ފިލްމު “ނިވައިރޯޅި” ގެ އޮފިޝަލް ޓްރެއިލާ ރިލީޒްކޮށް ޕޯސްޓަރު ނެރުމާއި ތީމް ލަވަ އަދި ޕްރޮމޯޝަނަލް ލަވަ ނެރުން ވަރަށް ޚާއްސަ ސައިޕްރައިޒެއް ހިމެނޭ އިވެންޓްގައި އަންނަ މަހު 10 ގައި އޮންނާނެ ކަމަށް ނިއުމާ ބުނެފި އެވެ.
“ހަމަކުޑަ ވަގުތުކޮޅަކަށް އިންތިޒާރުކޮށްލަންވީ. އޮގަސްޓް 10 އަކީ ބޮޑު ދުވަހެއް. ވަރަށް ހާއްސަ ސައިޕްރައިޒެއް ވެސް އިވެންޓްގައި ހާމަކޮށްލާނެ،” ސަން ޓީވީ ގައި ވާހަކަ ދައްކަމުން ކާމިޔާބު ބަތަލާ ބުންޏެވެ.
ކެމެރާ ކުރިމަތިން ކާމިޔާބު ބަޠަލާ ނިޢުމާ ނިވައިވުމުގެ ކުރިން ކުޅޭ އެންމެ ފަހު ފިލްމު “ނިވައިރޯޅި”ގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސަން އަށް ދިން އިންޓަވިއުގައި ނިއުމާ ބުނީ ފިލްމާ ދޭތެރޭ ބެލުންތެރިން ހިތްހަމަޖެހޭނެ ކަމަށާއި ފިލްމުގެ އެއްވެސް މަންޒަރެއް ބެލުންތެރިން “ޑިސަޕޮއިންޓް” ކޮށް ނުލާނެ ކަމަށެވެ.
“ނިވައިރޯޅި” ރިލީޒްކުރާނީ އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު އެވެ.
