ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަޝްހޫރު ސޯލޯ އާޓިސްޓް މޫޝަން ގެ ދެވަނަ ވީޑިއޯ ލަވަ “އިހުސާސް” ދައްކާލައިފި

މަޝްހޫރު ސޯލޯ އާޓިސްޓް މޫޝަން މުބާރިކް (މުއްމު) ގެ ދެވަނަ ވީޑިއޯ ލަވަ “އިހުސާސް” ބެލުންތެރިންނަށް ދައްކާލައިފި އެވެ. “ރީތިކަން” ގެ ނަމުގައި މީގެ ކުރިން ވެސް ވަރަށް ހިތްގައިމު ވީޑިއޯ ލަވައެއް ބެލުންތެރިންނަށް މޫޝަން ގެނެސްދީފައި ވެއެވެ.

 

“އިހުސާސް” ލަވައިގެ ވީޑިއޯއަކީ އެ ލަވައިގެ އަސްލު ލަވައާ ހިލާފަށް މީގެ ރިމިކްސް ވާޝަނަށް ތައްޔާރުކޮށްފައިވާ ވީޑިއޯއެކެވެ. ލަވައިގެ ވީޑިއޯގެ މަސައްކަތް ކުރީ ޗޮޕްއާޓުން ނެވެ. ލަވައިން ފެނިގެން ދަނީ މޫޝަން އާއެކު މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ އާއި އަލަށް ވީޑިއޯ ލަވައެއް ކުޅުނު މޮޑެލް އައްޔަ އެވެ.

“އިހުސާސް” ވީޑިއޯ ލަވަ ނެރުނީ މިނިވަން ދުވަހުގެ ޚާއްސަ ހަދިޔާއެއްގެ ގޮތުގައި ރޭ 12:00 ގަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top