ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފޮޑީގެ ނުބައިވަސް ކުޑަކުރުމަށް އެހީތެރިވެދޭނެ ފަސް ގޮތް!

ބާޒާރުގައި ލިބެން ހުންނަ ‘ގޭސް-އެކްސް’ ފަދަ ގިނަ ބޭސްތަކުގައި ހުންނަނީ ‘ސިމެތިކޯން’ އެވެ. މީގެ ސަބަބުން ބަނޑުގައި އުފެދޭ ގޭސް ބޮކިތައް ފަޅައިގެން ގޮސް، ގޭސް ބޭރުވުން ފަސޭހަކޮށްދެއެވެ. ނަމަވެސް، މިއީ އޭގެ ވަހަށް އެއްވެސް ބަދަލެއް ގެންނަ އެއްޗެއް ނޫނެވެ.

ވަހަކީ ކެމިކަލް މައްސަލައެކެވެ. 1998 ވަނަ އަހަރު ‘ގަޓް’ މަޖައްލާގައި ޝާއިޢުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން، ފޮޑީގެ ނުބައިވަސް އުފެދެނީ އޭގައި ހިމެނޭ ‘ހައިޑްރޮޖަން ސަލްފައިޑް’ ގެ ސަބަބުންނެވެ. އެހެންކަމުން، ގޭސް އުފެދޭ މިންވަރާއި އޭގައި ހިމެނޭ ކެމިކަލްތަކަކީ ތަފާތު ދެ ކަމެކެވެ. ނުބައިވަސް ކުޑަކުރުމަށްޓަކައި ސައިންޓިފިކް ހެކިތަކާއެކު އަންނަނިވި ފަސް ގޮތް އިޚްތިޔާރު ކުރެވިދާނެއެވެ.

1- ސަލްފަރ ގިނަ ކާނާ މަދުކުރުން
ބަނޑުގައި ހުންނަ ބެކްޓީރިއާތަކުން ‘ހައިޑްރޮޖަން ސަލްފައިޑް’ އުފައްދަނީ އަހަރެމެން ކާ ކާނާގެ އެހީގައެވެ. ބްރޮކޮލީ، ކޯލިފްލާވަރު، ކެބެޖް ފަދަ ތަރުކާރީގެ އިތުރުން ކުކުޅުބިސް، ރެޑް މީޓް، އިނގުރު، ފިޔާ، ކިރުގެ ބާވަތްތަކާއި ބައެއް ޕްރޮޓީން ޕައުޑަރުތަކަކީ ގިނަ އަދަދަކަށް ސަލްފަރ އެކުލެވޭ ތަކެއްޗެވެ. ހަފުތާއަކަށް ނުވަތަ ދެ ހަފުތާއަށް މިފަދަ ކާނާ ބޭނުންކުރުން މަދުކޮށްލުމުން، މައްސަލައަކީ ކާނާގެ ސަބަބުން ދިމާވާ ކަމެއްތޯ ދެނެގަނެވޭނެއެވެ.

2- ‘ލޯ-ފޮޑްމެޕް’ ކާނާ އިޚްތިޔާރުކުރުން
ފޮޑްމެޕް އަކީ ކުޑަގޮހޮރުގައި ހަޖަމުކުރަން އުނދަގޫ ކާބޯހައިޑްރޭޓްސްގެ ބާވަތެކެވެ. މިއީ ބޮޑުގޮހޮރުގައިވާ ބެކްޓީރިއާތަކުގެ ސަބަބުން ފަސޭހައިން ގޭސް އުފައްދާ އެއްޗެކެވެ. މިފަދަ ހަކުރުގެ ބާވަތްތައް މަދުކުރުމަކީ ބަނޑު ފުއްޕުމާއި ގޭސް އުފެދުން ކުޑަކޮށްދޭ ކަމެއްކަން ދިރާސާތަކުން ދައްކައެވެ. މިކަން ކުރުމުގައި ޑައިޓީޝަނެއްގެ ލަފާ ހޯދުމަކީ އެންމެ ރަނގަޅު ގޮތެވެ.

މިވެސް ކިޔާލަން:  ޖަހާ ފޮޑީގެ ވަހަށް މަދިރި މަރުވާ ކަމަށް ބުނާ މީހެއް

3- ޕްރޮބަޔޮޓިކްސް ނުވަތަ އެކްޓިވޭޓަޑް ޗާކޯލް ބޭނުންކުރުން
ޕްރޮބަޔޮޓިކްސް ބޭނުންކުރުމުން ގޮހޮރުގައިވާ ބެކްޓީރިއާތަކުގެ ބާވަތްތައް ބަދަލުވެ، ވަސް ހުންނަ ގޭސް އުފެއްދުން މަދުކޮށްދެއެވެ. މީގެ އިތުރުން، އެކްޓިވޭޓަޑް ޗާކޯލްއަކީ ގޭސް ދަމައިގަތުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެކެވެ. ނަމަވެސް، މިއީ އެހެން ބޭސްތަކުގެ ބާރު ކަނޑުވާލާ އެއްޗަކަށްވާތީ، ދާއިމީ ބޭހެއް ބޭނުންކުރާ މީހުން މި ބޭނުންކުރުމުގެ ކުރިން ޑޮކުޓަރެއްގެ ލަފާ ހޯދަންވާނެއެވެ.

4- ބީންސް ފަދަ ތަކެތި ކެއުމުގެ ކުރިން ‘އަލްފާ-ގަލަކްޓޯސިޑޭސް’ އެންޒައިމް ބޭނުންކުރުން
މިއީ ބީންސްއާއި މުގު ފަދަ ތަކެތީގައި ހުންނަ އުނދަގޫ ކާބޯހައިޑްރޭޓްސްތައް، ބެކްޓީރިއާތަކާ ހަމައަށް ދިއުމުގެ ކުރިން ހަޖަމުކޮށްދޭ އެންޒައިމެކެވެ. މި ބޭސް ބޭނުންކުރަންވާނީ ކާން ފަށާއިރު އެވެ.

5- ވަސް ކުޑަކުރުމަށް ‘ބިސްމަތު ސަބްސަލިސިލޭޓް’ ބޭނުންކުރުން
މިއީ ގިނަ ބަޔަކަށް ނޭނގޭ ނަމަވެސް ވަރަށް ފައިދާހުރި މާއްދާއެކެވެ. ‘ޕެޕްޓޯ-ބިޒްމޯލް’ ފަދަ ބޭސްތަކުގައި ހިމެނޭ މި މާއްދާއަކީ ގޮހޮރުގައި ހުންނަ ‘ހައިޑްރޮޖަން ސަލްފައިޑް’ އާ ސީދާ ގުޅި، އޭގެ ވަސް ކަނޑުވާލާ އެއްޗެކެވެ. ދިރާސާތަކުން ދައްކާގޮތުގައި މީގެ ސަބަބުން ނުބައިވަސް 95 އިންސައްތައަށްވުރެ ބޮޑަށް ކުޑަކޮށްދެއެވެ. ނަމަވެސް މިއީ ދާއިމީކޮށް ކޮންމެ ދުވަހަކު ބޭނުންކުރަން ހުންނަ އެއްޗެއް ނޫނެވެ.

ގޭސް އުފެދުމުގެ މައްސަލައާއެކު ބަނޑުގައި ރިއްސުން، ބޮޑުކަމުދާ ތަކެއްޗަށް ބަދަލު އައުން، ލޭ އައުން ނުވަތަ ބަރުދަން ލުއިވުން ފަދަ އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދުން މުހިންމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top