ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްޓީސީސީ ޗެމްޕިއަންކަން ހޯދައިފި
އިމޭޖަސް.އެމްވީ

ވޮލީބޯލް އެސޯސިއޭޝަން ކަޕް 2026 ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) ހޯދައިފި އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގައި ރޭ ވަނީ ކުޅެފަ އެވެ.

ފައިނަލް މެޗުގައި ވާދަކުރީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) އެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ސެޓް ފަށައިގެން ރަނގަޅަށް ކުޅުނީ ސިފައިންގެ ކުލަބެވެ. އެ ޓީމުން ލީޑުގައި އޮވެ ކުޅެމުން ދަނިކޮށް އެމްޓީސީސީން ފަހަތުން އަރައި 12-12 އިން ނަތީޖާ ހަމަހަމަކުރި އެވެ. ނަތީޖާ ހަމަހަމަ ކުރިގޮތަށް ލީޑު ނަގައި އެ ލީޑުގައި އެމްޓީސީސީން ހިފަހައްޓައިލި އެވެ. ނަތީޖާ ހަމަހަމަކުރަން ދިވެހި ސިފައިންގެ ކުލަބުން ކުރަމުން ދިޔަ މަސައްކަތަށް އެއްވެސް ފުރުސަތެއް ނުދީ އެމްޓީސީސީން ވަނީ 25-23 އިން ސެޓް ކާމިޔާބުކޮށްފަ އެވެ.

ފުރަތަމަ ސެޓް އެމްޓީސީސީ ހޯދުމާއިއެކު ދެވަނަ ސެޓްގެ މުހިންމުކަން ސިފައިންގެ ކުލަބަށް އިތުރުވި އެވެ. ސެޓް ފަށައިގެން އެމްޓީސީސީ ލީޑުގައި އޮވެ ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް ސިފައިންގެ ކުލަބުން ފަހަތުން އަރައި ނަތީޖާ ހަމަހަމަކުރި އެވެ. ލީޑު ނަގައި ލީޑުގައި އޮވެ ސިފައިންގެ ކުލަބުން ކުޅެމުން ދަނިކޮށް ދެވަނަ ފަހަރަށް ލީޑު ނަގައި އެމްޓީސީސީން ސެޓް ކާމިޔާބުކުރީ 25-20 އިން ނެވެ.

ތިންވަނަ ސެޓް ހޯދައި ސީދާ ތިން ސެޓުން މެޗު ކާމިޔާބުކުރަން ނުކުތް އެމްޓީސީސީން ސެޓްގެ ކުރީކޮޅު ލީޑު ހޯދި ނަމަވެސް، ސިފައިންގެ ކުލަބުން ނަތީޖާ ހަމަހަމަކޮށް އެމްޓީސީސީއަށް ވަރުގަދަ ފައިޓެއް ދިނެވެ. އެންމެ ވާދަވެރިކޮށް ދިޔަ މި ސެޓްގައި ޕޮއިންޓް ލިބެމުން ދިޔައީ ދާދި ހަމަހަމަކޮށެވެ. ސެޓްގެ ފަހުކޮޅު ލީޑުގައި އޮވެ ކުޅެމުންދިޔަ ސިފައިންގެ ކުލަބުން މި ސެޓް ކާމިޔާބު ކުރީ 25-23 އިން ނެވެ.

މިވެސް ކިޔާލަން:  "ބޮޑުތަކުރުފާނު ވާހަކަ - ފޯކްލޯރާއި ދިރާސީ ޙަޤީޤަތް" މޭވަވެތި ދަރެހެއް!

ހަތަރުވަނަ ސެޓަށް ނުކުތްއިރު، ސެޓް ކާމިޔާބުކޮށްގެން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޮތުމުން، މި ސެޓްގައި އެމްޓީސީސީން ވަނީ އިތުރު ހިތްވަރެއް ކޮށްފަ އެވެ. ސެޓް ފަށައިގެން ރަނގަޅަށް ކުޅުނު އެމްޓީސީސީއަށް ދޫދިނުމެއްނެތި ސިފައިންގެ ކުލަބުން ވަނީ ލީޑު ހޯދާފަ އެވެ. މި ސެޓް ކާމިޔާބުކޮށްގެން ނޫނީ ޗެމްޕިއަންކަމަށް ވާދަކުރުމުގެ ފުރުސަތު ނެތުމުން ސިފައިންގެ ކުލަބުން ވަނީ މި ސެޓްގައި ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. ލީޑުގައި އޮވެ ކުޅެމުންދިޔަ ސިފައިންގެ ކުލަބާއި 13-13 އިން ހަމަހަމަކޮށް އެމްޓީސީސީން ލީޑު ނެގި އެވެ. އެ ލީޑުގައި އެމްޓީސީސީއަށް ހިންދެމި ނުލެވި އުޅެނިކޮށް ސިފައިންގެ ކުލަބުން ދެވަނަ ފަހަރަށް ލީޑު ނެގި އެވެ. އެންމެ ވާދަވެރިކޮށް ދިޔަ މި ސެޓް ނިންމުމުގެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނެވެ. އެމްޓީސީސީގެ ތިންވަނަ ސެޓް އެ ޓީމުން ހޯދީ 31-33 އިން ނެވެ.

3 ސެޓް 1 ސެޓުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން އެމްޓީސީސީ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޓީސީސީގެ ކައުޓިންހޯ ޑޮސްސަންޓޯސް ޕެރެއިރާ އެވެ.

މި މުބާރާތުގެ އެކިއެކި މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމްތަކަށް ބަލާލާއިރު، މުބާރާތުގެ ޑްރީމް ޓީމް، ބެސްޓް މިޑްލް ބްލޮކަރ ކުލަބް އެމްޓީސީސީ މުޙައްމަދު އަހްސަން، ބެސްޓް މިޑްލް ބްލޮކަރ ކުލަބް އެމްޓީސީސީ ހުސައިން ޔޫސުފް، ބެސްޓް ސެޓަރ ކުލަބް އެމްޓީސީސީ އިޝާން މުޙައްމަދު، ބެސްޓް އޮޕަސިޓް ޕްލޭޔާރ ދިވެހި ސިފައިންގެ ކުލަބް ހުސައިން ރަޒާން، ބެސްޓް އައުޓްސައިޑް އެޓޭކާރ ލަޔަންސް ރެކްރިއޭޝަން ކުލަބް ޢަލީ ހުޒާމް، ބެސްޓް އައުޓްސައިޑް އެޓޭކާރ ކުލަބް އެޗްޑީސީ އިސްމާއިލް ސާޖިދު، ބެސްޓް ލިބަރޯ ދިވެހި ސިފައިންގެ ކުލަބްގެ މުޙައްމަދު މިމްރާހް ހަސަން، މޯސްޓް ވެލިއުބަލް 21 އަހަރުން ދަށް ނަވީން ފައިސަލް، މޯސްޓް ވެލިއުބަލް ފޮރިން ޕްލޭޔާރ އެމްޓީސީސީ ޕައިޒައޯ ފިޑެލިސް، މޯސްޓް ވެލިއުބަލް ކޯޗް އެމްޓީސީސީ ކޯޗް ނިޒާރު އިބްރާހީމް، މޯސްޓް ވެލިއުބަލް ޕްލޭޔާރ އެމްޓީސީސީ މުޙައްމަދު އަހްސަން އެވެ.

މިވެސް ކިޔާލަން:  ބައިސްކޯފަށް "އޮފީސް ލޯބި"
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top