ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިޑްލް ކުރައުޑް އާއި ދަ ކުލަބް އަދި ނެކްސަސް ސެމީ ފައިނަލަށް
ހަންޏާސް ކަޕް - އެފްބީ

ފްލޯ ފިކްސް ހަންޏާސް 2026 ފުޓްސަލް މުބާރާތުގެ ދެވަނަ ދުވަހުގެ ކުޅުނު ނިމުނުއިރު، ގުރޫޕް އޭއިން މިޑްލް ކުރައުޑް އާއި ދަ ކުލަބް އަދި ގުރޫޕް ބީއިން އެންމެ ފަހުގެ ޗެމްޕިއަން ނެކްސަސް ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ. އިއްޔެ އާއި ރޭ ކުޅެވުނު މި މެޗުތަކަށް ބަލާލާއިރު:

މެޗު 4

އިއްޔެ ހަވީރު ކުޅެވުނީ މުބާރާތުގެ ހަތަރުވަނަ މެޗެވެ. ގުރޫޕް ބީގެ މި މެޗުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ނެކްސަސް އާއި ނެމިސް އެވެ. މިއީ ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ނެކްސަސް ކާމިޔާބުކޮށްފައިވާއިރު، ނެމިސް ވެސް ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ.

މި މެޗު ފަށައިގެން މާ ގިނައިރެއްނުވެ ޢަލީ އަހްލާމް ވަނީ ނެކްސަސްއަށް ލީޑު ނަގައިދީފަ އެވެ. ނެކްސަސްއިން ގިނަ ލަނޑުތަކެއް ޖެހި މި މެޗުގެ 7 ވަނަ މިނިޓްގައި ޝަނާން ރަޝާދު އެ ޓީމުގެ ލީޑު ފުޅާކޮށްދިންއިރު، އިބްރާހިމް ރިމާހް އާއި މުޙައްމަދު ޝާމް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމަށް އިތުރު ދެ ލަނޑު ޖަހައިދިނެވެ.

ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ނެކްސަސް އެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައި ޝަނާން ރަޝާދު ދެވަނަ ލަނޑު ޖެހިއިރު، މިފްޒާލް ޢަބްދުލް ހަސީބު އާއި އަހްނަފް ޒާހިރު ނެކްސަސްގެ ނަތީޖާ 7 ލަނޑަށް އިތުރުކޮށްދިނެވެ. މި މެޗުގައި ނެމިސްއިން ޖެހި ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ނެކްސަސްގެ ޢަލީ އަހްލާމް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މެޗުގެ ފަހުކޮޅު ދެވަނަ ރީނދޫ ކާޑާއިއެކު މުޙައްމަދު ޝާމަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ.

މިވެސް ކިޔާލަން:  ފަހު 2 މެޗުން މޮޅުވި އެމްޓީސީސީ އާއި އެސްޓީއޯ ކުއާޓާރ ފައިނަލަށް

7-1 އިން ނެކްސަސް ކާމިޔާބުކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޝަނާން ރަޝާދު އެވެ.

މެޗު 5

ރޭ ކުޅެވުނު ފުރަތަމަ މެޗަކީ މުބާރާތުގެ ފަސްވަނަ މެޗެވެ. މި މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގައި ހިމެނޭ ޒިލެފި އާއި މިޑްލް ކުރައުޑެވެ.

މެޗުގެ 6 ވަނަ މިނެޓުގައި ޢަލީ ޝާޒް ހިލްމީ މިޑްލް ކުރައުޑަށް ލީޑު ނަގައިދިންއިރު، 13 ވަނަ މިނިޓްގައި ޢަބްދުﷲ ނާހިލް ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ޢަލީ ޝާޒް ހިލްމީ މިޑްލް ކުރައުޑްގެ ތިންވަނަ ލަނޑު ޖެހިއިރު، ދެވަނަ ހާފުގެ ކުރީކޮޅު ޢަބްދުﷲ ނާހިލް ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިފަ އެވެ. މިޑްލް ކުރައުޑްގެ ފަސްވަނަ ލަނޑު މުޙައްމަދު އަބާން ޖެހީ 30 ވަނަ މިނިޓްގަ އެވެ.

މި މެޗުގައި ޒިލެފިއިން ޖެހި ހަމައެކަނި ލަނޑު 36 ވަނަ މިނެޓުގައި ޖަހައިދިނީ ގާސިމް ސަމާމް އެވެ. މިޑްލް ކުރައުޑްގެ ފަހު ލަނޑު މެޗުގެ ފަހުކޮޅު ޖަހައިދިނީ އަޙްމަދު އަހްސަމް އެވެ. މި މެޗުން ބަލިވުމާއިއެކު ޒިލެފި ވަނީ މުބާރާތުން ކަޓާފަ އެވެ. އަދި އެ ޓީމު ކުޅެން ޖެހޭ ހުރިހާ މެޗެއް ނިމިފަ އެވެ.

6-1 އިން މިޑްލް ކުރައުޑް ކާމިޔާބުކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިޑްލް ކުރައުޑްގެ ޢަބްދުﷲ ނާހިލް އެވެ.

މެޗު 6

ހަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ ރިއަލިޓީ އާއި ކަޓައްޕާ އެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ރިއަލިޓީ އެވެ. 2 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ އިބްރާހީމް އިމްރާން އެވެ. 9 ވަނަ މިނިޓްގައި އިސްމާއިލް ނަޒީރު ކަޓައްޕާއަށް ނަތީޖާ ހަމަހަމަކޮށްދިންއިރު، 29 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ވެސް އިސްމާއިލް ނަޒީރު އެވެ. އަޒްޔާން އިބްރާހީމް ރިއަލިޓީއަށް ނަތީޖާ ހަމަހަމަކޮށްދިން މިނިޓްގައި ލުޖައިން ހަސަން ރަފީއު ދެވަނަ ފަހަރަށް ކަޓައްޕާއަށް ލީޑު ނަގައިދިނެވެ.

މިވެސް ކިޔާލަން:  ބަރޮސް އާއި އާރުއޯއެލް ވެސް ފެށީ މޮޅަކުން

ގާތްގާތުގައި ގިނަ ލަނޑުތަކެއް ފެނުނު މި މެޗުގެ 28 ވަނަ މިނެޓުގައި އާދަމް އާޒިމް ރިއަލިޓީއަށް ނަތީޖާ ހަމަހަމަކޮށްދިންއިރު، 29 ވަނަ މިނެޓުގައި މުޙައްމަދު އަފްލާމް ތިންވަނަ ފަހަރަށް ކަޓައްޕާއަށް ލީޑު ނަގައިދިނެވެ. މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދުމަށްޓަކައި މޮޅެއް ހޯދުން ދެ ޓީމަށް ވެސް މުހިންމުވި މި މެޗުގެ 31 ވަނަ މިނެޓުގައި އަޒްޔާން އިބްރާހީމް ރިއަލިޓީއަށް ނަތީޖާ ހަމަހަމަކޮށްދިންއިރު، މެޗުގެ ފަހުކޮޅު އިސްމާއިލް ޝިޔާޒް ވަނީ ރިއަލިޓީ މޮޅުކޮށްދީފަ އެވެ.

5-4 އިން ރިއަލިޓީ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރިއަލިޓީގެ އަޒްޔާން އިބްރާހީމް އެވެ.

މި މުބާރާތުގެ ތިން މެޗު މިއަދު ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މި ތިން މެޗަށް ބަލާއިރު:

16:30 – ކަޓައްޕާ އާއި ނެކްސަސް
20:15 – ނެމިސް އާއި ރިއަލިޓީ
21:30 – މިޑްލް ކުރައުޑް އާއި ދަ ކުލަބް

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top