ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަތިވެރި ޗެމްޕިއަންކަން ހޯދައިފި  
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު އަލަށް ބާއްވަން ފެށި އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕް މުބާރާތުގެ އއ. އަތޮޅުގެ ޗެމްޕިއަންކަން މަތިވެރި ހޯދައިފިއެވެ.

އއ. އަތޮޅުން މި މުބާރާތުގައި ބައިވެރިވެފައިވަނީ މަތިވެރި އާއި ބޮޑުފޮޅުދޫއެވެ. ދެ ރަށުން ބައިވެރިވެފައިވާތީ މި އަތޮޅު މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ އެންމެ މެޗެކެވެ. އެއީ އަތޮޅުގެ ޗެމްޕިއަނުން ކަނޑައެޅުމަށް ކުޅެން ހަމަޖެހިފައިވާ ފައިނަލް މެޗު އެކަންޏެވެ.

މަތިވެރީގައި ރޭ ކުޅެވުނު މި މެޗަކީ ފޯރިގަދަ ވާދަވެރިކަން ބޮޑު މެޗެކެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗު ފެށުމާއިއެކު، ލަނޑު ޖެހުމަށް ދެ ޓީމުން ވަނީ މަސައްކަތް ކޮށްފައެވެ. މެޗުގެ ކުރީކޮޅު ބޮޑުފޮޅުދޫން ރަނގަޅު ދެ ފުރުސަތެއް ތަނަވަސް ކުރިއެވެ. ލިބުނު ފުރުސަތުގެ ބޭނުން ބޮޑުފޮޅުދޫއަށް ނުހިފި އުޅެނިކޮށް މަތިވެރިން ވަނީ ކުޅުން ރަނގަޅުކޮށް ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މަތިވެރިން އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ ބޮޑުފޮޅުދޫގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ލަނޑު ޖެހުމަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއްގައި މަތިވެރިން ވަނީ 6 ވަނަ މިނިޓްގައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު މަތިވެރިއަށް ޖަހައިދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޢަލީ އަލްސަންއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ މަތީވެރީ ހާފު ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި ބޮޑުފޮޅުދޫ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިޔާގެ އަރިމަތިން އޭރިޔާ ބޭރުން ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

މިވެސް ކިޔާލަން:  އާރުއާރުސީ މޮޅަކުން ފެށިއިރު، އެމްޓީސީސީ އާއި ވެމްކޯ މެޗަށް ހަމަހަމަ ނިމުމެއް

މަތިވެރީގެ ލަނޑަށް މިނިޓެއް ނުވަނީސް ބޮޑުފޮޅުދޫން ރަނގަޅު ފުރުސަތެއް ހޯދި ނަމަވެސް، އެ ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. ގިނަ ފުރުސަތުތަކެއް ދެ ޓީމުން ވެސް ތަނަވަސްކުރި މި މެޗުގައި އެޓޭކް ކުރުމެކޭ އެއްގޮތަށް ޑިފެންސް ކުރުމުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ. ހާފުގެ ފަހުކޮޅު ބޮޑުފޮޅުދޫއަށް ލިބުނު ދުރު ޕެނަލްޓީގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒު ނުވެއެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން މަތިވެރި ކުރީގައި އޮވެއެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެކެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ބޮޑުފޮޅުދޫން މަސައްކަތް ކުރިއިރު، ލިބިފައިވާ ލީޑު ދަމަހައްޓައި އިތުރު ލަނޑެއް ޖެހުމަށް، މަތިވެރިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ދެ ޓީމުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނުނު މި ހާފުގައި ވެސް ދެ ޓީމުން ވަނީ ގިނަ ފައުލްތަކެއް ކޮށްފައެވެ.

1-0 އިން މޮޅުވެ މަތިވެރި އއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަތިވެރި ޓީމުގެ ޢަލީ އަލްސަންއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top