ބީ.ސީ އިން ދިވެހި ފައިޓަރުންނަށް ދިން ޓެކްނިކަލް ސަޕޯޓަށް ޝުކުރު އަދާކޮށްފައެވެ.

އީލާފް، ދާނިއަލް އަދި ރާއްޖޭން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް މައްސޫދު އިމާދުގެ ދެކަނބަލުން – ފޮޓޯ” ޢާއިޝަތު ރިފްޒާ / މުނިއަވަސް
މި މުބާރާތުގައި ރާއްޖެއާއި ސްރީލަންކާގެ އިތުރުން އިންޑިއާ، ތައިލޭންޑް، ފްރާންސް، އޮސްޓްރޭލިއާ، އިރާން އަދި ބްރެޒިލް ހިމެނޭހެން އެކި ގައުމުތަކުން ޖުމްލަ 25 ފައިޓަރުން ބައިވެރިވިއެވެ. ކާމިޔާބީ ހޯދި ދެ ފައިޓަރުންވެސް ވަނީ އެކުދިންގެ ކޯޗު ޝަނާސްއަށާއި، ބެލެނިވެރިންނަށާއި، އަދި މުބާރާތް ބަލަން ދިޔަ ދިވެހި ސަޕޯޓަރުން ދިން ހިތްވަރަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.
ހުރިހައި ފައިޓަރުން ހިމެނޭ ވީޑިއޯ: https://www.facebook.com/share/v/1cjW7B4muw/
─── ⋆⋅🤼⋅⋆ ──
🤼 އިވެންޓް ކަވަރޭޖް: ޢާއިޝަތު ރިފްޒާ (ރިފޫ) / ސީނިއަރ ޖާރނަލިސްޓް
🤼 ޚަބަރު ކަވަރޭޖް: ޢާއިޝަތު ރިފްޒާ (ރިފޫ) / ސީނިއަރ ޖާރނަލިސްޓް
🤼 ވީޑިއޯ އެޑިޓް: އަޙްމަދު ރަޝީދު / ޗީފް އެޑިޓަރ
