ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ހަނީ މަސްޓަރޑް ޗިކަން ސެލަޑް – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް: 40 މިނެޓު (މެރިނޭޓްކުރާ ވަގުތާއެކު)
⏱️ ތެލުލަން: 10 މިނެޓު
⏱️ ޖުމްލަ ވަގުތު: 50 މިނެޓު
🍽️ ތައްޔާރުކުރެވޭނީ: 4 މީހުންނަށް

🛒 ބޭނުންވާ ތަކެތި:

ސެލަޑަށް:

1 ޕައުންޑް ބޯންލެސް ޗިކެން ބްރެސްޓް (ދިގަށް ފޮތިކޮށްފައި)
ލޮނު އަދި އަސޭމިރުސް (ރަހަލާވަރަށް)
1 ޖޯޑު ފުށް
2 ބިސް (ގިރާފައި)
1 ޖޯޑު ޕާންކޫ ބްރެޑްކްރަމްބްސް
½ ޖޯޑު ޕާމީޒާން ޗީޒް (ގާނާފައި)
ތެޔޮ (ކުކުޅު ތެލުލުމަށް)
3 ރޯމައިން ލެޓިއުސް (ކުދިކޮށް ކޮށާފައި)
1 ½ ޖޯޑު ޗެރީ ޓޮމާޓޯ (ފަޅިކޮށްފައި)
½ ޖޯޑު އަލްމަންޑް (ތުނިކޮށް ކޮށާފައި، ކުޑަކޮށް ހަނާކޮށްފައި)
¼ ޖޯޑު ކޮތަނބިރި ފަތް (ކޮށާފައި)

ހަނީ މަސްޓަރޑް ޑްރެސިންގއަށް:

½ ޖޯޑު މެޔޮނޭޒް
¼ ޖޯޑު ސަވަރ ކްރީމް
¼ ޖޯޑު އެޕަލް ސައިޑަރ ވިނެގަރ
3 ސައިސަމުސާ މާމުއި
2 ސައިސަމުސާ ޑިޖޯން މަސްޓަރޑް
1 ލޮނުމެދު (ޗަސްކޮށްފައި)
1 ސައިސަމުސާ ހިއްކި ޓެރަގަން ފަތް
¾ ސައިސަމުސާ ލޮނު
¼ ސައިސަމުސާ އަސޭމިރުސް
¼ ޖޯޑު އޮލިވް އޮއިލް

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – ޑްރެސިންގ ތައްޔާރުކުރުމަށްޓަކައި، މަތީގައި ބަޔާންކުރެވުނު ހުރިހާ ތަކެތި ފުޑް ޕްރޮސެސަރަކަށް އަޅާފައި ރަނގަޅަށް އޮމާންވަންދެން ގިރާލާށެވެ. (ފުޑް ޕްރޮސެސަރެއް ނެތްނަމަ، ބޯތަށްޓެއްގައި އަތުންވެސް ގިރާލެވިދާނެއެވެ. ނަމަވެސް ލޮނުމެދުކޮޅު ވަރަށް ކުދިކޮށް ކޮށަންވާނެއެވެ.) މި ޑްރެސިންގގެ ތެރެއިން ¼ ޖޯޑު ވަކިކޮށްލާށެވެ.

މިވެސް ކިޔާލަން:  ގާރލިކް ނާން – މުނިއަވަސް ރަހަފަތް

2 – ކުކުޅު މެރިނޭޓް ކުރުމަށްޓަކައި، ކޮށާފައި ހުރި ކުކުޅުކޮޅު ބޯތަށްޓަކަށް އެޅުމަށްފަހު، ކުރިން ވަކިކުރި ¼ ޖޯޑު ޑްރެސިންގ އޭގެ ތެރެއަށް އަޅާ އެއްކޮށްލާށެވެ. މަދުވެގެން 15 މިނެޓު ވަންދެން ބަހައްޓާށެވެ.

3 – ކުކުޅު ތެލުލުމަށް ތައްޔާރުވާއިރު، ތިން ތަށްޓެއް ތައްޔާރުކުރާށެވެ. އެއް ތަށީގައި ފުށް، އަނެއް ތަށީގައި ގިރާފައިވާ ބިސް، އަދި ތިންވަނަ ތަށީގައި ބްރެޑްކްރަމްބްސް އާއި ޗީޒް އެއްކޮށްލާފައި ބަހައްޓާށެވެ.

4 – ކުކުޅު ފޮތިތައް ފުރަތަމަ ފުށުގެ ތެރެއަށް، ދެން ބިހުގެ ތެރެއަށް، އަދި އެންމެ ފަހުން ބްރެޑްކްރަމްބްސް މިކްސްޗަރ ތެރެއަށް ލާފައި ރަނގަޅަށް ހާކާލާށެވެ.

5 – ތަވައަކަށް ތެޔޮ އަޅާ ހޫނުކުރުމަށްފަހު، ކުކުޅުތައް މުށިކުލަ އަރަންދެން ދެފަރާތް ފުރޮޅަމުން ތެލުލާށެވެ.

6 – ކުކުޅުތައް ތެލުލާ ނިމުމުން، ކުޑަކޮށް ހިހޫވުމުން ކުދިކޮށް ކޮށާލާށެވެ.

7 – ސެލަޑް ތައްޔާރުކުރުމަށްޓަކައި، ބޮޑު ބޯތަށްޓަކަށް ލެޓިއުސް، ޓޮމާޓޯ، އަލްމަންޑް އަދި ކޮތަނބިރި ފަތް އެޅުމަށްފަހު، ތައްޔާރުކުރި ޑްރެސިންގއިން މިންވަރެއް އަޅާ އެއްކޮށްލާށެވެ. ސެލަޑް ތަށިތަކަށް އެޅުމަށްފަހު މަތީގައި ކުކުޅުކޮޅުތައް އަތުރާލާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top