ދީނީ ސުވާލެއް އޮތީތަ؟
މުނިފޫހިފިލުވުން
ތޫ ޕިޔާރު ހޭ ކިސީ އޯރް ކާ – ދިމާނަ
މުނިއަވަސް ގްރެފިކްސް

1991 ވަނަ އަހަރު ނެރުނު ހިންދީ ފިލްމު “ދިލް ހޭ ކެ މާންތާ ނެހީން” އަކީ ބޮލީވުޑްގެ އެންމެ މަޤުބޫލު ރޮމެންޓިކް ކޮމެޑީ ފިލްމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފިލްމެކެވެ.

މަހޭޝް ބަޓް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެންނަނީ އާމިރު ޚާން އާއި ޕޫޖާ ބަޓް އެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ މުއްސަނދި ވިޔަފާވެރިއެއްގެ ހިތްވަރުގަދަ އަދި ބޮޑާ އަންހެން ދަރިފުޅު، ޕޫޖާގެ މައްޗަށެވެ. ޕޫޖާ ލޯބިވާ ފިލްމީ ތަރިއަކާ ކައިވެނި ކުރުމަށްޓަކައި، އޭނާގެ ބައްޕަގެ ނުރުހުމުގައި ގެއިން ފިލައިގެން ދަތުރެއް ފަށައެވެ.

މި ދަތުރުގެ ތެރޭގައި ޕޫޖާއަށް ބައްދަލުވަނީ ރަގޫ ޖެޓްލީ (އާމިރު ޚާން) ނަމަކަށް ކިޔާ ނޫސްވެރިއަކާއެވެ. ރަގޫ އުޅެނީ އޭނާގެ ވަޒީފާ ސަލާމަތް ކުރުމަށްޓަކައި “ހޫނު” ޚަބަރެއް ހޯދުމަށެވެ. އެގޮތުން ޕޫޖާ ގެއިން ފިލައިގެންދާ ޚަބަރު ލިޔުމުގެ ބަދަލުގައި، އޭނާ ޕޫޖާއަށް އެހީތެރިވާން ނިންމައެވެ. މި ދިގު ދަތުރުގައި ދިމާވާ އެކި މަޖާ އަދި ނުރައްކާތެރި ހާދިސާތަކުގެ ތެރެއިން، މި ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދިގެންދެއެވެ.

“ތޫ ޕިޔާރު ހޭ ކިސީ އޯރް ކާ” އަކީ މި ފިލްމުގެ އެންމެ މަޝްހޫރުވި އަދި މިއަދާ ހަމައަށްވެސް ގިނަ ބައެއްގެ މެދުގައި މަޤުބޫލު ލަވައެކެވެ.

ވަރަށް އަސަރުގަދަ، ލޯބީގެ އިޙުސާސްތަކުން ފުރިގެންވާ މި ލަވައަކީ ސަމީރުގެ ފުރިހަމަ ޅެންވެރިކަން ފެނިގެންދާ ލަވައެކެވެ. ނަދީމް-ޝްރަވަންގެ މިއުޒިކާއެކު ކުމާރު ސާނޫ އާއި އަނޫރާދާ ޕައުޑްވާލްގެ ހިތްގައިމު އަޑުން މި ލަވައިގެ އިޙުސާސްތައް ވަރަށް ފުރިހަމައަށް ގެނެސްދީފައިވެއެވެ. މީގެ އިތުރުން ވީޑިއޯގައި އާމިރު ޚާން އާއި ޕޫޖާ ބަޓްގެ މޫނުމަތިން ފެންނަ އަސަރުގަދަ ކެމިސްޓްރީއަކީ ލަވައިގެ މަޤުބޫލުކަން އިތުރުކޮށްދިން ސަބަބެކެވެ.

ހިންދީ ލަވަ އާއި ދިވެހި މާނަ

ތޫ ޕިޔާރު ހޭ ކިސީ އޯރް ކާ، ތުޖޭ ޗާހަތާ ކޮއީ އޯރް ހޭ

ކަލާއަކީ އެހެން މީހެއްގެ ލޯތްބެވެ. އެކަމަކު ކަލާއަށް އެދި އާދޭސްކުރަނީ މުޅިން އެހެން މީހެކެވެ.

މިވެސް ކިޔާލަން:  މުޖްސޭ މޮހައްބަތު ކަ – ދިމާނަ

ތޫ ޕިޔާރު ހޭ ކިސީ އޯރް ކާ، ތުޖޭ ޗާހަތާ ކޮއީ އޯރް ހޭ

ކަލާއަކީ އެހެން މީހެއްގެ ލޯތްބެވެ. އެކަމަކު ކަލާއަށް އެދި އާދޭސްކުރަނީ މުޅިން އެހެން މީހެކެވެ.

ތޫ ޕަސަންދު ހޭ ކިސީ އޯރް ކީ، ތޫ ޕަސަންދު ހޭ ކިސީ އޯރް ކީ

ކަލާއަކީ އެހެން މީހެއްގެ އިޚްތިޔާރެވެ. ކަލާއަކީ އެހެން މީހެއްގެ އިޚްތިޔާރެވެ.

ތުޖޭ މާންގްތާ ކޮއީ އޯރް ހޭ

ކަލާ ހޯދުމަށް އެދި ދުޢާކުރަނީ މުޅިން އެހެން މީހެކެވެ.

ތޫ ޕިޔާރު ކާ ކިސީ އޯރް ކާ، ތުޖޭ ޗާހަތާ ކޮއީ އޯރް ހޭ

ކަލާއަކީ އެހެން މީހެއްގެ ލޯތްބެވެ. އެކަމަކު ކަލާއަށް އެދި އާދޭސްކުރަނީ މުޅިން އެހެން މީހެކެވެ.

*****

ކޯން އަޕްނާ ހޭ، ކިޔާ ބޭގާނާ ހޭ، ކިޔާ ހަޤީޤަތު ހޭ، ކިޔާ ފަސާނާ ހޭ

އަމިއްލަ މީހަކީ ކާކު ހެއްޔެވެ؟ ބީރައްޓެއްސަކީ ކާކު ހެއްޔެވެ؟ ހަޤީޤަތަކީ ކޮބައި ހެއްޔެވެ؟ އަދި ޚިޔާލީ ފުލޯކަކީ ކޮބައި ހެއްޔެވެ؟

ޔޭ ޒަމާނޭ މޭ ކިސްނޭ ޖާނާ ހޭ، ޔޭ ޒަމާނޭ މޭ ކިސްނޭ ޖާނާ ހޭ

މި ދުނިޔޭގައި މިކަން ދަންނަނީ ފަހެ ކާކު ހެއްޔެވެ؟ މި ދުނިޔޭގައި މިކަން ދަންނަނީ ފަހެ ކާކު ހެއްޔެވެ؟

ތޫ ނަޒަރު މޭ ހޭ ކިސީ އޯރް ކީ، ތުޖޭ ދޭކްތާ ކޮއީ އޯރް ހޭ

ކަލާ ތިޔަ ހުރީ އެހެން މީހެއްގެ ލޯމަތީގައެވެ. ނަމަވެސް ކަލާއަށް ބަލަހައްޓައިގެން ހުންނަނީ މުޅިން އެހެން މީހެކެވެ.

މިވެސް ކިޔާލަން:  ޒަމާނޭ ކީ ބުރާއީ - ދިމާނަ

ކަލާ ތިޔަ ހުރީ އެހެން މީހެއްގެ ލޯމަތީގައެވެ. ނަމަވެސް ކަލާއަށް ބަލަހައްޓައިގެން ހުންނަނީ މުޅިން އެހެން މީހެކެވެ.

ތޫ ޕަސަންދު ހޭ ކިސީ އޯރް ކީ، ތުޖޭ މާންގްތާ ކޮއީ އޯރް ހޭ

ކަލާއަކީ އެހެން މީހެއްގެ އިޚްތިޔާރެވެ. ނަމަވެސް ކަލާ ހޯދުމަށް އެދި ދުޢާކުރަނީ މުޅިން އެހެން މީހެކެވެ.

ތޫ ޕިޔާރު ކާ ކިސީ އޯރް ކާ، ތުޖޭ ޗާހަތާ ކޮއީ އޯރް ހޭ

ކަލާއަކީ އެހެން މީހެއްގެ ލޯތްބެވެ. އެކަމަކު ކަލާއަށް އެދި އާދޭސްކުރަނީ މުޅިން އެހެން މީހެކެވެ.

*****

ޕިޔާރު މޭ އަކްސަރް އެއިސާ ހޯތާ ހޭ، ކޮއީ ހަސްތާ ހޭ، ކޯއީ ރޯތާ ހޭ

ލޯބީގައި ގިނަފަހަރަށް ކަންތައް ވަނީ މިފަދައިންނެވެ. އެކަކު ހިނިތުންވާއިރު، އަނެކަކު ގިސްލާ ރޮނީއެވެ.

ކޮއީ ޕާތާ ހޭ، ކޮއީ ކޯތާ ހޭ، ކޮއީ ޕާތާ ހޭ، ކޮއީ ކޯތާ ހޭ

އެކަކަށް ކާމިޔާބުވާއިރު، އަނެކަކަށް ވަނީ ނާކާމިޔާބީއެވެ. އެކަކަށް ކާމިޔާބުވާއިރު، އަނެކަކަށް ވަނީ ނާކާމިޔާބީއެވެ.

ތޫ ޖާން ހޭ ކިސީ އޯރް ކީ، ތުޖޭ ޖާންތާ ކޮއީ އޯރް ހޭ

ކަލާއަކީ އެހެން މީހެއްގެ ފުރާނައެވެ. ނަމަވެސް ކަލާ ދެނެގަންނަނީ މުޅިން އެހެން މީހެކެވެ.

ތޫ ޖާން ހޭ ކިސީ އޯރް ކީ، ތުޖޭ ޖާންތާ ކޮއީ އޯރް ހޭ

ކަލާއަކީ އެހެން މީހެއްގެ ފުރާނައެވެ. ނަމަވެސް ކަލާ ދެނެގަންނަނީ މުޅިން އެހެން މީހެކެވެ.

ތޫ ޕަސަންދު ހޭ ކިސީ އޯރް ކީ، ތުޖޭ މާންގްތާ ކޮއީ އޯރް ހޭ

ކަލާއަކީ އެހެން މީހެއްގެ އިޚްތިޔާރެވެ. ނަމަވެސް ކަލާ ހޯދުމަށް އެދި ދުޢާކުރަނީ މުޅިން އެހެން މީހެކެވެ.

މިވެސް ކިޔާލަން:  "މޭޑް އިން އިންޑިއާ" ގެ ލަވަކިޔުންތެރިޔާ އަލީޝާ ޗިނާއީ ހަނދާން އެބަހުރި ހެއްޔެވެ؟

ތޫ ޕިޔާރު ކާ ކިސީ އޯރް ކާ، ތުޖޭ ޗާހަތާ ކޮއީ އޯރް ހޭ

ކަލާއަކީ އެހެން މީހެއްގެ ލޯތްބެވެ. އެކަމަކު ކަލާއަށް އެދި އާދޭސްކުރަނީ މުޅިން އެހެން މީހެކެވެ.

*****

ސޯޗްތީ ހޫން މޭ، ޗުޕް ރަހޫން ކެއިސޭ، ދަރްދު ދިލް ކާ ޔޭ، މޭ ސަހޫން ކެއިސޭ

މި ހިތަށް އަރައެވެ. އަހަރެން ހިމޭނުން ހުންނާނީ ފަހެ ކިހިނެއް ހެއްޔެވެ؟ މި ހިތުގެ ރިހުމަށް އަހަރެން ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟

ކަޝްމާކަޝް މޭ ހޫން، ޔޭ ކަހޫން ކެއިސޭ، ކަޝްމާކަޝް މޭ ހޫން، ޔޭ ކަހޫން ކެއިސޭ

މިހުރީ ބުނެދޭން ނޭނގޭ ފަދަ އުނދަގޫ ހާލަތެއްގައެވެ. މިކަން ހާމަކުރާނީވެސް ކިހިނެއް ހެއްޔެވެ؟

މެރާ ހަމްސަފަރް ބަސް އޭކް ތޫ، ނެހީން ދޫސްރާ ކޮއީ އޯރް ހޭ

މަގޭ ހަޔާތުގެ ބައިވެރިއަކީ ހަމައެކަނި ކަލާއެވެ. ކަލާ ފިޔަވައި އެހެން މީހަކު ނުވެއެވެ.

މެރާ ހަމްސަފަރް ބަސް އޭކް ތޫ، ނެހީން ދޫސްރާ ކޮއީ އޯރް ހޭ

މަގޭ ހަޔާތުގެ ބައިވެރިއަކީ ހަމައެކަނި ކަލާއެވެ. ކަލާ ފިޔަވައި އެހެން މީހަކު ނުވެއެވެ.

ތޫ ޕަސަންދު ހޭ ކިސީ އޯރް ކީ، ތުޖޭ މާންގްތާ ކޮއީ އޯރް ހޭ

ކަލާއަކީ އެހެން މީހެއްގެ އިޚްތިޔާރެވެ. ނަމަވެސް ކަލާ ހޯދުމަށް އެދި ދުޢާކުރަނީ މުޅިން އެހެން މީހެކެވެ.

ތޫ ޕިޔާރު ކާ ކިސީ އޯރް ކާ، ތުޖޭ ޗާހަތާ ކޮއީ އޯރް ހޭ

ކަލާއަކީ އެހެން މީހެއްގެ ލޯތްބެވެ. އެކަމަކު ކަލާއަށް އެދި އާދޭސްކުރަނީ މުޅިން އެހެން މީހެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top