ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޖަންނަތު” ގެ ހަފުތާބަންދު ޝޯތަކުގެ ޓިކެޓް ގަޑިއެއްހާއިރު ތެރޭގައި ވިކި ހުސްވެއްޖެ

ރާއްޖޭގެ މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓްގެ އެންމެ ފަހުގެ އުފެއްދުން “ޖަންނަތު” ކާމިޔާބު ކަމާއެކު ޕްރިމިއާކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މި ފިލްމު ކުރިއަށް އޮތް ހަފުތާބަންދުގައި ދައްކަން އޮތް ދެ ޝޯގެ ޓިކެޓް އެއްކޮށް ވިކި ހުސްވެއްޖެއެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުން މައުލޫމާތު ދޭ ގޮތުގައި، ހަފުތާބަންދު ޝޯތަކުގެ ޓިކެޓް އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން މި މަހުގެ 10 ވަނަ ދުވަހު ހަވީރު ވިއްކަން ފެށިތާ ގަޑިއެއްހާއިރު ތެރޭގައި ހުރިހައި ޓިކެޓެއް ވަނީ ވިކި ހުސްވެފައެވެ. މިއީ ފިލްމަށް އޮތް ބޮޑު ތަރުހީބު ހާމަވެގެންދިޔަ ކަމެކެވެ.

އޯޓިޒަމަށް ހޭލުންތެރިކުރުވުމުގެ މުހިންމު މެސެޖެއް ފޯރުކޮށްދިނުމަށް ތައްޔާރުކުރި މި ފިލްމަށް އާންމުންގެ ބޮޑު މަގުބޫލުކަމެއް ވަނީ ލިބިފައެވެ. ބެލުންތެރިންގެ ހިތްތަކާ ކުޅެލާފަދަ އަސަރުގަދަ މަންޒަރުތަކެއް ހިމެނޭ މި އުފެއްދުމަކީ، އޯޓިޒަމް ހުންނަ ފަރާތްތަކަށް މުޖުތަމައުގެ ލޯތްބާއި، އަޅާލުމާއި، ބަލައިގަތުން ބޭނުންވެފައިވާ މިންވަރު ވަރަށް ފުރިހަމައަށް ތަސްވީރުކޮށްދޭ، އިޖުތިމާއީ ގޮތުން އަގުހުރި މަސައްކަތެކެވެ.

މި ފިލްމު ބެލި ބެލުންތެރިއަކު ފޭސްބްކްގައި ހިއްސާކުރި ދިގު މެސެޖެއް ނިންމާލަމުން ބުނެފައިވަނީ، އޭނާއަށް “ޖަންނަތު” އަކީ ހަމައެކަނި ފިލްމެއް ނޫން ކަމަށެވެ.

“އަހަންނަށް ‘ޖަންނަތު’ އަކީ ހަމައެކަނި ފިލްމެއް ނޫން. އެއީ ހޭލުންތެރިކަން. އެއީ އިހުސާސްތައް ދެނެގަތުން. އެއީ އަހަންނަށް ވަރަށް ކުޑަކޮށް އެނގޭ ދުނިޔެއަކަށް ހުޅުވައިދިން ތަފާތު ކުޑަދޮރެއް،” އަރޫ މުޙައްމަދު ގެ ނަމުގައި ލިޔެފައިވާ ދިގު މެސެޖްގައި ލިޔެފައިވެއެވެ.

“ޖަންނަތު” މިހާރު އޮލިމްޕަސް ސިނަމާގައި ދައްކަމުންދާއިރު، ފިލްމުގެ ޓިކެޓް ބުކް ކުރުމަށް 9911229 އަށް ވައިބާ މެސެޖެއް ފޮނުވުމަށް ޑާކް ރެއިން އިން އެދެއެވެ. އޯޓިޒަމް ކުދިންނާއި އެކުދިންގެ އާއިލާތަކުން އުފުލާ ތަކުލީފުތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަކީ ކޮންމެ މީހަކުވެސް ބަލާލުން މުހިންމު ފިލްމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

މިވެސް ކިޔާލަން:  "ނޮވެމްބަރ" ގެ ޓީޒަރ ޓްރެއިލަރއެއް ކުޑަވަގުތުކޮޅަކަށް ދައްކާލައިފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top