އެއީ އަބަދުވެސް ހިތްގައިމު ރީތި ލަވައެކެވެ. ހުޒާމް ގެ އަޑުން، މީގެ އަހަރުތަކެއް ކުރިން އިވިގެންދިޔަ އެ ހިތްގައިމު ލަވަ “އިޝާރާތް ހޭ ކުރީ؟” މިފަހަރު މިއޮތީ ކުރިއަށްވުރެވެސް މާ ފުރިހަމަކޮށް ބެލުންތެރިންނާއި ހަމައަށް އައިސްފައެވެ.
މިފަހަރު މަޝްހޫރު ލަވަކިޔުންތެރިޔާ ފާލިހް މި ސުވާލުކޮށްލަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ ކައިރީގައެވެ. މީރާ ވެސް ހަމަ އެ ސުވާލުކޮށްލައެވެ. ވަރަށް ރޮމޭންޓިކް މާހައުލެއްގައި މި ދެ ފަންނާނުންނާއި އައިސްޓީވީ ގުޅިގެން އުފައްދާފައިވާ “އިޝާރާތް ހޭ ކުރީ؟” ގެ ވީޑިއޯ ލަވަ މިވަނީ އާއްމުކޮށްފަ އެވެ.
ފާލިހް އާއި މީރާގެ ހިތްގައިމު އަދި އެހާމެ ގުޅޭ ކެމިސްޓްރީ އާއެކު ދެ ފަންނާނުންގެ ހިތްގައިމު އަޑުން މިލަވައިގައި ވަނީ ލަވައިގެ ޅެމުގެ ކޮންމެ ލަފުޒެއްގައި ހިމެނޭ ޖަރުބާތުތައް އެތައް ގުނައަކަށް އިތުރުކޮށްދީފަ އެވެ.
ކިޔުންތެރިންގެ ޚިޔާލު
