ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނިލަންދޫއަށް ފަސޭހަ މޮޅެއް
މޯލްޑިވްސް ސޮކާ - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ފ. އަތޮޅުގެ ފުރަތަމަ މެޗުން ނިލަންދޫއަށް ފަސޭހަ މޮޅެއް ލިބުނުއިރު، ދެވަނަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ނިލަންދޫގައި ބާއްވާ މި ޒޯންގެ މުބާރާތުގައި ފަސް ރަށުން ވަނީ ބައިވެރިވެފައެވެ. އެ ރަށްތަކަކީ ބިލެތްދޫ، ދަރަނބޫދޫ، ފީއަލި، މަގޫދޫ އަދި ނިލަންދޫ އެވެ. މުބާރާތުގެ ދެ މެޗު މިއަދު ވަނީ ކުޅެފައެވެ. މި ދެ މެޗަށް ބަލާލާއިރު:

މެޗު 1

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ނިލަންދޫ އާއި ބިލެތްދޫ އެވެ. މާބޮޑު ވާދަވެރިކަމެއް ނެތް މި މެޗު ނިލަންދޫ ކާމިޔާބުކުރީ ފަސޭހަކަމާއިއެކު 7-1 އިންނެވެ. މި މެޗުގެ 2 ވަނަ މިނިޓްގައި ޙަސަން ރާއިދު ނިލަންދޫއަށް ލީޑު ނަގައިދިންއިރު، މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުޖެހެއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ވެސް ނިލަންދޫ ވަނީ ލަނޑެއް ޖަހާފައެވެ. 22 ވަނަ މިނިޓްގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ އަޙްމަދު ރިޒްވާން އިސްމާއިލް އެވެ. އަޙްމަދު ރިޒްވާން އިސްމާއިލް ލަނޑު ޖެހިތާ މާގިނައިރެއް މުޙައްމަދު ޝިމްރާން ޢަލީ ނިލަންދޫގެ ތިންވަނަ ލަނޑު ޖަހައިދިނެވެ.

މުޅި މެޗު އެކުގައި ކަހަލަ ގޮތަކަށް އެ ޓީމުގެ ކޮންޓްރޯލްގެ ދަށުގައި ބާއްވައިގެން ކުޅެމުންދިޔަ ނިލަންދޫގެ ފަސްވަނަ ލަނޑު 29 ވަނަ މިނިޓްގައި ހަވަނަ ލަނޑު 33 ވަނަ މިނިޓްގައި ޖަހައިދިނީ މޫސާ ޖަމާލް އެވެ. 34 ވަނަ މިނިޓްގައި ނިލަންދޫގެ 7 ވަނަ ލަނޑު ޖެހީ ނަބާހް އިބްރާހިމް އެވެ. މި މެޗުގައި ބިލެތްދޫން ޖެހި ލަނޑު ޖެހީ ނިލަންދޫން ހަތް ލަނޑު ޖެހި ފަހުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ނުހާޒް ފާއިޒް އެވެ.

މިވެސް ކިޔާލަން:  ކިޑްސަލް 2026 - ދުވަސް 1

މެޗު 2

ދެވަނަ މެޗުގައި ބައްދަލުކުރީ ދަރަނބޫދޫ އާއި މަގޫދޫ އެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ މަގޫދޫ އެވެ. ހާފުގެ ކުރީކޮޅު ނުރައްކާތެރި ދެ ހަމަލާއެއް މަގޫދޫން ފޮނުވާލިއިރު، އެއް ހަމަލާ ކީޕަރު ދިފާއުކުރި ނަމަވެސް ދެވަނަ ހަމަލާ ދިޔައީ ކީޕަރާއި ގޯލުދަނޑިއާ ދޭތެރޭން ގޯލު ކުރިމަތިން ހުރަސްވެގެން ބޭރަށެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދަރަނބޫދޫއަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ލަނޑު ޖެހުމަށް ކުރަމުންދިޔަ މަސައްކަތް ދެ ޓީމުން ވެސް ދެވަނަ ހާފުގައި އިތުރުކުރިއެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއްގެ ބޭނުން އެންމެ ފުރަތަމަ ހިފީ ދަރަނބޫދޫންނެވެ. މެޗުގެ 25 ވަނަ މިނިޓްގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުއައްލިމު އުމަރެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ މެދުރޮނގު ކައިރިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި، އޭރިޔާ ރޮނގު ކައިރިން ވަރަށް ބާރަށް ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ.

މި ލަނޑާއިއެކު ދަރަނބޫދޫން އިތުރަށް ކުޅުނު ރަނގަޅުކޮށް ރަނގަޅު ދެ ހަމަލާއެއް ފޮނުވާލި އެވެ. އެއް ހަމަލާ ކީޕަރު ދިފާއުކުރިއިރު، ދެވަނަ ހަމަލާ ގޯލާއި ދިމާވާގޮތެއް ނުވިއެވެ.

ނަތީޖާ ހަމަހަމަކުރުމަށް މަގޫދޫން ފެށި މަސައްކަތް ޖެހިގެން އައި މިނިޓްގައި ކާމިޔާބުކުރިއެވެ. 27 ވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު އަޔާސް އަރީން އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު އޭނާއަށް ޖައްސާލި ބޯޅަ އޭރިޔާ ކައިރިން ހޯދައި ކީޕަރު ކައިރިން ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މިވެސް ކިޔާލަން:  އާސިމްގެ "ޚަދީޖާ" ދައްކަން ފަށައިފި

ފައުލް ގިނަ، ކާޑް ގިނަ މެޗެއްގެ ގޮތުގައި ފާހަގަވި މި މެޗުގެ ފަހުކޮޅު ދެ ޓީމުގެ ދެ ކުޅުންތެރިންނަށް ރަތް ކާޑް ވެސް ދައްކާފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top